30 ވަނަ ފޮތް بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
30 ވަނަ ފޮތް إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا 1 ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ.
30 ވަނަ ފޮތް وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا 2 އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ خزانةތަކާއި ކަށްތައް) ނެރެއުކާލައިފިހިނދެވެ.
30 ވަނަ ފޮތް وَقَالَ ٱلۡإِنسَـٰنُ مَا لَهَا 3 އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ.
30 ވަނަ ފޮތް يَوۡمَٮِٕذٍ۬ تُحَدِّثُ أَخۡبَارَهَا 4 އެދުވަހުން އެ ބިންގަނޑު، އޭގެ خبرތަކުގެ ވާހަކަ ދައްކާނެތެވެ.
30 ވަނަ ފޮތް بِأَنَّ رَبَّكَ أَوۡحَىٰ لَهَا 5 އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެ ބިމަށް އެކަން إلهام ކުރެއްވީތީއެވެ.
30 ވަނަ ފޮތް يَوۡمَٮِٕذٍ۬ يَصۡدُرُ ٱلنَّاسُ أَشۡتَاتً۬ا لِّيُرَوۡاْ أَعۡمَـٰلَهُمۡ 6 އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ عملތައް ދެއްކެވުމަށްޓަކައެވެ.
30 ވަނަ ފޮތް فَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ خَيۡرً۬ا يَرَهُ ۥ 7 ފަހެ، ذرّއެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.
30 ވަނަ ފޮތް وَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ۬ شَرًّ۬ا يَرَهُ 8 އަދި ذرّއެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.