بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
وَٱلَّيۡلِ إِذَا يَغۡشَىٰ 1
ރޭގަނޑުގެ އަނދިރިކަން ފެތުރޭހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
وَٱلنَّہَارِ إِذَا تَجَلَّىٰ 2
ދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ގަންދެއްވަމެވެ.
وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ 3
އަދި ފިރިހެން، އަންހެން، ދެ ޖިންސު ހެއްދެވި ކަލާނގެ ގަންދެއްވަމެވެ.
إِنَّ سَعۡيَكُمۡ لَشَتَّىٰ 4
ހަމަކަށަވަރުން، ތިޔަބައިމީހުންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ.
فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ 5
ފަހެ (މުދަލުން) ހޭދަކޮށް (اللَّهއަށް) تقوىވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ!
وَصَدَّقَ بِٱلۡحُسۡنَىٰ 6
ފަހެ (މުދަލުން) ހޭދަކޮށް (اللَّهއަށް) تقوىވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ!
فَسَنُيَسِّرُهُ ۥ لِلۡيُسۡرَىٰ 7
ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.
وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ 8
އަދި ދަހިވެތިވެ، اللَّه ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ!
وَكَذَّبَ بِٱلۡحُسۡنَىٰ 9
އަދި ދަހިވެތިވެ، اللَّه ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ!
فَسَنُيَسِّرُهُ ۥ لِلۡعُسۡرَىٰ 10
ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.
وَمَا يُغۡنِى عَنۡهُ مَالُهُ ۥۤ إِذَا تَرَدَّىٰٓ 11
އަދި އެމީހާ (ނަރަކަޔަށް) ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.
إِنَّ عَلَيۡنَا لَلۡهُدَىٰ 12
ހަމަކަށަވަރުން، ތެދުމަގު ދެއްކެވުންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.
وَإِنَّ لَنَا لَلۡأَخِرَةَ وَٱلۡأُولَىٰ 13
އަދި ހަމަކަށަވަރުން، آخرةއާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެވޮޑިގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.
فَأَنذَرۡتُكُمۡ نَارً۬ا تَلَظَّىٰ 14
ފަހެ، އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذارކުރެއްވީމެވެ.
لَا يَصۡلَٮٰهَآ إِلَّا ٱلۡأَشۡقَى 15
ބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެތެވެ.
ٱلَّذِى كَذَّبَ وَتَوَلَّىٰ 16
އެމީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ.
وَسَيُجَنَّبُہَا ٱلۡأَتۡقَى 17
އަދި تقوىވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ.
ٱلَّذِى يُؤۡتِى مَالَهُ ۥ يَتَزَكَّىٰ 18
އެމީހާއީ، އެމީހާ طاهرވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ.
وَمَا لِأَحَدٍ عِندَهُ ۥ مِن نِّعۡمَةٍ۬ تُجۡزَىٰٓ 19
އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ.
إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ 20
އެހެނެއްކަމަކު(އޭނާ ހޭދަކުރަނީ) އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ وجهފުޅު (އެބަހީ:އެކަލާނގެ ރުއްސެވުން) އަދައިގެންނެވެ.
وَلَسَوۡفَ يَرۡضَىٰ 21
އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ.