بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
لَآ أُقۡسِمُ بِہَـٰذَا ٱلۡبَلَدِ 1
ކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް (އެބަހީ: مكة) ގަންދެއްވައި ހުވާ وحىކުރައްވަމެވެ.
وَأَنتَ حِلُّۢ بِہَـٰذَا ٱلۡبَلَدِ 2
ކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް (އެބަހީ: مكة) ގަންދެއްވައި ހުވާ وحىކުރައްވަމެވެ.
وَوَالِدٍ۬ وَمَا وَلَدَ 3
އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: آدمގެފާނާއި آدمގެ ދަރިންނެވެ.)
لَقَدۡ خَلَقۡنَا ٱلۡإِنسَـٰنَ فِى كَبَدٍ 4
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ.
أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٌ۬ 5
އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟
يَقُولُ أَهۡلَكۡتُ مَالاً۬ لُّبَدًا 6
އޭނާ ބުނެތެވެ. ގިނަވެގެންވާ މުދާ ތިމަން خردކޮށް ނެތިކޮށްފީމެވެ.
أَيَحۡسَبُ أَن لَّمۡ يَرَهُ ۥۤ أَحَدٌ 7
އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެެވެ؟
أَلَمۡ نَجۡعَل لَّهُ ۥ عَيۡنَيۡنِ 8
ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟
وَلِسَانً۬ا وَشَفَتَيۡنِ 9
ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟
وَهَدَيۡنَـٰهُ ٱلنَّجۡدَيۡنِ 10
އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ.
فَلَا ٱقۡتَحَمَ ٱلۡعَقَبَةَ 11
ފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟
وَمَآ أَدۡرَٮٰكَ مَا ٱلۡعَقَبَةُ 12
ދަތިކަންހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
فَكُّ رَقَبَةٍ 13
(އެއީ) އަޅަކު މިނިވަންކުރުމެވެ.
أَوۡ إِطۡعَـٰمٌ۬ فِى يَوۡمٍ۬ ذِى مَسۡغَبَةٍ۬ 14
ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ.
يَتِيمً۬ا ذَا مَقۡرَبَةٍ 15
ގާތްތިމާގެ ޔަތީމަކަށެވެ.
أَوۡ مِسۡكِينً۬ا ذَا مَتۡرَبَةٍ۬ 16
ނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ.
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ 17
ދެން إيمانވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް وصيةކޮށް، އަދި މީސްތަކުންނަށް رحمބެހެއްޓުމަށް އެކަކު އަނެކަކަށް وصيةކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ.
أُوْلَـٰٓٮِٕكَ أَصۡحَـٰبُ ٱلۡمَيۡمَنَةِ 18
ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ.
وَٱلَّذِينَ كَفَرُواْ بِـَٔايَـٰتِنَا هُمۡ أَصۡحَـٰبُ ٱلۡمَشۡـَٔمَةِ 19
އަދި ތިމަންރަސްކަލާނގެ آيةތަކަށް كافرވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ.
عَلَيۡہِمۡ نَارٌ۬ مُّؤۡصَدَةُۢ 20
އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ.