بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
وَٱلۡمُرۡسَلَـٰتِ عُرۡفً۬ا 1
ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި،
فَٱلۡعَـٰصِفَـٰتِ عَصۡفً۬ا 2
އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި،
وَٱلنَّـٰشِرَٲتِ نَشۡرً۬ا 3
އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި،
فَٱلۡفَـٰرِقَـٰتِ فَرۡقً۬ا 4
حقއާއި باطل ވަކިކުރާ (قرآنގެ) آيةތަކާއި،
فَٱلۡمُلۡقِيَـٰتِ ذِكۡرًا 5
އަދި ހަނދުމަކޮށްދޭ آيةތައް (رسولންނަށް) ގެނެސްދެއްވާ ملائكةން ގަންދެއްވަމެވެ.
عُذۡرًا أَوۡ نُذۡرًا 6
عذر ނެތިކުރެއްވުމަށާއި، إنذارކުރެއްވުމަށެވެ.
إِنَّمَا تُوعَدُونَ لَوَٲقِعٌ۬ 7
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعدކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ.
فَإِذَا ٱلنُّجُومُ طُمِسَتۡ 8
ފަހެ، ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ.
وَإِذَا ٱلسَّمَآءُ فُرِجَتۡ 9
އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ.
وَإِذَا ٱلۡجِبَالُ نُسِفَتۡ 10
އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ.
وَإِذَا ٱلرُّسُلُ أُقِّتَتۡ 11
އަދި رسولން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ.
لِأَىِّ يَوۡمٍ أُجِّلَتۡ 12
އެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟
لِيَوۡمِ ٱلۡفَصۡلِ 13
ނިޔާކުރައްވާ ދުވަހަށެވެ.
وَمَآ أَدۡرَٮٰكَ مَا يَوۡمُ ٱلۡفَصۡلِ 14
އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
وَيۡلٌ۬ يَوۡمَٮِٕذٍ۬ لِّلۡمُكَذِّبِينَ 15
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
أَلَمۡ نُہۡلِكِ ٱلۡأَوَّلِينَ 16
ތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟
ثُمَّ نُتۡبِعُهُمُ ٱلۡأَخِرِينَ 17
ދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ.
كَذَٲلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ 18
ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ.
وَيۡلٌ۬ يَوۡمَٮِٕذٍ۬ لِّلۡمُكَذِّبِينَ 19
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
أَلَمۡ نَخۡلُقكُّم مِّن مَّآءٍ۬ مَّهِينٍ۬ 20
ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟
فَجَعَلۡنَـٰهُ فِى قَرَارٍ۬ مَّكِينٍ 21
ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: رحمގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ.
إِلَىٰ قَدَرٍ۬ مَّعۡلُومٍ۬ 22
އެނގިގެންވާ މުއްދަތަކަށެވެ.
فَقَدَرۡنَا فَنِعۡمَ ٱلۡقَـٰدِرُونَ 23
ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ!
وَيۡلٌ۬ يَوۡمَٮِٕذٍ۬ لِّلۡمُكَذِّبِينَ 24
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.
أَلَمۡ نَجۡعَلِ ٱلۡأَرۡضَ كِفَاتًا 25
ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟
أَحۡيَآءً۬ وَأَمۡوَٲتً۬ا 26
ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟
وَجَعَلۡنَا فِيہَا رَوَٲسِىَ شَـٰمِخَـٰتٍ۬ وَأَسۡقَيۡنَـٰكُم مَّآءً۬ فُرَاتً۬ا 27
އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ.
وَيۡلٌ۬ يَوۡمَٮِٕذٍ۬ لِّلۡمُكَذِّبِينَ 28
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
ٱنطَلِقُوٓاْ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ 29
(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ!
ٱنطَلِقُوٓاْ إِلَىٰ ظِلٍّ۬ ذِى ثَلَـٰثِ شُعَبٍ۬ 30
ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ!
لَّا ظَلِيلٍ۬ وَلَا يُغۡنِى مِنَ ٱللَّهَبِ 31
(އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ.
إِنَّہَا تَرۡمِى بِشَرَرٍ۬ كَٱلۡقَصۡرِ 32
ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ.
كَأَنَّهُ ۥ جِمَـٰلَتٌ۬ صُفۡرٌ۬ 33
އެ ކަނިތައް، ރީނދޫކުލައިގެ جملތަކެއް ފަދައެވެ.
وَيۡلٌ۬ يَوۡمَٮِٕذٍ۬ لِّلۡمُكَذِّبِينَ 34
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
هَـٰذَا يَوۡمُ لَا يَنطِقُونَ 35
މިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ.
وَلَا يُؤۡذَنُ لَهُمۡ فَيَعۡتَذِرُونَ 36
އަދި އެއުރެން عذرދެއްކުމަކަށް، އެއުރެންނަކަށް إذنއެއް ނުމެދެއްވާނޭމެއެވެ.
وَيۡلٌ۬ يَوۡمَٮِٕذٍ۬ لِّلۡمُكَذِّبِينَ 37
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
هَـٰذَا يَوۡمُ ٱلۡفَصۡلِۖ جَمَعۡنَـٰكُمۡ وَٱلۡأَوَّلِينَ 38
(وحىކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ.
فَإِن كَانَ لَكُمۡ كَيۡدٌ۬ فَكِيدُونِ 39
ފަހެ، ތިޔަބައިމީހުންނަށް ހަދާނޭ حيلةއެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްލާނގެއާމެދު ތިޔަބައިމީހުން حيلة ހަދައިބަލާށެވެ!
وَيۡلٌ۬ يَوۡمَٮِٕذٍ۬ لِّلۡمُكَذِّبِينَ 40
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
إِنَّ ٱلۡمُتَّقِينَ فِى ظِلَـٰلٍ۬ وَعُيُونٍ 41
ހަމަކަށަވަރުން، تقوىވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ نعمةގައެވެ.
وَفَوَٲكِهَ مِمَّا يَشۡتَہُونَ 42
އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ.
كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَا كُنتُمۡ تَعۡمَلُونَ 43
(އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު عملތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!
إِنَّا كَذَٲلِكَ نَجۡزِى ٱلۡمُحۡسِنِينَ 44
إحسانތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
وَيۡلٌ۬ يَوۡمَٮِٕذٍ۬ لِّلۡمُكَذِّبِينَ 45
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
كُلُواْ وَتَمَتَّعُواْ قَلِيلاً إِنَّكُم مُّجۡرِمُونَ 46
(ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ.
وَيۡلٌ۬ يَوۡمَٮِٕذٍ۬ لِّلۡمُكَذِّبِينَ 47
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
وَإِذَا قِيلَ لَهُمُ ٱرۡكَعُواْ لَا يَرۡكَعُونَ 48
ތިޔަބައިމީހުން (ނަމާދުކޮށް) ركوعކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ركوعކޮށެއް ނޫޅެތެވެ.
وَيۡلٌ۬ يَوۡمَٮِٕذٍ۬ لِّلۡمُكَذِّبِينَ 49
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ.
فَبِأَىِّ حَدِيثِۭ بَعۡدَهُ ۥ يُؤۡمِنُونَ 50
ފަހެ، އެ قرآنއަށްފަހު، އެއުރެން إيمانވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟