بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
إِذَا ٱلسَّمَآءُ ٱنشَقَّتۡ 1
އުޑުފަޅަފަޅައިގެންދާ ހިނދެވެ.
وَأَذِنَتۡ لِرَبِّہَا وَحُقَّتۡ 2
އަދި އެ އުޑުގެ ވެރިރަސްކަލާނގެ أمرފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން حقވެގެންވެއެވެ.
وَإِذَا ٱلۡأَرۡضُ مُدَّت 3
އަދި ބިންގަނޑު ތަނަވަސްވެ، ފެތުރިގެންދާ ހިނދެވެ.
وَأَلۡقَتۡ مَا فِيہَا وَتَخَلَّتۡ 4
އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ.
وَأَذِنَتۡ لِرَبِّہَا وَحُقَّتۡ 5
އަދި އެ ބިމުގެ ވެރިރަސްކަލާނގެ أمرފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން حقވެގެންވެއެވެ.
يَـٰٓأَيُّهَا ٱلۡإِنسَـٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدۡحً۬ا فَمُلَـٰقِيهِ 6
އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرةއަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ.
فَأَمَّا مَنۡ أُوتِىَ كِتَـٰبَهُ ۥ بِيَمِينِهِۦ 7
ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ!
فَسَوۡفَ يُحَاسَبُ حِسَابً۬ا يَسِيرً۬ا 8
ފަހެ، ލުއިފަސޭހަވެގެންވާ حسابބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު حسابބައްލަވާނެތެވެ.
وَيَنقَلِبُ إِلَىٰٓ أَهۡلِهِۦ مَسۡرُورً۬ا 9
އަދި އުފަލުންހުރެ، އޭނާގެ أهلވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ.
وَأَمَّا مَنۡ أُوتِىَ كِتَـٰبَهُ ۥ وَرَآءَ ظَهۡرِهِۦ 10
އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ.
فَسَوۡفَ يَدۡعُواْ ثُبُورً۬ا 11
ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!
وَيَصۡلَىٰ سَعِيرًا 12
އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ.
إِنَّهُ ۥ كَانَ فِىٓ أَهۡلِهِۦ مَسۡرُورًا 13
ހަމަކަށަވަރުން، އޭނާގެ أهلވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ.
إِنَّهُ ۥ ظَنَّ أَن لَّن يَحُورَ 14
ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ حضرةއަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ.
بَلَىٰٓ إِنَّ رَبَّهُ ۥ كَانَ بِهِۦ بَصِيرً۬ا 15
އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ.
فَلَآ أُقۡسِمُ بِٱلشَّفَقِ 16
ފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ.
وَٱلَّيۡلِ وَمَا وَسَقَ 17
އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ.
وَٱلۡقَمَرِ إِذَا ٱتَّسَقَ 18
އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ.
لَتَرۡكَبُنَّ طَبَقًا عَن طَبَقٍ۬ 19
ހަމަކަށަވަރުން، ތިޔަބައިމީހުން އެއް حالةއަކަށްފަހު، އަނެއް حالةއަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ.
فَمَا لَهُمۡ لَا يُؤۡمِنُونَ 20
ފަހެ އެއުރެން إيمان ނުވުމަށް، އެއުރެންނަށް ބާރުއަޅަނީ ކޮންކަމަކަށްހެއްޔެވެ؟
وَإِذَا قُرِئَ عَلَيۡہِمُ ٱلۡقُرۡءَانُ لَا يَسۡجُدُونَ ۩ 21
އަދި އެއުރެންނަށް قرآنކިޔަވައިދެވޭހިނދު، އެއުރެން سجدةއެއް ނުކުރެތެވެ.
بَلِ ٱلَّذِينَ كَفَرُواْ يُكَذِّبُونَ 22
އަދި ކިއެއްތަ! كافرވި މީހުން (އެ قرآن) ދޮގުކުރޫއެވެ.
وَٱللَّهُ أَعۡلَمُ بِمَا يُوعُونَ 23
އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، اللَّه ދެނެވޮޑިގަތުން ބޮޑެވެ.
فَبَشِّرۡهُم بِعَذَابٍ أَلِيمٍ 24
ފަހެ، ވޭންދެނިވި عذاب ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް خبرދެއްވާށެވެ!
إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونِۭ 25
إيمانވެ صالح عملތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ.