بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
ٱلرَّحۡمَـٰنُ 1
رحمنވަންތަ ރަސްކަލާނގެއެވެ.
عَلَّمَ ٱلۡقُرۡءَانَ 2
އެކަލާނގެ قرآن އުނގަންނައިދެއްވިއެވެ.
خَلَقَ ٱلۡإِنسَـٰنَ 3
އެކަލާނގެ އިންސާނާ ހެއްދެވިއެވެ.
عَلَّمَهُ ٱلۡبَيَانَ 4
އެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވިއެވެ.
ٱلشَّمۡسُ وَٱلۡقَمَرُ بِحُسۡبَانٍ 5
އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ.
وَٱلنَّجۡمُ وَٱلشَّجَرُ يَسۡجُدَانِ 6
އަދި ފަތްޕިލާވެއްޔާއި، ގަސްގަހާގެހި، އެކަލާނގެއަށް ކިޔަމަންވެ، سجدةކުރެތެވެ.
وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلۡمِيزَانَ 7
އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި މީޒާން ( إنصاف ގެ ތިލަފަތް) ލެއްވިއެވެ.
أَلَّا تَطۡغَوۡاْ فِى ٱلۡمِيزَانِ 8
މިނެކިރުމުގައި ތިޔަބައިމީހުން އަނިޔާވެރި ނުވުމަށްޓަކައެވެ.
وَأَقِيمُواْ ٱلۡوَزۡنَ بِٱلۡقِسۡطِ وَلَا تُخۡسِرُواْ ٱلۡمِيزَانَ 9
(9) عدل إنصافގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ!
وَٱلۡأَرۡضَ وَضَعَهَا لِلۡأَنَامِ 10
އަދި خلقތަކުންނަށްޓަކައި އެކަލާނގެ ބިން ލައްވާފައިވެއެވެ.
فِيہَا فَـٰكِهَةٌ۬ وَٱلنَّخۡلُ ذَاتُ ٱلۡأَكۡمَامِ 11
އެ ބިމުގައި މޭވާއާއި، އެތްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ.
وَٱلۡحَبُّ ذُو ٱلۡعَصۡفِ وَٱلرَّيۡحَانُ 12
އަދި ތޮށި ހުންނަ ގޮވާންތަކާއި، މީރުވަސްދުވާ މާމެލާމެލި ވެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 13
އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
خَلَقَ ٱلۡإِنسَـٰنَ مِن صَلۡصَـٰلٍ۬ كَٱلۡفَخَّارِ 14
މުށިތަކެއްފަދަ ހިކި މަށިން، އެކަލާނގެ އިންސާނާ (އެބަހީ: آدمގެފާނު) ހެއްދެވިއެވެ.
وَخَلَقَ ٱلۡجَآنَّ مِن مَّارِجٍ۬ مِّن نَّارٍ 15
އަދި ދުންނާރާ އަލިފާނެއްގެ ހުޅުގަނޑުން، އެކަލާނގެ ޖިންނީން ހެއްދެވިއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 16
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
رَبُّ ٱلۡمَشۡرِقَيۡنِ وَرَبُّ ٱلۡمَغۡرِبَيۡنِ 17
އިރުއަރާ ދެތަނާއި، އިރުއޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ. (އެބަހީ: ދެ موسمއަށް އިރުއަރާ ދެތަނާއި، އޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ.)
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 18
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
مَرَجَ ٱلۡبَحۡرَيۡنِ يَلۡتَقِيَانِ 19
އެކަލާނގެ ދެކަނޑު (އެބަހީ: ކޯރާއި، ކަނޑު) ހައްދަވައި، ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލުވެތެވެ.
بَيۡنَہُمَا بَرۡزَخٌ۬ لَّا يَبۡغِيَانِ 20
އެ ދެކަނޑު ދެމެދުގައި، ހުރަހެއްވެއެވެ. އެ ދެކަނޑުވެސް އެއްކަނޑު އަނެއް ކަނޑެއްގެ މައްޗަކަށް އަރައެއް ނުގަނެތެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 21
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
يَخۡرُجُ مِنۡہُمَا ٱللُّؤۡلُؤُ وَٱلۡمَرۡجَانُ 22
އެ ދެކަނޑުން ރަންމުތާއި، مرجان ފައިދާވެ ނުކުމެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 23
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
وَلَهُ ٱلۡجَوَارِ ٱلۡمُنشَـَٔاتُ فِى ٱلۡبَحۡرِ كَٱلۡأَعۡلَـٰمِ 24
އަދި ކަނޑުގައި ދުއްވުމަށް ހަދާފައިވާ އުސްފަރުބަދަތައްފަދަ އުޅަނދުފަހަރު ملكވެގެންވަނީ، އެކަލާނގެއަށެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 25
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
كُلُّ مَنۡ عَلَيۡہَا فَانٍ۬ 26
އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ.
وَيَبۡقَىٰ وَجۡهُ رَبِّكَ ذُو ٱلۡجَلَـٰلِ وَٱلۡإِكۡرَامِ 27
އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ذاتފުޅު ދެމިވޮޑިގެންވެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 28
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
يَسۡـَٔلُهُ ۥ مَن فِى ٱلسَّمَـٰوَٲتِ وَٱلۡأَرۡضِۚ كُلَّ يَوۡمٍ هُوَ فِى شَأۡنٍ۬ 29
އުޑުތަކާއި، ބިމުގައިވާހާ ބަޔަކު އެކަލާނގެއަށް އެދި ދަންނަވަތެވެ. ކޮންމެ ހިނދުކޮޅެއްގައިމެ، އެކަލާނގެ ވޮޑިގެންވަނީ ކަމެއްގައެވެ. (އެބަހީ: ބަޔެއް އަޅުތަކުން عزّةތެރިކުރައްވައި، އަނެއްބައި އަޅުތަކުން ނިކަމެތި ކުރައްވައި، އެއްބަޔަކަށް رزقދެއްވައި، އަނެއްބަޔަކު محرومކުރައްވަތެވެ.)
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 30
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
سَنَفۡرُغُ لَكُمۡ أَيُّهَ ٱلثَّقَلَانِ 31
އޭ ޖިންނީންނާއި، އިންސީންނާ ދެބާވަތުގެ މީހުންނޭވެ! ތިޔަ ދެބައިމީހުންގެ މެދުގައި ނިކަންހުރެ، ތިމަންރަސްކަލާނގެ حكمކުރައްވާ ހުށީމެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 32
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
يَـٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ إِنِ ٱسۡتَطَعۡتُمۡ أَن تَنفُذُواْ مِنۡ أَقۡطَارِ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ فَٱنفُذُواْۚ لَا تَنفُذُونَ إِلَّا بِسُلۡطَـٰنٍ۬ 33
އޭ ޖިންނީންނާއި، އިންސީންގެ جماعةގެ މީހުންނޭވެ! އުޑުތަކާއި، ބިމުގެ އެންމެހާ ފަރާތްތަކުން ނުކުމެގެން ދިޔުމަށް، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ، ފަހެ، ތިޔަބައިމީހުން ނުކުމެގެން ގޮސްބަލާށެވެ! ވަރުގަދަ ބާރަކުން މެނުވީ، ތިޔަބައިމީހުންނަކަށް ނުނުކުމެވޭނެތެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 34
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
يُرۡسَلُ عَلَيۡكُمَا شُوَاظٌ۬ مِّن نَّارٍ۬ وَنُحَاسٌ۬ فَلَا تَنتَصِرَانِ 35
ތިޔަ ދެބައިމީހުންގެ މައްޗަށް (قيامةދުވަހުން) އަލިފާނުގެ ހުޅުތަކާއި، ވިރިފައިވާ ލޮއި ފޮނުއްވާނެތެވެ. ފަހެ، ތިޔަބައިމީހުންނަށް نصرއެއް ނުލިބޭނެތެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 36
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتۡ وَرۡدَةً۬ كَٱلدِّهَانِ 37
ފަހެ، އުޑު ފަޅަފަޅައިގެންދާހިނދު، ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 38
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
فَيَوۡمَٮِٕذٍ۬ لَّا يُسۡـَٔلُ عَن ذَنۢبِهِۦۤ إِنسٌ۬ وَلَا جَآنٌّ۬ 39
ފަހެ، އެދުވަހުން އެމީހެއްގެ ފާފަޔާމެދު އިންސިއަކާ، އަދި ޖިންނިއަކާވެސް سوالއެއް ނުކުރައްވާނެތެވެ. (އެހެނީ، އެދުވަހުން އެއުރެން ފާހަގަވެ، އެނގޭނެތެވެ.)
فَبِأَىِّ ءَالَآءِ رَبِّڪُمَا تُكَذِّبَانِ 40
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
يُعۡرَفُ ٱلۡمُجۡرِمُونَ بِسِيمَـٰهُمۡ فَيُؤۡخَذُ بِٱلنَّوَٲصِى وَٱلۡأَقۡدَامِ 41
(އެދުވަހުން) ކުށްވެރިން އެއުރެންގެ ފާހަގައިން އެނގޭނެއެވެ. ފަހެ، ނިތްގަނޑުތަކާއި ފައިތަކުގައި ހިއްޕަވައިގެން، އެއުރެން ގެންދަވާނެތެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 42
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
هَـٰذِهِۦ جَهَنَّمُ ٱلَّتِى يُكَذِّبُ بِہَا ٱلۡمُجۡرِمُونَ 43
މިއީ ކުށްވެރިން ދޮގުކޮށް އުޅުނު ނަރަކަޔެވެ.
يَطُوفُونَ بَيۡنَہَا وَبَيۡنَ حَمِيمٍ ءَانٍ۬ 44
އެ ނަރަކައިގެ އަލިފާނާއި، އަދި ކެކިކެކިހުންނަ ހޫނުފެނާ ދެމެދުގައި، އެއުރެން ހިނގަހިނގާ ތިބޭނެތެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 45
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
وَلِمَنۡ خَافَ مَقَامَ رَبِّهِۦ جَنَّتَانِ 46
އެމީހާގެ ވެރިރަސްކަލާނގެ حضرةގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ހުށްޓެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 47
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
ذَوَاتَآ أَفۡنَانٍ۬ 48
ހިޔާ ފެތުރިގެންވާ ގޮފިތަކުގެ ވެރި ދެ ސުވަރުގެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 49
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
فِيہِمَا عَيۡنَانِ تَجۡرِيَانِ 50
ހިނގަހިނގާ ހުންނަ ފެންއާރުގެ ދެ އާރު، އެ ދެ ސުވަރުގޭގައިވެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 51
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
فِيہِمَا مِن كُلِّ فَـٰكِهَةٍ۬ زَوۡجَانِ 52
ކޮންމެ މޭވާއަކުން ދެބާވަތް އެ ދެ ސުވަރުގޭގައިވެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 53
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
مُتَّكِـِٔينَ عَلَىٰ فُرُشِۭ بَطَآٮِٕنُہَا مِنۡ إِسۡتَبۡرَقٍ۬ۚ وَجَنَى ٱلۡجَنَّتَيۡنِ دَانٍ۬ 54
(އެއުރެން ތިބޭހުށީ) ދާންތަކެއްގެ މަތީގައި ލެނގިގެންނެވެ. އެ ދާންތަކުގެ ބަތާނަ ވަނީވެސް إستبرقންނެވެ. (އެބަހީ: ފަލަ ފަށުއިންނެވެ.) އަދި އެ ދެ ސުވަރުގޭގެ މޭވާތައް (ބިންނަ މީހުންނަށް) ކައިރިވެގެންވެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 55
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
فِيہِنَّ قَـٰصِرَٲتُ ٱلطَّرۡفِ لَمۡ يَطۡمِثۡہُنَّ إِنسٌ۬ قَبۡلَهُمۡ وَلَا جَآنٌّ۬ 56
ކަޅިތައް عفةތެރި، حورالعينން އެ ސުވަރުގެތަކުގައިވެއެވެ. އެއުރެންގެ ކުރިން އިންސިއަކުވެސް، އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 57
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
كَأَنَّہُنَّ ٱلۡيَاقُوتُ وَٱلۡمَرۡجَانُ 58
(ރީތިކަމާއި، ސާފުކަމުގައި) އެކަނބަލުން ياقوتއާއި، مرجانފަދައެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 59
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
هَلۡ جَزَآءُ ٱلۡإِحۡسَـٰنِ إِلَّا ٱلۡإِحۡسَـٰنُ 60
އިހުސާންތެރިކަމުގެ ޖަޒާއަކީ، އިހުސާންތެރިކަންކަމުގައި މެނުވީ ނުވެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 61
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
وَمِن دُونِہِمَا جَنَّتَانِ 62
އަދި އެ ދެ ސުވަރުގެ ފިޔަވައި ދެ ސުވަރުގެވެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 63
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
مُدۡهَآمَّتَانِ 64
(އެ ދެ ސުވަރުގޭގެ) ގަސްގަހުގެ ފަތްތައް ބޯވެ، ކަޅުފެހިކުލަ ލިބިގެންވެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 65
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
فِيہِمَا عَيۡنَانِ نَضَّاخَتَانِ 66
ފެން އަރައަރާ ހުންނަ ދެ އާރު، އެ ދެތާނގައިވެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 67
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
فِيہِمَا فَـٰكِهَةٌ۬ وَنَخۡلٌ۬ وَرُمَّانٌ۬ 68
އެ ދެތާނގައި މޭވާއާއި، ކަދުރުރުކާއި، އަދި އަންނާރު ވެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 69
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
فِيہِنَّ خَيۡرَٲتٌ حِسَانٌ۬ 70
ހެޔޮކަން ބޮޑު، ރީތި އަނބީން އެތަންތާނގައިވެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 71
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
حُورٌ۬ مَّقۡصُورَٲتٌ۬ فِى ٱلۡخِيَامِ 72
(އެއީ) ފޭލިގެތަކުގައި ފަރުދާވެވިގެންވާ حورންތަކެކެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 73
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
لَمۡ يَطۡمِثۡہُنَّ إِنسٌ۬ قَبۡلَهُمۡ وَلَا جَآنٌّ 74
އެއުރެންގެ ކުރިން، އިންސިއަކުވެސް އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 75
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
مُتَّكِـِٔينَ عَلَىٰ رَفۡرَفٍ خُضۡرٍ۬ وَعَبۡقَرِىٍّ حِسَانٍ۬ 76
ފެހިކުލައިގެ ބާލީސްތަކުގައި ލެނގިލައިގެން، އަދި مخملގެ ގޮދަޑިތަކާއި، ރީތި ދޫލަތަކުގައި ތިބޭ حالގައެވެ.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ 77
(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكارކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
تَبَـٰرَكَ ٱسۡمُ رَبِّكَ ذِى ٱلۡجَلَـٰلِ وَٱلۡإِكۡرَامِ 78
ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ اسمފުޅު މަތިވެރިވެގެންވެއެވެ.