بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
إِذَا ٱلشَّمۡسُ كُوِّرَتۡ 1
އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ.
وَإِذَا ٱلنُّجُومُ ٱنكَدَرَتۡ 2
އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ.
وَإِذَا ٱلۡجِبَالُ سُيِّرَتۡ 3
އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ.
وَإِذَا ٱلۡعِشَارُ عُطِّلَتۡ 4
އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ.
وَإِذَا ٱلۡوُحُوشُ حُشِرَتۡ 5
އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ.
وَإِذَا ٱلۡبِحَارُ سُجِّرَتۡ 6
އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ.
وَإِذَا ٱلنُّفُوسُ زُوِّجَتۡ 7
އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ.
وَإِذَا ٱلۡمَوۡءُ ۥدَةُ سُٮِٕلَتۡ 8
އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سؤالކުރައްވާ ހިނދެވެ.
بِأَىِّ ذَنۢبٍ۬ قُتِلَتۡ 9
އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟
وَإِذَا ٱلصُّحُفُ نُشِرَتۡ 10
އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެވެ.
وَإِذَا ٱلسَّمَآءُ كُشِطَتۡ 11
އަދި އުޑު ގެންދަވާ ހިނދެވެ.
وَإِذَا ٱلۡجَحِيمُ سُعِّرَتۡ 12
އަދި ނަރަކައިގެ އަލިފާންގަނޑު ރޯކުރެވިއްޖެހިނދެވެ.
وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ 13
އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ.
عَلِمَتۡ نَفۡسٌ۬ مَّآ أَحۡضَرَتۡ 14
ކޮންމެ نفسއަކަށްމެ، އެ نفسއެއް حاضرކުޅަކަމެއް (އެހިނދު) އެނގޭނެތެވެ.
فَلَآ أُقۡسِمُ بِٱلۡخُنَّسِ 15
ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.
ٱلۡجَوَارِ ٱلۡكُنَّسِ 16
ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.
وَٱلَّيۡلِ إِذَا عَسۡعَسَ 17
އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
وَٱلصُّبۡحِ إِذَا تَنَفَّسَ 18
އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ.
إِنَّهُ ۥ لَقَوۡلُ رَسُولٍ۬ كَرِيمٍ۬ 19
ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسولއަކު (އެބަހީ: جبريلގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ.
ذِى قُوَّةٍ عِندَ ذِى ٱلۡعَرۡشِ مَكِينٍ۬ 20
عرشގެ ވެރިރަސްކަލާނގެ حضرةގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ.
مُّطَاعٍ۬ ثَمَّ أَمِينٍ۬ 21
އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ.
وَمَا صَاحِبُكُم بِمَجۡنُونٍ۬ 22
އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمدގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ.
وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِينِ 23
އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمدގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريلގެފާނު) ދެކެވަޑައިގަތެވެ.
وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينٍ۬ 24
އަދި غيبގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: محمدގެފާނު) ނުވެއެވެ.
وَمَا هُوَ بِقَوۡلِ شَيۡطَـٰنٍ۬ رَّجِيمٍ۬ 25
އަދި رحمةން ބޭރުކުރައްވާފައިވާ شيطانއެއްގެ ބަސްކަމުގައިވެސް އެ قرآن ނުވެއެވެ.
فَأَيۡنَ تَذۡهَبُونَ 26
ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟
إِنۡ هُوَ إِلَّا ذِكۡرٌ۬ لِّلۡعَـٰلَمِينَ 27
عالمތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ.
لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ 28
ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ.
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَـٰلَمِينَ 29
عالمތަކުގެ ވެރި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ.