30 ވަނަ ފޮތް بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
30 ވަނަ ފޮތް وَمَآ أَدۡرَٮٰكَ مَا ٱلۡقَارِعَةُ 3 އަދި ބިރުވެރިކަން ބޮޑު قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
30 ވަނަ ފޮތް يَوۡمَ يَكُونُ ٱلنَّاسُ ڪَٱلۡفَرَاشِ ٱلۡمَبۡثُوثِ 4 ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ.
30 ވަނަ ފޮތް وَتَكُونُ ٱلۡجِبَالُ ڪَٱلۡعِهۡنِ ٱلۡمَنفُوشِ 5 އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ.
30 ވަނަ ފޮތް فَأَمَّا مَن ثَقُلَتۡ مَوَٲزِينُهُ ۥ 6 ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ!
30 ވަނަ ފޮތް فَهُوَ فِى عِيشَةٍ۬ رَّاضِيَةٍ۬ 7 ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.)
30 ވަނަ ފޮތް وَأَمَّا مَنۡ خَفَّتۡ مَوَٲزِينُهُ ۥ 8 އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ!
30 ވަނަ ފޮތް وَمَآ أَدۡرَٮٰكَ مَا هِيَهۡ 10 އަދި އެއީ ކޮންތަނެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟