بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
وَٱلسَّمَآءِ ذَاتِ ٱلۡبُرُوجِ 1
برجތަކުގެވެރި އުޑު ގަންދެއްވަމެވެ.
وَٱلۡيَوۡمِ ٱلۡمَوۡعُودِ 2
އަދި وعدކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ.
وَشَاهِدٍ۬ وَمَشۡہُودٍ۬ 3
އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ.
قُتِلَ أَصۡحَـٰبُ ٱلۡأُخۡدُودِ 4
ވަޅުގަނޑުގެ އެކުވެރިންނަށް لعنةލެއްވިއެވެ.
ٱلنَّارِ ذَاتِ ٱلۡوَقُودِ 5
(އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ.
إِذۡ هُمۡ عَلَيۡہَا قُعُودٌ۬ 6
އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ.
وَهُمۡ عَلَىٰ مَا يَفۡعَلُونَ بِٱلۡمُؤۡمِنِينَ شُہُودٌ۬ 7
مؤمنންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި حالގައެވެ.
وَمَا نَقَمُواْ مِنۡہُمۡ إِلَّآ أَن يُؤۡمِنُواْ بِٱللَّهِ ٱلۡعَزِيزِ ٱلۡحَمِيدِ 8
އަދި عزيزވަންތަ، ގިނަގިނައިން حمدލިބިވޮޑިގެންވާ اللَّهއަށް އެއުރެން إيمانވާކަމަށްޓަކައި މެނުވީ، އެ كافرން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ.
ٱلَّذِى لَهُ ۥ مُلۡكُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِۚ وَٱللَّهُ عَلَىٰ كُلِّ شَىۡءٍ۬ شَہِيدٌ 9
އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. اللَّهއީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ.
إِنَّ ٱلَّذِينَ فَتَنُواْ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَـٰتِ ثُمَّ لَمۡ يَتُوبُواْ فَلَهُمۡ عَذَابُ جَهَنَّمَ وَلَهُمۡ عَذَابُ ٱلۡحَرِيقِ 10
ހަމަކަށަވަރުން، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، دينން އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން توبةނުވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ނަރަކައިގެ عذابހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ عذابހުށްޓެވެ.
ِإِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ لَهُمۡ جَنَّـٰتٌ۬ تَجۡرِى مِن تَحۡتِہَا ٱلۡأَنۡہَـٰرُۚ ذَٲلِكَ ٱلۡفَوۡزُ ٱلۡكَبِيرُ 11
ހަމަކަށަވަރުން، إيمانވެ صالح عملތައްކުޅަމީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. ބޮޑުވެގެންވާ نصيبލިބުމަކީ އެއީއެވެ.
إِنَّ بَطۡشَ رَبِّكَ لَشَدِيدٌ 12
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހިއްޕަވާ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ.
إِنَّهُ ۥ هُوَ يُبۡدِئُ وَيُعِيدُ 13
ހަމަކަށަވަރުން، ފުރަތަމަ އުފައްދަވަނީވެސް، އަދި އަލުން (ދިރުއްވައި) إعادةކުރައްވާނީވެސް ހަމަ އެކަލާނގެއެވެ.
وَهُوَ ٱلۡغَفُورُ ٱلۡوَدُودُ 14
އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.
ذُو ٱلۡعَرۡشِ ٱلۡمَجِيدُ 15
عرشގެ ވެރި، މާތްވަންތަ ރަސްކަލާނގެއެވެ.
فَعَّالٌ۬ لِّمَا يُرِيدُ 16
އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ.
هَلۡ أَتَٮٰكَ حَدِيثُ ٱلۡجُنُودِ 17
فرعونއާއި، ثمودބާގައިގެ لشكرގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
فِرۡعَوۡنَ وَثَمُودَ 18
فرعونއާއި، ثمودބާގައިގެ لشكرގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
بَلِ ٱلَّذِينَ كَفَرُواْ فِى تَكۡذِيبٍ۬ 19
އަދި ކިއެއްތަ! كافرވިމީހުން ވަނީ، ދޮގުކުރުމެއްގައެވެ.
وَٱللَّهُ مِن وَرَآٮِٕہِم مُّحِيطُۢ 20
اللَّه އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ.
بَلۡ هُوَ قُرۡءَانٌ۬ مَّجِيدٌ۬ 21
އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: اللّوح المحفوظގައިވާ) މާތް قرآنއެވެ.
فِى لَوۡحٍ۬ مَّحۡفُوظِۭ 22
އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: اللّوح المحفوظގައިވާ) މާތް قرآنއެވެ.