بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
سَأَلَ سَآٮِٕلُۢ بِعَذَابٍ۬ وَاقِعٍ۬ 1
އެދޭމީހަކު (ފުރައްސާރައިގެގޮތުން) عذابއަކަށްއެދި ގޮވިއެވެ. (އެއީ) كافرންނަށް (އައިސް) ޖެހޭނޭ عذابއެކެވެ. އުޑުތަކުގެ ވެރި اللَّهގެ حضرةން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެއެވެ.
لِّلۡڪَـٰفِرِينَ لَيۡسَ لَهُ ۥ دَافِعٌ 2
އެދޭމީހަކު (ފުރައްސާރައިގެގޮތުން) عذابއަކަށްއެދި ގޮވިއެވެ. (އެއީ) كافرންނަށް (އައިސް) ޖެހޭނޭ عذابއެކެވެ. އުޑުތަކުގެ ވެރި اللَّهގެ حضرةން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެއެވެ.
مِّنَ ٱللَّهِ ذِى ٱلۡمَعَارِجِ 3
އެދޭމީހަކު (ފުރައްސާރައިގެގޮތުން) عذابއަކަށްއެދި ގޮވިއެވެ. (އެއީ) كافرންނަށް (އައިސް) ޖެހޭނޭ عذابއެކެވެ. އުޑުތަކުގެ ވެރި اللَّهގެ حضرةން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެއެވެ.
تَعۡرُجُ ٱلۡمَلَـٰٓٮِٕڪَةُ وَٱلرُّوحُ إِلَيۡهِ فِى يَوۡمٍ۬ كَانَ مِقۡدَارُهُ ۥ خَمۡسِينَ أَلۡفَ سَنَةٍ۬ 4
ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، ملائكةންނާއި، جبريلގެފާނު، އެކަލާނގެ حضرةއަށް އަރާވަޑައިގަންނަވާނެތެވެ.
فَٱصۡبِرۡ صَبۡرً۬ا جَمِيلاً 5
ފަހެ، ކަލޭގެފާނު ރިވެތިވެގެންވާ ކެތްކުރެއްވުމަކުން ކެތްކުރައްވާށެވެ!
إِنَّہُمۡ يَرَوۡنَهُ ۥ بَعِيدً۬ا 6
ހަމަކަށަވަރުން، އެއުރެން އެދުވަސް ދެކެނީ، ދުރުވެގެންވާ ކަމަށެވެ.
وَنَرَٮٰهُ قَرِيبً۬ا 7
އަދި ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ، އެދުވަސް ގާތްކަމުގައެވެ.
يَوۡمَ تَكُونُ ٱلسَّمَآءُ كَٱلۡمُهۡلِ 8
ތެޔޮކުނޑިތަކެއް ފަދައިން އުޑު، ވާނޭދުވަހުއެވެ.
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ 9
އަދި، ފިނދިފައިވާ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހުއެވެ.
وَلَا يَسۡـَٔلُ حَمِيمٌ حَمِيمً۬ا 10
އަދި، އެދުވަހުން ގާތް رحمةތެރިޔަކު، رحمةތެރިޔަކާމެދު سؤالއެއް ނުކުރާނެތެވެ.
يُبَصَّرُونَہُمۡۚ يَوَدُّ ٱلۡمُجۡرِمُ لَوۡ يَفۡتَدِى مِنۡ عَذَابِ يَوۡمِٮِٕذِۭ بِبَنِيهِ 11
އެއުރެން އެކަކު އަނެކަކަށް ފެންނާނެގޮތް މެދުވެރިކުރައްވާނެތެވެ. އެދުވަހުގެ عذابން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރިން، فديةއެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެކަމަށް އެދޭނެތެވެ.
وَصَـٰحِبَتِهِۦ وَأَخِيهِ 12
އަދި، އޭނާގެ އަނބިމީހާއާއި، އޭނާގެ أخވެސްމެއެވެ.
وَفَصِيلَتِهِ ٱلَّتِى تُـٔۡوِيهِ 13
އަދި، އޭނާޔަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުންވެސްމެއެވެ.
وَمَن فِى ٱلۡأَرۡضِ جَمِيعً۬ا ثُمَّ يُنجِيهِ 14
އަދި، ބިމުގައިވާހާ އެންމެންވެސްމެއެވެ. ދެން، އެ فدية އޭނާ ސަލާމަތް ކުރޭތޯއެވެ.
كَلَّآۖ إِنَّہَا لَظَىٰ 15
ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ ނަރަކައީ އަނދައަނދާހުރި އަލިފާނެވެ.
نَزَّاعَةً۬ لِّلشَّوَىٰ 16
(އޭގެ ހޫނުން) ބޮލުގެ ހަން ނޮޅާ حالގައެވެ.
تَدۡعُواْ مَنۡ أَدۡبَرَ وَتَوَلَّىٰ 17
ފުރަގަސްދީ އެނބުރިދާ މީހާޔަށް އެ ނަރަކަ ގޮވާނެތެވެ.
وَجَمَعَ فَأَوۡعَىٰٓ 18
އަދި މުދާ އެއްކޮށް، خزانةކުރާ މީހާޔަށްވެސްމެއެވެ.
۞ إِنَّ ٱلۡإِنسَـٰنَ خُلِقَ هَلُوعًا 19
ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.
إِذَا مَسَّهُ ٱلشَّرُّ جَزُوعً۬ا 20
އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.
وَإِذَا مَسَّهُ ٱلۡخَيۡرُ مَنُوعًا 21
އަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ.
إِلَّا ٱلۡمُصَلِّينَ 22
ނަމާދުކުރާ މީހުން މެނުވީއެވެ.
ٱلَّذِينَ هُمۡ عَلَىٰ صَلَاتِہِمۡ دَآٮِٕمُونَ 23
އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ.
وَٱلَّذِينَ فِىٓ أَمۡوَٲلِهِمۡ حَقٌّ۬ مَّعۡلُومٌ۬ 24
އަދި، އެއުރެންނީ، سؤالކޮށް، އެދޭމީހުންނަށާއި، ނިކަމެތި محرومންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حقއެއްވާ މީހުންނެވެ.
لِّلسَّآٮِٕلِ وَٱلۡمَحۡرُومِ 25
އަދި، އެއުރެންނީ، سؤالކޮށް، އެދޭމީހުންނަށާއި، ނިކަމެތި محرومންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حقއެއްވާ މީހުންނެވެ.
وَٱلَّذِينَ يُصَدِّقُونَ بِيَوۡمِ ٱلدِّينِ 26
އަދި، އެއުރެންނީ، قيامةދުވަހަށް إيمانވެ، ތެދުކުރާ މީހުންނެވެ.
وَٱلَّذِينَ هُم مِّنۡ عَذَابِ رَبِّہِم مُّشۡفِقُونَ 27
އަދި، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ عذابއަށް ބިރުވެތިވާ މީހުންނެވެ.
إِنَّ عَذَابَ رَبِّہِمۡ غَيۡرُ مَأۡمُونٍ۬ 28
ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ عذابއަކީ (އެކަލާނގެ أمانކަންދެއްވިއްޔާމެނުވީ އެއިން) أمانކަން ލިބިގެންނުވާ عذابއެކެވެ.
وَٱلَّذِينَ هُمۡ لِفُرُوجِهِمۡ حَـٰفِظُونَ 29
އަދި، އެއުރެންނީ، އެއުރެންގެ فرجތަކަށް (އެބަހީ: ޖިންސީގުނަންތަކަށް) ރައްކާތެރިވާ މީހުންނެވެ.
إِلَّا عَلَىٰٓ أَزۡوَٲجِهِمۡ أَوۡ مَا مَلَكَتۡ أَيۡمَـٰنُہُمۡ فَإِنَّہُمۡ غَيۡرُ مَلُومِينَ 30
އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ.
فَمَنِ ٱبۡتَغَىٰ وَرَآءَ ذَٲلِكَ فَأُوْلَـٰٓٮِٕكَ هُمُ ٱلۡعَادُونَ 31
ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سرحد) ފަހަނަޅައިދާ މީހުންނެވެ.
وَٱلَّذِينَ هُمۡ لِأَمَـٰنَـٰتِہِمۡ وَعَهۡدِهِمۡ رَٲعُونَ 32
އަދި، އެއުރެންނީ، އެއުރެންގެ أمانةތަކަށާއި، އެއުރެންގެ عهدތަކަށް ރައްކާތެރިވާ މީހުންނެވެ.
وَٱلَّذِينَ هُم بِشَہَـٰدَٲتِہِمۡ قَآٮِٕمُونَ 33
އެއުރެންނީ، އެއުރެންގެ ހެކިބަސް ފުރިހަމަޔަށް އަދާކުރާ މީހުންނެވެ.
وَٱلَّذِينَ هُمۡ عَلَىٰ صَلَاتِہِمۡ يُحَافِظُونَ 34
އަދި، އެއުރެންނީ، އެއުރެންގެ ނަމާދުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ.
أُوْلَـٰٓٮِٕكَ فِى جَنَّـٰتٍ۬ مُّكۡرَمُونَ 35
އެއުރެންވަނީ، ސުވަރުގެތަކެއްގައި މާތްކުރައްވާފައެވެ.
فَمَالِ ٱلَّذِينَ كَفَرُواْ قِبَلَكَ مُهۡطِعِينَ 36
ފަހެ، كافرވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟
عَنِ ٱلۡيَمِينِ وَعَنِ ٱلشِّمَالِ عِزِينَ 37
ފަހެ، كافرވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟
أَيَطۡمَعُ ڪُلُّ ٱمۡرِىٍٕ۬ مِّنۡہُمۡ أَن يُدۡخَلَ جَنَّةَ نَعِيمٍ۬ 38
نعمةގެ ސުވަރުގެޔަށް ވެއްދެވުމަށް އެއިންކޮންމެ މީހަކު ދަހިވެތިވަނީ ހެއްޔެވެ؟
كَلَّآۖ إِنَّا خَلَقۡنَـٰهُم مِّمَّا يَعۡلَمُونَ 39
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީ، އެއުރެން ދަންނަ އެއްޗަކުންނެވެ.
فَلَآ أُقۡسِمُ بِرَبِّ ٱلۡمَشَـٰرِقِ وَٱلۡمَغَـٰرِبِ إِنَّا لَقَـٰدِرُونَ 40
ފަހެ، مشرقތަކާއި، مغربތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحىކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.
عَلَىٰٓ أَن نُّبَدِّلَ خَيۡرً۬ا مِّنۡهُمۡ وَمَا نَحۡنُ بِمَسۡبُوقِينَ 41
ފަހެ، مشرقތަކާއި، مغربތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحىކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.
فَذَرۡهُمۡ يَخُوضُواْ وَيَلۡعَبُواْ حَتَّىٰ يُلَـٰقُواْ يَوۡمَهُمُ ٱلَّذِى يُوعَدُونَ 42
ފަހެ، އެއުރެންނަށް وعدކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، باطلވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!
يَوۡمَ يَخۡرُجُونَ مِنَ ٱلۡأَجۡدَاثِ سِرَاعً۬ا كَأَنَّہُمۡ إِلَىٰ نُصُبٍ۬ يُوفِضُونَ 43
(އެއީ) ކަށްވަޅުތަކުން ނުކުމެގެން އެއުރެން އަވަސްއަވަހަށް ހިނގައިދާދުވަހެވެ. އެއުރެން އަޅުކަންކުރާ ބުދުތަކުގެ ކައިރިޔަށް އަވަސްއަވަހަށްދާ ފަދައިންނެވެ.
خَـٰشِعَةً أَبۡصَـٰرُهُمۡ تَرۡهَقُهُمۡ ذِلَّةٌ۬ۚ ذَٲلِكَ ٱلۡيَوۡمُ ٱلَّذِى كَانُواْ يُوعَدُونَ 44
(އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެގެންވާ حال، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. އެއީ، އެއުރެންނަށް وعدކުރައްވާކަމުގައިވީ ދުވަހެވެ.