ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ

ސޫރަތްތައް

ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ
1 سورة الفَاتِحَة مكّى - 7 އާޔަތް 2 سورة البَقَرَة مدنى - 286 އާޔަތް 3 سورة آل عِمرَان مدنى - 200 އާޔަތް 4 سورة النِّسَاء مدنى - 176 އާޔަތް 5 سورة المَائدة مدنى - 120 އާޔަތް 6 سورة الاٴنعَام مكّى - 165 އާޔަތް 7 سورة الاٴعرَاف مكّى - 206 އާޔަތް 8 سورة الاٴنفَال مدنى - 75 އާޔަތް 9 سورة التّوبَة مدنى - 129 އާޔަތް 10 سورة یُونس مكّى - 109 އާޔަތް 11 سورة هُود مكّى - 123 އާޔަތް 12 سورة یُوسُف مكّى - 111 އާޔަތް 13 سورة الرّعد مدنى - 43 އާޔަތް 14 سورة إبراهیم مكّى - 52 އާޔަތް 15 سورة الحِجر مكّى - 99 އާޔަތް 16 سورة النّحل مكّى - 128 އާޔަތް 17 سورة الإسرَاء مكّى - 111 އާޔަތް 18 سورة الکهف مكّى - 110 އާޔަތް 19 سورة مَریَم مكّى - 98 އާޔަތް 20 سورة طٰه مكّى - 135 އާޔަތް 21 سورة الاٴنبیَاء مكّى - 112 އާޔަތް 22 سورة الحَجّ مدنى - 78 އާޔަތް 23 سورة المؤمنون مكّى - 118 އާޔަތް 24 سورة النُّور مدنى - 64 އާޔަތް 25 سورة الفُرقان مكّى - 77 އާޔަތް 26 سورة الشُّعَرَاء مكّى - 227 އާޔަތް 27 سورة النَّمل مكّى - 93 އާޔަތް 28 سورة القَصَص مكّى - 88 އާޔަތް 29 سورة العَنکبوت مكّى - 69 އާޔަތް 30 سورة الرُّوم مكّى - 60 އާޔަތް 31 سورة لقمَان مكّى - 34 އާޔަތް 32 سورة السَّجدَة مكّى - 30 އާޔަތް 33 سورة الاٴحزَاب مدنى - 73 އާޔަތް 34 سورة سَبَإ مكّى - 54 އާޔަތް 35 سورة فَاطِر مكّى - 45 އާޔަތް 36 سورة یسٓ مكّى - 83 އާޔަތް 37 سورة الصَّافات مكّى - 182 އާޔަތް 38 سورة صٓ مكّى - 88 އާޔަތް 39 سورة الزُّمَر مكّى - 75 އާޔަތް 40 سورة غَافر مكّى - 85 އާޔަތް 41 سورة فُصّلَت مكّى - 54 އާޔަތް 42 سورة الشّوریٰ مكّى - 53 އާޔަތް 43 سورة الزّخرُف مكّى - 89 އާޔަތް 44 سورة الدّخان مكّى - 59 އާޔަތް 45 سورة الجَاثیَة مكّى - 37 އާޔަތް 46 سورة الاٴحقاف مكّى - 35 އާޔަތް 47 سورة محَمَّد مدنى - 38 އާޔަތް 48 سورة الفَتْح مدنى - 29 އާޔަތް 49 سورة الحُجرَات مدنى - 18 އާޔަތް 50 سورة قٓ مكّى - 45 އާޔަތް 51 سورة الذّاریَات مكّى - 60 އާޔަތް 52 سورة الطُّور مكّى - 49 އާޔަތް 53 سورة النّجْم مكّى - 62 އާޔަތް 54 سورة القَمَر مكّى - 55 އާޔަތް 55 سورة الرَّحمٰن مدنى - 78 އާޔަތް 56 سورة الواقِعَة مكّى - 96 އާޔަތް 57 سورة الحَدید مدنى - 96 އާޔަތް 58 سورة المجَادلة مدنى - 22 އާޔަތް 59 سورة الحَشر مدنى - 24 އާޔަތް 60 سورة المُمتَحنَة مدنى - 13 އާޔަތް 61 سورة الصَّف مدنى - 14 އާޔަތް 62 سورة الجُمُعَة مدنى - 11 އާޔަތް 63 سورة المنَافِقون مدنى - 11 އާޔަތް 64 سورة التّغَابُن مدنى - 18 އާޔަތް 65 سورة الطّلاَق مدنى - 12 އާޔަތް 66 سورة التّحْریم مدنى - 12 އާޔަތް 67 سورة المُلک مكّى - 30 އާޔަތް 68 سورة القَلَم مكّى - 52 އާޔަތް 69 سورة الحَاقَّة مكّى - 52 އާޔަތް 70 سورة المعَارج مكّى - 44 އާޔަތް 71 سورة نُوح مكّى - 28 އާޔަތް 72 سورة الجنّ مكّى - 28 އާޔަތް 73 سورة المُزمّل مكّى - 20 އާޔަތް 74 سورة المدَّثِّر مكّى - 56 އާޔަތް 75 سورة القِیَامَة مكّى - 40 އާޔަތް 76 سورة الإنسَان مدنى - 31 އާޔަތް 77 سورة المُرسَلات مكّى - 50 އާޔަތް 78 سورة النّبَإِ مكّى - 40 އާޔަތް 79 سورة النَّازعَات مكّى - 46 އާޔަތް 80 سورة عَبَسَ مكّى - 42 އާޔަތް 81 سورة التّکویر مكّى - 29 އާޔަތް 82 سورة الانفِطار مكّى - 19 އާޔަތް 83 سورة المطفّفِین مكّى - 36 އާޔަތް 84 سورة الانشقاق مكّى - 25 އާޔަތް 85 سورة البُرُوج مكّى - 22 އާޔަތް 86 سورة الطّارق مكّى - 17 އާޔަތް 87 سورة الاٴعلی مكّى - 19 އާޔަތް 88 سورة الغَاشِیَة مكّى - 26 އާޔަތް 89 سورة الفَجر مكّى - 30 އާޔަތް 90 سورة البَلَد مكّى - 20 އާޔަތް 91 سورة الشّمس مكّى - 15 އާޔަތް 92 سورة اللیْل مكّى - 21 އާޔަތް 93 سورة الضّحیٰ مكّى - 11 އާޔަތް 94 سورة الشَّرح مكّى - 8 އާޔަތް 95 سورة التِّین مكّى - 8 އާޔަތް 96 سورة العَلق مكّى - 19 އާޔަތް 97 سورة القَدر مكّى - 5 އާޔަތް 98 سورة البَیّنَة مدنى - 8 އާޔަތް 99 سورة الزّلزَلة مدنى - 8 އާޔަތް 100 سورة العَادیَات مكّى - 11 އާޔަތް 101 سورة القَارعَة مكّى - 11 އާޔަތް 102 سورة التّکاثُر مكّى - 8 އާޔަތް 103 سورة العَصر مكّى - 3 އާޔަތް 104 سورة الهُمَزة مكّى - 9 އާޔަތް 105 سورة الفِیل مكّى - 5 އާޔަތް 106 سورة القُرَیش مكّى - 4 އާޔަތް 107 سورة المَاعون مكّى - 7 އާޔަތް 108 سورة الکَوثَر مكّى - 3 އާޔަތް 109 سورة الکافِرون مكّى - 6 އާޔަތް 110 سورة النّصر مدنى - 3 އާޔަތް 111 سورة المَسَد مكّى - 5 އާޔަތް 112 سورة الإخلاص مكّى - 4 އާޔަތް 113 سورة الفَلَق مكّى - 5 އާޔަތް 114 سورة النَّاس مكّى - 6 އާޔަތް

سورة الفَتْح

مدنى 29 އާޔަތް
48 ސޫރަތް
2
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
އެއް ނުވަތަ ގިނަ ތަރުޖަމާކުރާ ފަރާތް ހޮވާ.

އާޔަތްތައް

26 ވަނަ ފޮތް
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
26 ވަނަ ފޮތް
إِنَّا فَتَحۡنَا لَكَ فَتۡحً۬ا مُّبِينً۬ا 1
ފާޅުވެ بيانވެގެންވާ فتحއަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتحދެއްވީމެވެ.
26 ވަނަ ފޮތް
لِّيَغۡفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعۡمَتَهُ ۥ عَلَيۡكَ وَيَہۡدِيَكَ صِرَٲطً۬ا مُّسۡتَقِيمً۬ا 2
އެއީ ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް اللَّه ފުއްސަވައިދެއްވުމަށްޓަކައެވެ. އަދި އެކަލާނގެ نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށްޓަކައެވެ.
26 ވަނަ ފޮތް
وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا 3
އަދި ގަދަފަދަވެގެންވާ نصرއަކުން ކަލޭގެފާނަށް نصرދެއްވުމަށްޓަކައެވެ.
26 ވަނަ ފޮތް
هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلۡمُؤۡمِنِينَ لِيَزۡدَادُوٓاْ إِيمَـٰنً۬ا مَّعَ إِيمَـٰنِہِمۡ‌ۗ وَلِلَّهِ جُنُودُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ‌ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمً۬ا 4
އެކަލާނގެއީ، مؤمنންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمانކަމުގެ މައްޗަށް، އެއުރެންނަށް إيمانކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكر މިލްކުވެގެންވަނީ، اللَّهއަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيمވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
26 ވަނަ ފޮތް
لِّيُدۡخِلَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَـٰتِ جَنَّـٰتٍ۬ تَجۡرِى مِن تَحۡتِہَا ٱلۡأَنۡہَـٰرُ خَـٰلِدِينَ فِيہَا وَيُڪَفِّرَ عَنۡهُمۡ سَيِّـَٔاتِہِمۡ‌ۚ وَكَانَ ذَٲلِكَ عِندَ ٱللَّهِ فَوۡزًا عَظِيمً۬ا 5
(އެއީ) مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، އެކަލާނގެ ސުވަރުގެތަކަށް ވެއްދެވުމަށްޓަކައެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގައި، އެއުރެން ދެމިތިބޭގޮތުގައެވެ. އަދި އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި ބޮޑުވެގެންވާ ނަސީބު ލިބުމެއްކަމުގައި اللَّهގެ حضرةގައި އެކަންތައްވިއެވެ.
26 ވަނަ ފޮތް
وَيُعَذِّبَ ٱلۡمُنَـٰفِقِينَ وَٱلۡمُنَـٰفِقَـٰتِ وَٱلۡمُشۡرِكِينَ وَٱلۡمُشۡرِكَـٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوۡءِ‌ۚ عَلَيۡہِمۡ دَآٮِٕرَةُ ٱلسَّوۡءِ‌ۖ وَغَضِبَ ٱللَّهُ عَلَيۡہِمۡ وَلَعَنَهُمۡ وَأَعَدَّ لَهُمۡ جَهَنَّمَ‌ۖ وَسَآءَتۡ مَصِيرً۬ا 6
އަދި منافق ފިރިހެނުންނާއި، منافق އަންހެނުންނާއި، شريكކުރާ ފިރިހެނުންނާއި، شريكކުރާ އަންހެނުންނަށް عذاب ދެއްވުމަށްޓަކައެވެ. އެއުރެންނީ، اللَّهއާމެދު ނުބައި ހީތައް ކުރާމީހުންނެވެ. ނުބައިގޮތް ދިމާވުންއޮތީ އެއުރެންގެ މައްޗަށެވެ. އަދި اللَّه އެއުރެންގެ މައްޗަށް ކޯފާލެއްވިއެވެ. އަދި އެއުރެންނަށް لعنةލެއްވިއެވެ. އަދި އެއުރެންނަށްޓަކައި ނަރަކަ ތައްޔާރުކުރެއްވިއެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
26 ވަނަ ފޮތް
وَلِلَّهِ جُنُودُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ‌ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا 7
އުޑުތަކާއި، ބިމުގެ لشكرތައް މިލްކުވެގެންވަނީ اللَّهއަށެވެ. އަދި عزيزވަންތަ، حكيمވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
26 ވަނަ ފޮތް
إِنَّآ أَرۡسَلۡنَـٰكَ شَـٰهِدً۬ا وَمُبَشِّرً۬ا وَنَذِيرً۬ا 8
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمنންނަށް) އުފާވެރިކަމުގެ خبرދެއްވައި، (كافرންނަށް) ބިރުވެރިކަމުގެ خبرދެއްވާ ބޭކަލަކު ކަމުގައެވެ.
26 ވަނަ ފޮތް
لِّتُؤۡمِنُواْ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُڪۡرَةً۬ وَأَصِيلاً 9
(އެއީ) ތިޔަބައިމީހުން اللَّهއަށާއި، އެކަލާނގެ رسولއާއަށް إيمانވުމަށްޓަކައެވެ. އަދި އެކަލާނގެއަށް نصرވެރިވުމަށާއި، އެކަލާނގެއަށް މާތްކޮށްހިތުމަށްޓަކައެވެ. އަދި އެކަލާނގެއަށް ހެނދުނާއި، ހަވީރު ތިޔަބައިމީހުން تسبيحދެންނެވުމަށްޓަކައެވެ.
26 ވަނަ ފޮތް
إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوۡقَ أَيۡدِيہِمۡ‌ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفۡسِهِۦ‌ۖ وَمَنۡ أَوۡفَىٰ بِمَا عَـٰهَدَ عَلَيۡهُ ٱللَّهَ فَسَيُؤۡتِيهِ أَجۡرًا عَظِيمً۬ا 10
ހަމަކަށަވަރުން، ކަލޭގެފާނަށް بيعةހިފާމީހުން بيعةހިފާކަންކަށަވަރީ اللَّهއަށެވެ. اللَّهގެ يدقدرةފުޅުވަނީ، އެއުރެންގެ އަތްތަކަށްވުރެ މަތީގައެވެ. ފަހެ، عهدއުވާލައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ عهدއުވައިލާކަންކަށަވަރީ، އޭނާގެ އަމިއްލަ نفسގެ މައްޗަށެވެ. އަދި އެކަމެއްގެ މައްޗަށް އެމީހަކު اللَّهއަށް ވެފައިވާ عهد ފުއްދައިފިމީހާ (ދަންނާށެވެ!) ފަހެ، اللَّه އެމީހަކަށް ބޮޑުވެގެންވާ ދަރުމަ ދެއްވާނެތެވެ.
26 ވަނަ ފޮތް
سَيَقُولُ لَكَ ٱلۡمُخَلَّفُونَ مِنَ ٱلۡأَعۡرَابِ شَغَلَتۡنَآ أَمۡوَٲلُنَا وَأَهۡلُونَا فَٱسۡتَغۡفِرۡ لَنَا‌ۚ يَقُولُونَ بِأَلۡسِنَتِهِم مَّا لَيۡسَ فِى قُلُوبِهِمۡ‌ۚ قُلۡ فَمَن يَمۡلِكُ لَكُم مِّنَ ٱللَّهِ شَيۡـًٔا إِنۡ أَرَادَ بِكُمۡ ضَرًّا أَوۡ أَرَادَ بِكُمۡ نَفۡعَۢا‌ۚ بَلۡ كَانَ ٱللَّهُ بِمَا تَعۡمَلُونَ خَبِيرَۢا 11
أعرابىންގެ ތެރެއިން ހަނގުރާމަޔަށްނުގޮސް ފަސްޖެހުނުމީހުން ކަލޭގެފާނަށް ދަންނަވާނެތެވެ. ތިމަންމެންގެ މުދާތަކާއި، ތިމަންމެންގެ أهلވެރިން ތިމަންމެން ހަނގުރާމަޔަށް ދިޔުން مشغولކޮށްފިއެވެ. ފަހެ، ތިމަންމެންގެ ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގެންދެއްވާށެވެ! އެއުރެންގެ ހިތްތަކުގައި ނުވާއެއްޗެއް، އެއުރެންގެ ދޫތަކުން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް މަންފާއަކަށް އިރާދަކުރައްވައިފިނަމަ، اللَّهގެ حضرةން އެއްވެސްކަމެއް މިލްކުވެގެންވަނީ، ތިޔަބައިމީހުންކުރެ ފަހެ، ކާކަށްހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންކުރާ عملތައް މޮޅަށްދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
26 ވަނަ ފޮތް
بَلۡ ظَنَنتُمۡ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلۡمُؤۡمِنُونَ إِلَىٰٓ أَهۡلِيهِمۡ أَبَدً۬ا وَزُيِّنَ ذَٲلِكَ فِى قُلُوبِكُمۡ وَظَنَنتُمۡ ظَنَّ ٱلسَّوۡءِ وَڪُنتُمۡ قَوۡمَۢا بُورً۬ا 12
އަދި ކިއެއްތަ! ތިޔަބައިމީހުން ހީކުރީ رسولއާއާއި، مؤمنން އެއުރެންގެ أهلވެރިންގެ ގާތަށް ދުވަހަކުވެސް އެނބުރިވަޑައި ނުގަންނަވާނެކަމަށެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އެކަން ޒީނަތްތެރިކުރެއްވިއެވެ. އަދި ތިޔަބައިމީހުން ނުބައިހީތައް ހީކުރީމުއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކުކަމުގައި ތިޔަބައިމީހުންވީމުއެވެ.
26 ވަނަ ފޮތް
وَمَن لَّمۡ يُؤۡمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعۡتَدۡنَا لِلۡكَـٰفِرِينَ سَعِيرً۬ا 13
އަދި اللَّهއަށާއި، އެކަލާނގެ رسولއާއަށް إيمان ނުވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ كافرންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރުކުރެއްވީމެވެ.
26 ވަނަ ފޮތް
وَلِلَّهِ مُلۡكُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ‌ۚ يَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ‌ۚ وَڪَانَ ٱللَّهُ غَفُورً۬ا رَّحِيمً۬ا 14
އަދި އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّهއަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذابދެއްވަތެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
26 ވަނަ ފޮތް
سَيَقُولُ ٱلۡمُخَلَّفُونَ إِذَا ٱنطَلَقۡتُمۡ إِلَىٰ مَغَانِمَ لِتَأۡخُذُوهَا ذَرُونَا نَتَّبِعۡكُمۡ‌ۖ يُرِيدُونَ أَن يُبَدِّلُواْ كَلَـٰمَ ٱللَّهِ‌ۚ قُل لَّن تَتَّبِعُونَا ڪَذَٲلِكُمۡ قَالَ ٱللَّهُ مِن قَبۡلُ‌ۖ فَسَيَقُولُونَ بَلۡ تَحۡسُدُونَنَا‌ۚ بَلۡ كَانُواْ لَا يَفۡقَهُونَ إِلَّا قَلِيلاً۬ 15
غنيمةތަކެއް އަތުލުމަށްޓަކައި، غنيمةތަކަކަށް (އެބަހީ: ހަނގުރާމަޔަށް) ތިޔަބައިމީހުން ހިނގައްޖެނަމަ، ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުން ބުނާހުށްޓެވެ. ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔުމަށް ތިމަންމެން ދޫކޮށްލާށެވެ! އެއުރެން އެދެނީ، اللَّهގެ ބަސްފުޅު ބަދަލުކުރުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ފަހަތުން ތިޔަބައިމީހުން އައިސްގެންނުވާނެއެވެ. މީގެކުރިން اللَّه އަންގަވާފައިވަނީ އެފަދައިންނެވެ. ދެން އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ތިމަންމެންނާ حسدވެރިވަނީއެވެ. އަދި ކިއެއްތަ! ދާދިކުޑަކޮށް މެނުވީ އެއުރެންނަކަށް ނުވިސްނެތެވެ.
26 ވަނަ ފޮތް
قُل لِّلۡمُخَلَّفِينَ مِنَ ٱلۡأَعۡرَابِ سَتُدۡعَوۡنَ إِلَىٰ قَوۡمٍ أُوْلِى بَأۡسٍ۬ شَدِيدٍ۬ تُقَـٰتِلُونَہُمۡ أَوۡ يُسۡلِمُونَ‌ۖ فَإِن تُطِيعُواْ يُؤۡتِكُمُ ٱللَّهُ أَجۡرًا حَسَنً۬ا‌ۖ وَإِن تَتَوَلَّوۡاْ كَمَا تَوَلَّيۡتُم مِّن قَبۡلُ يُعَذِّبۡكُمۡ عَذَابًا أَلِيمً۬ا 16
أعرابىންގެ ތެރެއިން ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ގަދަފަދަވެގެންވާ ބާރެއްގެ ވެރިބަޔަކުގެ ގާތަށް ދިޔުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވާނެތެވެ. ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރުމަށެވެ. ނުވަތަ އެއުރެން ކިޔަމަންވެ إسلامވުމަށެވެ. ފަހެ، ތިޔަބައިމީހުން ކިޔަމަންވާނަމަ، ރިވެތިވެގެންވާ ދަރުމަ ތިޔަބައިމީހުންނަށް اللَّه ދެއްވާނެތެވެ. އަދި މީގެކުރިން ތިޔަބައިމީހުން ފުރަގަސްދިން ފަދައިން ތިޔަބައިމީހުން ފުރަގަސްދޭނަމަ، ވޭންދެނިވި عذابއަކުން އެކަލާނގެ ތިޔަބައިމީހުންނަށް عذابދެއްވާނެތެވެ.
26 ވަނަ ފޮތް
لَّيۡسَ عَلَى ٱلۡأَعۡمَىٰ حَرَجٌ۬ وَلَا عَلَى ٱلۡأَعۡرَجِ حَرَجٌ۬ وَلَا عَلَى ٱلۡمَرِيضِ حَرَجٌ۬‌ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُ ۥ يُدۡخِلۡهُ جَنَّـٰتٍ۬ تَجۡرِى مِن تَحۡتِهَا ٱلۡأَنۡہَـٰرُ‌ۖ وَمَن يَتَوَلَّ يُعَذِّبۡهُ عَذَابًا أَلِيمً۬ا 17
ކަނުމީހާގެ މައްޗަކަށް ކުށެއްނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށްވެސް ކުށެއްނެތެވެ. އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއްނުމެނެތްމެއެވެ. اللَّهއާއި، އެކަލާނގެ رسولއާއަށް ކިޔަމަންވާމީހާ، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، އެކަލާނގެ އެމީހާ ވައްދަވާނެތެވެ. އަދި ފުރަގަސްދީފި މީހާޔަށް ވޭންދެނިވި عذابއަކުން އެކަލާނގެ عذابދެއްވާނެތެވެ.
26 ވަނަ ފޮތް
۞ لَّقَدۡ رَضِىَ ٱللَّهُ عَنِ ٱلۡمُؤۡمِنِينَ إِذۡ يُبَايِعُونَكَ تَحۡتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِہِمۡ فَأَنزَلَ ٱلسَّكِينَةَ عَلَيۡہِمۡ وَأَثَـٰبَهُمۡ فَتۡحً۬ا قَرِيبً۬ا 18
ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بيعةހިފާހިނދު، އެ مؤمنތަކުންނާމެދު اللَّه ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فتحއެއް އެއުރެންނަށް ދެއްވިއެވެ.
26 ވަނަ ފޮތް
وَمَغَانِمَ كَثِيرَةً۬ يَأۡخُذُونَہَا‌ۗ وَكَانَ ٱللَّهُ عَزِيزًا حَكِيمً۬ا 19
އަދި އެއުރެންނަށް ލިބޭނެ ގިނަ غنيمةމުދާތައްވެސްމެއެވެ. عزيزވަންތަ، حكيمވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
26 ވަނަ ފޮތް
وَعَدَكُمُ ٱللَّهُ مَغَانِمَ ڪَثِيرَةً۬ تَأۡخُذُونَہَا فَعَجَّلَ لَكُمۡ هَـٰذِهِۦ وَكَفَّ أَيۡدِىَ ٱلنَّاسِ عَنكُمۡ وَلِتَكُونَ ءَايَةً۬ لِّلۡمُؤۡمِنِينَ وَيَهۡدِيَكُمۡ صِرَٲطً۬ا مُّسۡتَقِيمً۬ا 20
ތިޔަބައިމީހުންނަށް ލިބޭނެ ގިނަ غنيمةމުދާތަކެއް، ތިޔަބައިމީހުންނަށް اللَّه وعد ކުރައްވާފައިވެއެވެ. ފަހެ، މިކަންތައް ތިޔަބައިމީހުންނަށް އެކަލާނގެ އަވަސްކޮށްދެއްވިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިން މީސްތަކުންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވިއެވެ. އަދި مؤمنންނަށް (نصرލިބޭނެކަމުގެ) ހެތްކެއްކަމުގައި އެކަން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދެއްކެވުމަށްޓަކައެވެ.
26 ވަނަ ފޮތް
وَأُخۡرَىٰ لَمۡ تَقۡدِرُواْ عَلَيۡہَا قَدۡ أَحَاطَ ٱللَّهُ بِہَا‌ۚ وَكَانَ ٱللَّهُ عَلَىٰ ڪُلِّ شَىۡءٍ۬ قَدِيرً۬ا 21
އަދި އެކަމުގެ މައްޗަށް ތިޔަބައިމީހުން ކުޅަދާނަވެގެންނުވާ އެހެންކަމެއްވެއެވެ. ހަމަކަށަވަރުން، اللَّه އެކަން ދެނެވޮޑިގެންވެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
26 ވަނަ ފޮތް
وَلَوۡ قَـٰتَلَكُمُ ٱلَّذِينَ كَفَرُواْ لَوَلَّوُاْ ٱلۡأَدۡبَـٰرَ ثُمَّ لَا يَجِدُونَ وَلِيًّ۬ا وَلَا نَصِيرً۬ا 22
كافرވިމީހުން، ތިޔަބައިމީހުންނާ ހަނގުރާމަކުރިނަމަ، އެއުރެން ފުރަގަސްދީ އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ. ދެން އެއުރެންނަކަށް އެހީތެރިޔަކުވެސް، އަދި نصرވެރިޔަކުވެސް ނުފެންނާނެތެވެ.
26 ވަނަ ފޮތް
سُنَّةَ ٱللَّهِ ٱلَّتِى قَدۡ خَلَتۡ مِن قَبۡلُ‌ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبۡدِيلاً۬ 23
(އެއީ) މީގެކުރިންވެސް اللَّه އެކަލާނގެ (އަޅުތަކުންނާމެދު) ކަންހިންގަވާފައިވާ ގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.
26 ވަނަ ފޮތް
وَهُوَ ٱلَّذِى كَفَّ أَيۡدِيَهُمۡ عَنكُمۡ وَأَيۡدِيَكُمۡ عَنۡہُم بِبَطۡنِ مَكَّةَ مِنۢ بَعۡدِ أَنۡ أَظۡفَرَكُمۡ عَلَيۡهِمۡ‌ۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا 24
ތިޔަބައިމީހުންގެ ކިބައިން، އެއުރެންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވީ އެކަލާނގެއެވެ. އަދި مكةގެ ތެރޭގައި، އެއުރެންގެ މައްޗަށް ތިޔަބައިމީހުން ބާރުވެރިކުރެއްވުމަށްފަހުގައި، އެއުރެންގެ ކިބައިން ތިޔަބައިމީހުންގެ އަތްތައް (އެބަހީ: ހަނގުރާމަކުރުން) ދުރުކުރެއްވީވެސް އެކަލާނގެއެވެ. ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
26 ވަނަ ފޮތް
هُمُ ٱلَّذِينَ كَفَرُواْ وَصَدُّوڪُمۡ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ وَٱلۡهَدۡىَ مَعۡكُوفًا أَن يَبۡلُغَ مَحِلَّهُ ۥ‌ۚ وَلَوۡلَا رِجَالٌ۬ مُّؤۡمِنُونَ وَنِسَآءٌ۬ مُّؤۡمِنَـٰتٌ۬ لَّمۡ تَعۡلَمُوهُمۡ أَن تَطَـُٔوهُمۡ فَتُصِيبَكُم مِّنۡهُم مَّعَرَّةُۢ بِغَيۡرِ عِلۡمٍ۬‌ۖ لِّيُدۡخِلَ ٱللَّهُ فِى رَحۡمَتِهِۦ مَن يَشَآءُ‌ۚ لَوۡ تَزَيَّلُواْ لَعَذَّبۡنَا ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابًا أَلِيمًا 25
އެއުރެންނީ، كافرވެ، އަދި حرمةތެރިވެގެންވާ މިސްކިތުން ތިޔަބައިމީހުން އެއްކިބާކުރި މީހުންނެވެ. އަދި ގެފުޅަށް ހަދިޔާކުރެވޭ ތަކެތި، އެތަކެތި ކަތިލަންވާ ހިސާބަށް ދިޔަނުދީ ހިފެހެއްޓި މީހުންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގި އެއުރެން قتلކުރެވިދާފަދަ، (ގޮތެއްގައިތިބި) مؤمن ފިރިހެނުންނާއި، مؤمن އަންހެނުންތަކެއް ނެތްނަމަ (އެ ދަނޑިވަޅުގައި مكة فتحކުރެއްވުމުގެ إذنދެއްވީހެވެ.) ފަހެ، އެފަދަގޮތެއް މެދުވެރިވެއްޖެނަމަ، ތިޔަބައިމީހުންނަށް އެނގުމަކާނުލައި، އެއުރެންގެ ސަބަބުން، (އެބަހީ: قتلކުރެވިދާފަދަ ގޮތެއްގައިތިބި مؤمنންގެ ސަބަބުން) ތިޔަބައިމީހުންނަށް މަލާމާތް ލިބިދާނެތެވެ. އެއީ اللَّه އިރާދަކުރައްވާ މީހަކު އެކަލާނގެ رحمةގެތެރެޔަށް ވެއްދެވުމަށްޓަކައެވެ. އެއުރެންނަށް ވަކިވެގެންވާނަމަ، ވޭންދެނިވި عذابއަކުން އެއުރެންގެ ތެރެއިން كافرވި މީހުންނަށް ތިމަންރަސްކަލާނގެ عذابދެއްވީމުހެވެ.
26 ވަނަ ފޮތް
إِذۡ جَعَلَ ٱلَّذِينَ كَفَرُواْ فِى قُلُوبِهِمُ ٱلۡحَمِيَّةَ حَمِيَّةَ ٱلۡجَـٰهِلِيَّةِ فَأَنزَلَ ٱللَّهُ سَڪِينَتَهُ ۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَلۡزَمَهُمۡ ڪَلِمَةَ ٱلتَّقۡوَىٰ وَكَانُوٓاْ أَحَقَّ بِہَا وَأَهۡلَهَا‌ۚ وَكَانَ ٱللَّهُ بِكُلِّ شَىۡءٍ عَلِيمً۬ا 26
كافرވިމީހުން، އެއުރެންގެ ހިތްތަކުގެ ތެރެޔަށް ބޮޑާކަން ވައްދައިފި ހިނދެވެ. އެއީ ޖާހިލީޒަމާނުގެ ބޮޑާކަމެވެ. ފަހެ، اللَّه، އެކަލާނގެ رسولއާގެ މައްޗަށާއި، مؤمنތަކުންގެ މައްޗަށް، އެކަލާނގެ حضرةން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި تقوىގެ كلمة، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެއުރެން އެ كلمةއަށް حقކަން ބޮޑުވެފައި، އަދި އެ كلمةގެ أهلވެރިންކަމުގައިވޫއެވެ. ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
26 ވަނަ ފޮތް
لَّقَدۡ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءۡيَا بِٱلۡحَقِّ‌ۖ لَتَدۡخُلُنَّ ٱلۡمَسۡجِدَ ٱلۡحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمۡ وَمُقَصِّرِينَ لَا تَخَافُونَ‌ۖ فَعَلِمَ مَا لَمۡ تَعۡلَمُواْ فَجَعَلَ مِن دُونِ ذَٲلِكَ فَتۡحً۬ا قَرِيبًا 27
ހަމަކަށަވަރުން، اللَّه، އެކަލާނގެ رسولއާއަށް ހުވަފެންފުޅު ސީދާކުރައްވައި، حقގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން، اللَّه އިރާދަކުރެއްވިނަމަ ތިޔަބައިމީހުން أمانކަމާއެކުގައި، حرمةތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ބޯތައް ބާލާ حالގައި، އަދި ކުރުކޮށް ކޮށާ حالގައެވެ. ތިޔަބައިމީހުން ބިރުގަތުމަކާވެސް ނުލައެވެ. ފަހެ، ތިޔަބައިމީހުންނަށް ނޭނގޭކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، އޭގެ ކުރިން ގާތުގައިވާ فتحއެއް އެކަލާނގެ ދެއްވާހުށްޓެވެ.
26 ވަނަ ފޮތް
هُوَ ٱلَّذِىٓ أَرۡسَلَ رَسُولَهُ ۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُ ۥ عَلَى ٱلدِّينِ كُلِّهِۦ‌ۚ وَكَفَىٰ بِٱللَّهِ شَهِيدً۬ا 28
އެކަލާނގެއީ، ތެދުމަގާއި، حق دينއާއިގެން އެކަލާނގެ رسولއާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ دينތަކުގެ މައްޗަށް، އެ دينފާޅުކުރައްވައި މަތިވެރިކުރެއްވުމަށްޓަކައެވެ. ހެކިވެ ވޮޑިގެންވާ ކަލަކުކަމުގައި اللَّه ފުދެއެވެ.
26 ވަނަ ފޮތް
مُّحَمَّدٌ۬ رَّسُولُ ٱللَّهِ‌ۚ وَٱلَّذِينَ مَعَهُ ۥۤ أَشِدَّآءُ عَلَى ٱلۡكُفَّارِ رُحَمَآءُ بَيۡنَہُمۡ‌ۖ تَرَٮٰهُمۡ رُكَّعً۬ا سُجَّدً۬ا يَبۡتَغُونَ فَضۡلاً۬ مِّنَ ٱللَّهِ وَرِضۡوَٲنً۬ا‌ۖ سِيمَاهُمۡ فِى وُجُوهِهِم مِّنۡ أَثَرِ ٱلسُّجُودِ‌ۚ ذَٲلِكَ مَثَلُهُمۡ فِى ٱلتَّوۡرَٮٰةِ‌ۚ وَمَثَلُهُمۡ فِى ٱلۡإِنجِيلِ كَزَرۡعٍ أَخۡرَجَ شَطۡـَٔهُ ۥ فَـَٔازَرَهُ ۥ فَٱسۡتَغۡلَظَ فَٱسۡتَوَىٰ عَلَىٰ سُوقِهِۦ يُعۡجِبُ ٱلزُّرَّاعَ لِيَغِيظَ بِہِمُ ٱلۡكُفَّارَ‌ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ مِنۡہُم مَّغۡفِرَةً۬ وَأَجۡرًا عَظِيمَۢا 29
محمدގެފާނީ، اللَّهގެ رسولއާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافرންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمةތެރިބަޔެކެވެ. اللَّهގެ حضرةން فضلވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوعކޮށް سجدةކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. سجدةގެ أثرން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ توراةގައިވާ، އެއުރެންގެ مثالއެވެ. އަދި إنجيلގައިވާ، އެއުރެންގެ مثال އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން عجائبކޮށް حيرانކުރުވަމުންނެވެ. އެއުރެންދެކެ، كافرން ރުޅިއެރުވުމަށްޓަކައެވެ. އެއުރެންގެ ތެރެއިން إيمانވެ صالح عملތައް ކުޅަމީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް اللَّه وعد ކުރައްވާފައިވެއެވެ.
0:00 0:00