ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ

ސޫރަތްތައް

ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ
1 سورة الفَاتِحَة مكّى - 7 އާޔަތް 2 سورة البَقَرَة مدنى - 286 އާޔަތް 3 سورة آل عِمرَان مدنى - 200 އާޔަތް 4 سورة النِّسَاء مدنى - 176 އާޔަތް 5 سورة المَائدة مدنى - 120 އާޔަތް 6 سورة الاٴنعَام مكّى - 165 އާޔަތް 7 سورة الاٴعرَاف مكّى - 206 އާޔަތް 8 سورة الاٴنفَال مدنى - 75 އާޔަތް 9 سورة التّوبَة مدنى - 129 އާޔަތް 10 سورة یُونس مكّى - 109 އާޔަތް 11 سورة هُود مكّى - 123 އާޔަތް 12 سورة یُوسُف مكّى - 111 އާޔަތް 13 سورة الرّعد مدنى - 43 އާޔަތް 14 سورة إبراهیم مكّى - 52 އާޔަތް 15 سورة الحِجر مكّى - 99 އާޔަތް 16 سورة النّحل مكّى - 128 އާޔަތް 17 سورة الإسرَاء مكّى - 111 އާޔަތް 18 سورة الکهف مكّى - 110 އާޔަތް 19 سورة مَریَم مكّى - 98 އާޔަތް 20 سورة طٰه مكّى - 135 އާޔަތް 21 سورة الاٴنبیَاء مكّى - 112 އާޔަތް 22 سورة الحَجّ مدنى - 78 އާޔަތް 23 سورة المؤمنون مكّى - 118 އާޔަތް 24 سورة النُّور مدنى - 64 އާޔަތް 25 سورة الفُرقان مكّى - 77 އާޔަތް 26 سورة الشُّعَرَاء مكّى - 227 އާޔަތް 27 سورة النَّمل مكّى - 93 އާޔަތް 28 سورة القَصَص مكّى - 88 އާޔަތް 29 سورة العَنکبوت مكّى - 69 އާޔަތް 30 سورة الرُّوم مكّى - 60 އާޔަތް 31 سورة لقمَان مكّى - 34 އާޔަތް 32 سورة السَّجدَة مكّى - 30 އާޔަތް 33 سورة الاٴحزَاب مدنى - 73 އާޔަތް 34 سورة سَبَإ مكّى - 54 އާޔަތް 35 سورة فَاطِر مكّى - 45 އާޔަތް 36 سورة یسٓ مكّى - 83 އާޔަތް 37 سورة الصَّافات مكّى - 182 އާޔަތް 38 سورة صٓ مكّى - 88 އާޔަތް 39 سورة الزُّمَر مكّى - 75 އާޔަތް 40 سورة غَافر مكّى - 85 އާޔަތް 41 سورة فُصّلَت مكّى - 54 އާޔަތް 42 سورة الشّوریٰ مكّى - 53 އާޔަތް 43 سورة الزّخرُف مكّى - 89 އާޔަތް 44 سورة الدّخان مكّى - 59 އާޔަތް 45 سورة الجَاثیَة مكّى - 37 އާޔަތް 46 سورة الاٴحقاف مكّى - 35 އާޔަތް 47 سورة محَمَّد مدنى - 38 އާޔަތް 48 سورة الفَتْح مدنى - 29 އާޔަތް 49 سورة الحُجرَات مدنى - 18 އާޔަތް 50 سورة قٓ مكّى - 45 އާޔަތް 51 سورة الذّاریَات مكّى - 60 އާޔަތް 52 سورة الطُّور مكّى - 49 އާޔަތް 53 سورة النّجْم مكّى - 62 އާޔަތް 54 سورة القَمَر مكّى - 55 އާޔަތް 55 سورة الرَّحمٰن مدنى - 78 އާޔަތް 56 سورة الواقِعَة مكّى - 96 އާޔަތް 57 سورة الحَدید مدنى - 96 އާޔަތް 58 سورة المجَادلة مدنى - 22 އާޔަތް 59 سورة الحَشر مدنى - 24 އާޔަތް 60 سورة المُمتَحنَة مدنى - 13 އާޔަތް 61 سورة الصَّف مدنى - 14 އާޔަތް 62 سورة الجُمُعَة مدنى - 11 އާޔަތް 63 سورة المنَافِقون مدنى - 11 އާޔަތް 64 سورة التّغَابُن مدنى - 18 އާޔަތް 65 سورة الطّلاَق مدنى - 12 އާޔަތް 66 سورة التّحْریم مدنى - 12 އާޔަތް 67 سورة المُلک مكّى - 30 އާޔަތް 68 سورة القَلَم مكّى - 52 އާޔަތް 69 سورة الحَاقَّة مكّى - 52 އާޔަތް 70 سورة المعَارج مكّى - 44 އާޔަތް 71 سورة نُوح مكّى - 28 އާޔަތް 72 سورة الجنّ مكّى - 28 އާޔަތް 73 سورة المُزمّل مكّى - 20 އާޔަތް 74 سورة المدَّثِّر مكّى - 56 އާޔަތް 75 سورة القِیَامَة مكّى - 40 އާޔަތް 76 سورة الإنسَان مدنى - 31 އާޔަތް 77 سورة المُرسَلات مكّى - 50 އާޔަތް 78 سورة النّبَإِ مكّى - 40 އާޔަތް 79 سورة النَّازعَات مكّى - 46 އާޔަތް 80 سورة عَبَسَ مكّى - 42 އާޔަތް 81 سورة التّکویر مكّى - 29 އާޔަތް 82 سورة الانفِطار مكّى - 19 އާޔަތް 83 سورة المطفّفِین مكّى - 36 އާޔަތް 84 سورة الانشقاق مكّى - 25 އާޔަތް 85 سورة البُرُوج مكّى - 22 އާޔަތް 86 سورة الطّارق مكّى - 17 އާޔަތް 87 سورة الاٴعلی مكّى - 19 އާޔަތް 88 سورة الغَاشِیَة مكّى - 26 އާޔަތް 89 سورة الفَجر مكّى - 30 އާޔަތް 90 سورة البَلَد مكّى - 20 އާޔަތް 91 سورة الشّمس مكّى - 15 އާޔަތް 92 سورة اللیْل مكّى - 21 އާޔަތް 93 سورة الضّحیٰ مكّى - 11 އާޔަތް 94 سورة الشَّرح مكّى - 8 އާޔަތް 95 سورة التِّین مكّى - 8 އާޔަތް 96 سورة العَلق مكّى - 19 އާޔަތް 97 سورة القَدر مكّى - 5 އާޔަތް 98 سورة البَیّنَة مدنى - 8 އާޔަތް 99 سورة الزّلزَلة مدنى - 8 އާޔަތް 100 سورة العَادیَات مكّى - 11 އާޔަތް 101 سورة القَارعَة مكّى - 11 އާޔަތް 102 سورة التّکاثُر مكّى - 8 އާޔަތް 103 سورة العَصر مكّى - 3 އާޔަތް 104 سورة الهُمَزة مكّى - 9 އާޔަތް 105 سورة الفِیل مكّى - 5 އާޔަތް 106 سورة القُرَیش مكّى - 4 އާޔަތް 107 سورة المَاعون مكّى - 7 އާޔަތް 108 سورة الکَوثَر مكّى - 3 އާޔަތް 109 سورة الکافِرون مكّى - 6 އާޔަތް 110 سورة النّصر مدنى - 3 އާޔަތް 111 سورة المَسَد مكّى - 5 އާޔަތް 112 سورة الإخلاص مكّى - 4 އާޔަތް 113 سورة الفَلَق مكّى - 5 އާޔަތް 114 سورة النَّاس مكّى - 6 އާޔަތް

سورة غَافر

مكّى 85 އާޔަތް
40 ސޫރަތް
2
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
އެއް ނުވަތަ ގިނަ ތަރުޖަމާކުރާ ފަރާތް ހޮވާ.

އާޔަތްތައް

24 ވަނަ ފޮތް
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
24 ވަނަ ފޮތް
حم 1
ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)
24 ވަނަ ފޮތް
تَنزِيلُ ٱلۡكِتَـٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡعَلِيمِ 2
މިއީ عزيزވަންތަ، މޮޅަށް ދެނެވޮޑިގެންވާ اللَّهގެ حضرةން ބާވައިލެއްވި ފޮތެވެ.
24 ވަނަ ފޮތް
غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوۡبِ شَدِيدِ ٱلۡعِقَابِ ذِى ٱلطَّوۡلِۖ لَآ إِلَـٰهَ إِلَّا هُوَۖ إِلَيۡهِ ٱلۡمَصِيرُ 3
(އެކަލާނގެއީ) ފާފަފުއްސަވާ، توبة قبولކުރައްވާ، عقوباتގަދަފަދަ، نعمةތަކުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إلهއަކު ނުވެއެވެ. (އެންމެހާ ތަކެތި) رجوعވުންވަނީ އެކަލާނގެ حضرةއަށެވެ.
24 ވަނަ ފޮތް
مَا يُجَـٰدِلُ فِىٓ ءَايَـٰتِ ٱللَّهِ إِلَّا ٱلَّذِينَ كَفَرُواْ فَلَا يَغۡرُرۡكَ تَقَلُّبُہُمۡ فِى ٱلۡبِلَـٰدِ 4
كافرވިމީހުން މެނުވީ، اللَّه ގެ آيةތަކާމެދު ޖަދަލުކޮށެއް ނަހަދަތެވެ. ފަހެ، އެއުރެން ރަށްތަކުގައި އެގޮތްމިގޮތަށް އުޅުން (އެބަހީ: އެއުރެން ހިތުހުރިގޮތަކަށް އުފަލާއި އަރާމުގައި އުޅުން) ކަލޭގެފާނު ހެއްލުންތެރިކުރުވިޔަ ނުދޭހުށިކަމެވެ.
24 ވަނަ ފޮތް
ڪَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٍ۬ وَٱلۡأَحۡزَابُ مِنۢ بَعۡدِهِمۡۖ وَهَمَّتۡ ڪُلُّ أُمَّةِۭ بِرَسُولِهِمۡ لِيَأۡخُذُوهُۖ وَجَـٰدَلُواْ بِٱلۡبَـٰطِلِ لِيُدۡحِضُواْ بِهِ ٱلۡحَقَّ فَأَخَذۡتُہُمۡۖ فَكَيۡفَ كَانَ عِقَابِ 5
އެއުރެންގެ ކުރިން نوحގެފާނުގެ قومގެމީހުންނާއި، އޭގެފަހުންވެސް ގުޅިގެން އުޅުނު جماعة ތަކުގެ މީހުން (رسولން) ދޮގުކުޅައޫއެވެ. އަދި ކޮންމެ أمّةއެއްގެ ބަޔަކު، އެބަޔެއްގެ رسولއަކު (ނެތިކޮށްލުމަށްޓަކައި) އަތުލައިގަތުމަށް އުޅުނޫއެވެ. އަދި އެބައިމީހުން باطلގޮތުގައި (رسولންނާ) ޖަދަލުކުރޫއެވެ. (އެއީ) އެ باطلގޮތް މެދުވެރިކޮށް حقގޮތް ނައްތައިލުމަށެވެ. ދެން ތިމަންރަސްކަލާނގެ عقوباتދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ، ކޮންފަދައަކުން ހެއްޔެވެ؟
24 ވަނަ ފޮތް
وَكَذَٲلِكَ حَقَّتۡ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ كَفَرُوٓاْ أَنَّہُمۡ أَصۡحَـٰبُ ٱلنَّارِ 6
كافرވިމީހުންގެ މައްޗަށް، ހަމަކަށަވަރުން، އެއުރެންނަކީ، ނަރަކައިގެ أهلވެރިންކަމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمةފުޅު حقވެގެންވަނީ އެފަދައިންނެވެ.
24 ވަނަ ފޮތް
ٱلَّذِينَ يَحۡمِلُونَ ٱلۡعَرۡشَ وَمَنۡ حَوۡلَهُ ۥ يُسَبِّحُونَ بِحَمۡدِ رَبِّہِمۡ وَيُؤۡمِنُونَ بِهِۦ وَيَسۡتَغۡفِرُونَ لِلَّذِينَ ءَامَنُواْ رَبَّنَا وَسِعۡتَ ڪُلَّ شَىۡءٍ۬ رَّحۡمَةً۬ وَعِلۡمً۬ا فَٱغۡفِرۡ لِلَّذِينَ تَابُواْ وَٱتَّبَعُواْ سَبِيلَكَ وَقِهِمۡ عَذَابَ ٱلۡجَحِيمِ 7
عرشއުފުއްލަވާ ملائكةންނާއި، އޭގެވަށައިގެންވާ ملائكةން އެއުރެންގެ ވެރިރަސްކަލާނގެއަށް حمدއާއެކު تسبحދަންނަވަތެވެ. އަދި އެކަލާނގެއަށް إيمانވެއެވެ. އަދި إيمانވިމީހުންނަށް ފާފަފުއްސެވުމަށް دعاءކުރައްވަތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رحمةއާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ، توبةވެ، އިބަރަސްކަލާނގެ މަގަށް تبعވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ عذابން އެއުރެން މުއްތިކުރައްވާނދޭވެ!
24 ވަނަ ފޮތް
رَبَّنَا وَأَدۡخِلۡهُمۡ جَنَّـٰتِ عَدۡنٍ ٱلَّتِى وَعَدتَّهُمۡ وَمَن صَلَحَ مِنۡ ءَابَآٮِٕهِمۡ وَأَزۡوَٲجِهِمۡ وَذُرِّيَّـٰتِهِمۡۚ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ 8
އަޅަމެންގެ ވެރިރަސްކަލާކޮ! އެއުރެންނަށް އިބަރަސްކަލާނގެ وعدކުރައްވާފައިވާ عَدْنއެވެ ކިޔުނު ސުވަރުގެތަކަށް އެއުރެން ވައްދަވާނދޭވެ! އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބީންނާއި، އެއުރެންގެ ދަރިންކުރެ صالحވި މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيزވަންތަ، حكيمވަންތަ ރަސްކަލާނގެއެވެ.
24 ވަނަ ފޮތް
وَقِهِمُ ٱلسَّيِّـَٔاتِۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوۡمَٮِٕذٍ۬ فَقَدۡ رَحِمۡتَهُ ۥۚ وَذَٲلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ 9
އަދި ނުބައިކަންތަކުން އެއުރެން ސަލާމަތްކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ އެދުވަހުން، ނުބައިކަމުން ސަލާމަތްކުރައްވާ މީހަކީ، އިބަރަސްކަލާނގެ رحمةލެއްވި މީހެއްކަން ކަށަވަރެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ.
24 ވަނަ ފޮތް
إِنَّ ٱلَّذِينَ كَفَرُواْ يُنَادَوۡنَ لَمَقۡتُ ٱللَّهِ أَكۡبَرُ مِن مَّقۡتِكُمۡ أَنفُسَڪُمۡ إِذۡ تُدۡعَوۡنَ إِلَى ٱلۡإِيمَـٰنِ فَتَكۡفُرُونَ 10
ހަމަކަށަވަރުން، كافرވިމީހުންނަށް (އެދުވަހުން) ގޮވައިލައްވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް ތިޔަބައިމީހުން ނަފުރަތުވާ ވަރަށްވުރެ، اللَّهގެ ކޯފާވެވޮޑިގަތުން މާބޮޑެވެ. އެހެނީ ތިޔަބައިމީހުންނަށް إيمانވުމަށް ގޮވައިލައްވާހިނދު، ތިޔަބައިމީހުން كافرވަމުއެވެ.
24 ވަނަ ފޮތް
قَالُواْ رَبَّنَآ أَمَتَّنَا ٱثۡنَتَيۡنِ وَأَحۡيَيۡتَنَا ٱثۡنَتَيۡنِ فَٱعۡتَرَفۡنَا بِذُنُوبِنَا فَهَلۡ إِلَىٰ خُرُوجٍ۬ مِّن سَبِيلٍ۬ 11
އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އަޅަމެން ދެފަހަރަށް މަރުގަންނަވައި، ދެފަހަރަށް ދިރުއްވައިފީމުއެވެ. ފަހެ، އަޅަމެންގެ ފާފަތަކަށް، އަޅަމެން اعترافވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް (މި عذابން) ނުކުމެވޭނޭ އެއްވެސް މަގެއް ވޭތޯއެވެ؟ (އިތުރު ބަޔާން: ފުރަތަމަ ފަހަރުގެ މަރަކީ، ނެތުމުގެ ތެރޭގައި އެއުރެން ވީހިނދެވެ. ދެވަނަފަހަރުގެ މަރަކީ، އަޖަލު ހަމަވެގެން ދުނިޔޭގައިވީ މަރެވެ. ފުރަތަމަ ފަހަރުގެ ދިރުއްވުމަކީ، ދުނިޔެއަށް ފޮނުއްވުމެވެ. ދެވަނަފަހަރުގެ ދިރުއްވުމަކީ، محشرއަށް ފޮނުއްވުމަށް ދިރުއްވުމެވެ.)
24 ވަނަ ފޮތް
ذَٲلِكُم بِأَنَّهُ ۥۤ إِذَا دُعِىَ ٱللَّهُ وَحۡدَهُ ۥ ڪَفَرۡتُمۡۖ وَإِن يُشۡرَكۡ بِهِۦ تُؤۡمِنُواْۚ فَٱلۡحُكۡمُ لِلَّهِ ٱلۡعَلِىِّ ٱلۡكَبِيرِ 12
(ޖަވާބުގައި އަންގަވާނެތެވެ.) އެއީ ހަމައެކަނި اللَّهއަށް އަޅުކަން ކުރުމަށް ގޮވައިލެއްވިހިނދު، ތިޔަބައިމީހުން كافرވިކަމަށްޓަކައެވެ. އަދި އެކަލާނގެއަށް شريكކުރާހިނދު، ތިޔަބައިމީހުން (އެކަމަށް) إيمانވާކަމަށްޓަކައެވެ. ފަހެ، حكمކުރެއްވުންވަނީ، އެންމެމަތިވެރި، އެންމެ عظمةތެރި اللَّهއަށެވެ.
24 ވަނަ ފޮތް
هُوَ ٱلَّذِى يُرِيكُمۡ ءَايَـٰتِهِۦ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزۡقً۬اۚ وَمَا يَتَذَڪَّرُ إِلَّا مَن يُنِيبُ 13
އެކަލާނގެއީ، ތިޔަބައިމީހުންނަށް އެކަލާނގެ (ކުޅަދުންވަންތަކަމުގެ) ހެކިތައް ދައްކަވާ، އަދި އުޑުން ތިޔަބައިމީހުންނަށްޓަކައި رزق (އެބަހީ: އޭގެސަބަބު ކަމުގައިވާ ވާރޭ) ބާވައިލައްވާ ރަސްކަލާނގެއެވެ. އަދި توبةވެ، رجوعވާމީހަކު މެނުވީ (އެކަމުން) نصيحة ލިބިއެއް ނުގަނެތެވެ.
24 ވަނަ ފޮތް
فَٱدۡعُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ وَلَوۡ كَرِهَ ٱلۡكَـٰفِرُونَ 14
ފަހެ، ތިޔަބައިމީހުން اللَّهއަށް دعاءކޮށް، އަޅުކަން ކުރާށެވެ! އެކަލާނގެއަށް އަޅުކަން خالصކުރާ حالގައެވެ. كافرތަކުން ނުރުހުނު ކަމުގައިވިޔަސްމެއެވެ.
24 ވަނަ ފޮތް
رَفِيعُ ٱلدَّرَجَـٰتِ ذُو ٱلۡعَرۡشِ يُلۡقِى ٱلرُّوحَ مِنۡ أَمۡرِهِۦ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦ لِيُنذِرَ يَوۡمَ ٱلتَّلَاقِ 15
އެކަލާނގެއީ، ދަރަޖަތައް މަތިވެރިވެގެންވާ ރަސްކަލާނގެއެވެ. عرشގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ އަޅުންކުރެ، އެކަލާނގެ އިރާދަކުރައްވާ އަޅަކަށް، އެކަލާނގެ އަމުރުފުޅަށް وحىފޮނުއްވަތެވެ. އެއީ އެ އަޅަކު (އެބަހީ: އެ رسولއަކު) އެކަލާނގެއާ ބައްދަލުވާނޭ ދުވަހާމެދު (މީސްތަކުންނަށް) إنذار ކުރެއްވުމަށްޓަކައެވެ.
24 ވަނަ ފޮތް
يَوۡمَ هُم بَـٰرِزُونَۖ لَا يَخۡفَىٰ عَلَى ٱللَّهِ مِنۡہُمۡ شَىۡءٌ۬ۚ لِّمَنِ ٱلۡمُلۡكُ ٱلۡيَوۡمَۖ لِلَّهِ ٱلۡوَٲحِدِ ٱلۡقَهَّارِ 16
އެދުވަހުން އެއުރެން ފާޅުވެ ފެންނާނެތެވެ. އެއުރެންގެ އެއްވެސް ކަމެއް، اللَّهއަށް ވަންހަނާވެގެނެއް ނުވާނެތެވެ. (އެދުވަހުން، اللَّه وحىކުރައްވާނެތެވެ.) މިއަދު ވެރިކަންއޮތީ ކާކަށްހެއްޔެވެ؟ (خود އެކަލާނގެ ޖަވާބުދެއްވާނެތެވެ.) އެއްކައުވަންތަ، ބާރުވެރިވަންތަ اللَّهއަށެވެ.
24 ވަނަ ފޮތް
ٱلۡيَوۡمَ تُجۡزَىٰ كُلُّ نَفۡسِۭ بِمَا ڪَسَبَتۡۚ لَا ظُلۡمَ ٱلۡيَوۡمَۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ 17
މިއަދު (އެބަހީ: قيامةދުވަހު) ކޮންމެ نفسއަކަށްމެ، އެنفسއެއް ހޯދިކަމެއްގެ ޖަޒާދެއްވާނެތެވެ. މިއަދު އެއްވެސް ބޭއިންސާފެއް ނެތެވެ. ހަމަކަށަވަރުން اللَّهއީ حسابބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.
24 ވަނަ ފޮތް
وَأَنذِرۡهُمۡ يَوۡمَ ٱلۡأَزِفَةِ إِذِ ٱلۡقُلُوبُ لَدَى ٱلۡحَنَاجِرِ كَـٰظِمِينَۚ مَا لِلظَّـٰلِمِينَ مِنۡ حَمِيمٍ۬ وَلَا شَفِيعٍ۬ يُطَاعُ 18
ކައިރިވަމުންއަންނަ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް إنذارކުރައްވާށެވެ! މޮޅިޔާއި، ހިތާމައިން ފުރިގެންވާ حال، ހިތްތައް ކަރުތެރެޔަށް އަރައިގެން އަންނަހިނދެވެ. (އެދުވަހުން) އަނިޔާވެރިންނަކަށް رحمةތެރިޔަކު ނުވަތަ ކިޔަމަންގަނެވޭ شفاعةތެރިޔަކުވެސް ނުވެއެވެ.
24 ވަނަ ފޮތް
يَعۡلَمُ خَآٮِٕنَةَ ٱلۡأَعۡيُنِ وَمَا تُخۡفِى ٱلصُّدُورُ 19
ލޮލުގެ خيانةތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ.
24 ވަނަ ފޮތް
وَٱللَّهُ يَقۡضِى بِٱلۡحَقِّۖ وَٱلَّذِينَ يَدۡعُونَ مِن دُونِهِۦ لَا يَقۡضُونَ بِشَىۡءٍۗ إِنَّ ٱللَّهَ هُوَ ٱلسَّمِيعُ ٱلۡبَصِيرُ 20
اللَّه، حقއަށް ނިޔާކުރައްވަތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެން އަޅުކަންކޮށްއުޅޭ ތަކެއްޗަށް، އެއްވެސް ނިޔާއެއް ކަނޑައެއް ނޭޅޭނެތެވެ. ހަމަކަށަވަރުން، اللَّهއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
24 ވަނަ ފޮތް
أَوَلَمۡ يَسِيرُواْ فِى ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَـٰقِبَةُ ٱلَّذِينَ كَانُواْ مِن قَبۡلِهِمۡۚ كَانُواْ هُمۡ أَشَدَّ مِنۡہُمۡ قُوَّةً۬ وَءَاثَارً۬ا فِى ٱلۡأَرۡضِ فَأَخَذَهُمُ ٱللَّهُ بِذُنُوبِہِمۡ وَمَا كَانَ لَهُم مِّنَ ٱللَّهِ مِن وَاقٍ۬ 21
އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ، ކޮންފަދައަކުންކަން ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ ބާރުގަދަ، އަދި ބިމުގައި އެއުރެންގެ އަސަރުތައް ވަރުގަދަ ބަޔަކު ކަމުގައި އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވޫއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން، اللَّه، އެއުރެން ހަލާކުކުރެއްވިއެވެ. އަދި اللَّهގެ عذابން ރައްކާތެރިކޮށްދޭނޭ އެކަކުވެސް، އެއުރެންނަކަށް ނުވެއެވެ.
24 ވަނަ ފޮތް
ذَٲلِكَ بِأَنَّهُمۡ كَانَت تَّأۡتِيہِمۡ رُسُلُهُم بِٱلۡبَيِّنَـٰتِ فَكَفَرُواْ فَأَخَذَهُمُ ٱللَّهُۚ إِنَّهُ ۥ قَوِىٌّ۬ شَدِيدُ ٱلۡعِقَابِ 22
އެއީ އެއުރެންގެ ގާތަށް، އެއުރެންގެ رسولން ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގަތުމުން، އެއުރެން އެބޭކަލުންނަށް كافرވީތީއެވެ. ދެން اللَّه އެއުރެން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގަދަފަދަވަންތަ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
24 ވަނަ ފޮތް
وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَـٰتِنَا وَسُلۡطَـٰنٍ۬ مُّبِينٍ 23
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތަކާއި، ފާޅުވެގެންވާ ދަލީލަކާއިގެން ތިމަންރަސްކަލާނގެ، موسىގެފާނު ފޮނުއްވީމެވެ.
24 ވަނަ ފޮތް
إِلَىٰ فِرۡعَوۡنَ وَهَـٰمَـٰنَ وَقَـٰرُونَ فَقَالُواْ سَـٰحِرٌ۬ ڪَذَّابٌ۬ 24
فرعونއާއި، هامانއާއި، قارونގެ ގާތަށެވެ. ފަހެ، އެއުރެން ބުނޫއެވެ. (މިއީ) ބޮޑު ދޮގުވެރި ޖާދޫގަރެކެވެ.
24 ވަނަ ފޮތް
فَلَمَّا جَآءَهُم بِٱلۡحَقِّ مِنۡ عِندِنَا قَالُواْ ٱقۡتُلُوٓاْ أَبۡنَآءَ ٱلَّذِينَ ءَامَنُواْ مَعَهُ ۥ وَٱسۡتَحۡيُواْ نِسَآءَهُمۡۚ وَمَا ڪَيۡدُ ٱلۡكَـٰفِرِينَ إِلَّا فِى ضَلَـٰلٍ۬ 25
ފަހެ، ތިމަންރަސްކަލާނގެ حضرةން حقތެދުމަގާއިގެން އެއުރެންގެ ގާތަށް އެކަލޭގެފާނު ވަޑައިގަތްހިނދު، އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ އަރިހުގައި إيمانވެގެންތިބި މީހުންގެ ފިރިހެންދަރިން މަރާށެވެ! އަދި އެއުރެންގެ އަންހެނުން ނުމަރައި ބައިތިއްބާށެވެ! كافرންގެ މަކަރުވެރި ރޭވުންތައް، ފުރެދުމެއްގެ ތެރޭގައި މެނުވީ ނުވެއެވެ.
24 ވަނަ ފޮތް
وَقَالَ فِرۡعَوۡنُ ذَرُونِىٓ أَقۡتُلۡ مُوسَىٰ وَلۡيَدۡعُ رَبَّهُ ۥۤ‌ۖ إِنِّىٓ أَخَافُ أَن يُبَدِّلَ دِينَڪُمۡ أَوۡ أَن يُظۡهِرَ فِى ٱلۡأَرۡضِ ٱلۡفَسَادَ 26
فرعون ބުންޏެވެ. موسىގެފާނު އަވަހާރަކޮށްލުމަށް ތިޔަބައިމީހުން އަހުރެންނަށް ދޫކޮށްލާށެވެ! އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އެކަލޭގެފާނު دعاءކުރައްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނު ތިޔަބައިމީހުންގެ دين ބަދަލުކުރައްވައިފާނެކަމަށް ނުވަތަ ބިމުގައި ފަސާދަވެރިކަން ފަތުރުއްވައިފާނެކަމަށް ތިމަން ބިރުގަނެއެވެ.
24 ވަނަ ފޮތް
وَقَالَ مُوسَىٰٓ إِنِّى عُذۡتُ بِرَبِّى وَرَبِّڪُم مِّن كُلِّ مُتَكَبِّرٍ۬ لَّا يُؤۡمِنُ بِيَوۡمِ ٱلۡحِسَابِ 27
موسىގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، حسابބައްލަވާ ދުވަހަށް إيمان ނުވާ ކޮންމެ ކިބުރުވެރިޔެއްގެ ކިބައިން ސަލާމަތްކުރެއްވުންއެދި އަހުރެންގެ ވެރި އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ حضرةން ރައްކާތެރިކަން ލިބިގަންނަމެވެ.
24 ވަނަ ފޮތް
وَقَالَ رَجُلٌ۬ مُّؤۡمِنٌ۬ مِّنۡ ءَالِ فِرۡعَوۡنَ يَكۡتُمُ إِيمَـٰنَهُ ۥۤ أَتَقۡتُلُونَ رَجُلاً أَن يَقُولَ رَبِّىَ ٱللَّهُ وَقَدۡ جَآءَكُم بِٱلۡبَيِّنَـٰتِ مِن رَّبِّكُمۡۖ وَإِن يَكُ ڪَـٰذِبً۬ا فَعَلَيۡهِ كَذِبُهُ ۥۖ وَإِن يَكُ صَادِقً۬ا يُصِبۡكُم بَعۡضُ ٱلَّذِى يَعِدُكُمۡۖ إِنَّ ٱللَّهَ لَا يَہۡدِى مَنۡ هُوَ مُسۡرِفٌ۬ كَذَّابٌ۬ 28
فرعونގެ خاندانގެ މީހުންކުރެ إيمانކަން ވަންހަނާކޮށްގެންހުރި مؤمن ފިރިހެނަކު ބުންޏެވެ. ތިޔަބައިމީހުން ފިރިހެނަކު (އެބަހީ: موسىގެފާނު) ތިޔަ قتلކުރަން އުޅެނީ ތިމަންގެ ވެރިރަސްކަލާނގެއީ، اللَّهއޭ އެކަލޭގެފާނު ވިދާޅުވާތީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ފާޅުވެގެންވާ ހެކިތަކާއިގެންނެވެ. އަދި އެކަލޭގެފާނު ދޮގުވެރިޔެއް ކަމުގައިވާނަމަ، އެކަލޭގެފާނުގެ ދޮގުގެ ގެއްލުންހުރީ ހަމައެކަލޭގެފާނަށެވެ. އަދި އެކަލޭގެފާނީ ތެދުވެރިޔެއްކަމުގައިވާނަމަ، އެކަލޭގެފާނު ތިޔަބައިމީހުންނަށް އެ وعدކުރައްވާ ކަންތަކުން ބައެއް ތިޔަބައިމީހުންނަށް ޖެހޭނެތެވެ. ހަމަކަށަވަރުން، އިސްރާފުކުރާ ބޮޑުދޮގުވެރިޔެއްކަމުގައިވާ މީހަކަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.
24 ވަނަ ފޮތް
يَـٰقَوۡمِ لَكُمُ ٱلۡمُلۡكُ ٱلۡيَوۡمَ ظَـٰهِرِينَ فِى ٱلۡأَرۡضِ فَمَن يَنصُرُنَا مِنۢ بَأۡسِ ٱللَّهِ إِن جَآءَنَاۚ قَالَ فِرۡعَوۡنُ مَآ أُرِيكُمۡ إِلَّا مَآ أَرَىٰ وَمَآ أَهۡدِيكُمۡ إِلَّا سَبِيلَ ٱلرَّشَادِ 29
އޭ އަހުރެންގެ قومގެމީހުންނޭވެ! މިއަދު مصرގެ ބިމުގައި ވެރިކަމާއި، ބާރުލިބިފައިވަނީ ތިޔަބައިމީހުންނަށެވެ. ފަހެ، اللَّهގެ عذاب ތިމަންމެންނަށް އަތުވެއްޖެނަމަ، ތިމަންމެންނަށް އެހީވާނީ ކާކުހެއްޔެވެ؟ فرعون ބުންޏެވެ. ތިމަންނާއަށް ފެންނައެއްޗެއް މެނުވީ، ތިޔަބައިމީހުންނަކަށް ތިމަން ނުދައްކަމެވެ. އަދި ރަނގަޅު މަގަށް މެނުވީ، ތިޔަބައިމީހުންނަކަށް މަގެއް ނުދައްކަމެވެ.
24 ވަނަ ފޮތް
وَقَالَ ٱلَّذِىٓ ءَامَنَ يَـٰقَوۡمِ إِنِّىٓ أَخَافُ عَلَيۡكُم مِّثۡلَ يَوۡمِ ٱلۡأَحۡزَابِ 30
އަދި إيمانވިމީހާ ބުންޏެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! كافر جماعةތަކަށް عذابއައި ދުވަސްފަދަ ދުވަހެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް އަހުރެން ބިރުގަންނަމެވެ.
24 ވަނަ ފޮތް
مِثۡلَ دَأۡبِ قَوۡمِ نُوحٍ۬ وَعَادٍ۬ وَثَمُودَ وَٱلَّذِينَ مِنۢ بَعۡدِهِمۡۚ وَمَا ٱللَّهُ يُرِيدُ ظُلۡمً۬ا لِّلۡعِبَادِ 31
نوحގެފާނުގެ قومގެމީހުންނާއި، عادބާގައިމީހުންނާއި، ثمودބާގައިމީހުންނާއި، އެއުރެންގެ ފަހުން އުޅުނުމީހުންނަށް ޖެހުނު ހާލު ފަދައިންނެވެ. އަދި اللَّه، އެކަލާނގެ އަޅުންނަށް ބޭއިންސާފަކަށް އިރާދައެއް ނުކުރައްވަތެވެ.
24 ވަނަ ފޮތް
وَيَـٰقَوۡمِ إِنِّىٓ أَخَافُ عَلَيۡكُمۡ يَوۡمَ ٱلتَّنَادِ 32
އަދި އޭ އަހުރެންގެ قومގެމީހުންނޭވެ! ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް ގޮވާ ދުވަހާމެދު (އެބަހީ: قيامة ދުވަހާމެދު) ތިޔަބައިމީހުންގެ މައްޗަށް އަހުރެން ބިރުވެތިވަމެވެ.
24 ވަނަ ފޮތް
يَوۡمَ تُوَلُّونَ مُدۡبِرِينَ مَا لَكُم مِّنَ ٱللَّهِ مِنۡ عَاصِمٍ۬ۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُ ۥ مِنۡ هَادٍ۬ 33
(އެއީ) ތިޔަބައިމީހުން އެނބުރި ފުރަގަސްދީދާނެ ދުވަހެވެ. اللَّهގެ عذابން ތިޔަބައިމީހުން ރައްކާތެރިކޮށްދޭނޭ އެކަކުވެސް ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް ތެދުމަގުދައްކާނޭ އެކަކުވެސް ނުވެއެވެ.
24 ވަނަ ފޮތް
وَلَقَدۡ جَآءَڪُمۡ يُوسُفُ مِن قَبۡلُ بِٱلۡبَيِّنَـٰتِ فَمَا زِلۡتُمۡ فِى شَكٍّ۬ مِّمَّا جَآءَڪُم بِهِۦۖ حَتَّىٰٓ إِذَا هَلَكَ قُلۡتُمۡ لَن يَبۡعَثَ ٱللَّهُ مِنۢ بَعۡدِهِۦ رَسُوۚلاً۬ ڪَذَٲلِكَ يُضِلُّ ٱللَّهُ مَنۡ هُوَ مُسۡرِفٌ۬ مُّرۡتَابٌ 34
ހަމަކަށަވަރުން، ތިޔަބައިމީހުންގެގާތަށް ފާޅުވެގެންވާ ހެކިތަކާއެކު، މީގެކުރިން يوسفގެފާނު ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު އެ އެއްޗަކާއިގެން ވަޑައިގަތް އެއްޗަކާމެދު ތިޔަބައިމީހުން شكކަމެއްގައި ދެމިތިބީމުއެވެ. އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާނދެނެވެ. އެހިނދު ތިޔަބައިމީހުން ބުނީމުއެވެ. އެކަލޭގެފާނަށްފަހު اللَّه، رسولއަކު ނުފޮނުއްވާނެތެވެ. އިސްރާފުކޮށް، شكކުރުން ގިނަކަމުގައިވާމީހާ، اللَّه މަގުފުރައްދަވަނީ އެފަދައިންނެވެ.
24 ވަނަ ފޮތް
ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ بِغَيۡرِ سُلۡطَـٰنٍ أَتَٮٰهُمۡۖ ڪَبُرَ مَقۡتًا عِندَ ٱللَّهِ وَعِندَ ٱلَّذِينَ ءَامَنُواْۚ كَذَٲلِكَ يَطۡبَعُ ٱللَّهُ عَلَىٰ ڪُلِّ قَلۡبِ مُتَكَبِّرٍ۬ جَبَّارٍ۬ 35
އެއުރެންނީ، اللَّهގެ آيةތަކާމެދުގައި އެއުރެންނަށް ލިބިފައިވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުންނެވެ. اللَّهގެ حضرةގައްޔާއި، إيمانވިމީހުންގެ ގާތުގައި އެކަމަށްހުރި ނުރުހުން ބޮޑުވެގެންވެއެވެ. ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި اللَّه ސިއްކަގައްސަވަނީ އެފަދައިންނެވެ.
24 ވަނަ ފޮތް
وَقَالَ فِرۡعَوۡنُ يَـٰهَـٰمَـٰنُ ٱبۡنِ لِى صَرۡحً۬ا لَّعَلِّىٓ أَبۡلُغُ ٱلۡأَسۡبَـٰبَ 36
فرعون ބުންޏެވެ. އޭهامانއެވެ! އަހުރެންނަށް އުސްގަނޑުވަރެއް ބިނާކޮށްދޭށެވެ! އެއީ އަހުރެންނަށް މަގުތަކެއް ފެނޭތޯއެވެ.
24 ވަނަ ފޮތް
أَسۡبَـٰبَ ٱلسَّمَـٰوَٲتِ فَأَطَّلِعَ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُ ۥ ڪَـٰذِبً۬اۚ وَڪَذَٲلِكَ زُيِّنَ لِفِرۡعَوۡنَ سُوٓءُ عَمَلِهِۦ وَصُدَّ عَنِ ٱلسَّبِيلِۚ وَمَا ڪَيۡدُ فِرۡعَوۡنَ إِلَّا فِى تَبَابٍ۬ 37
އެއީ އުޑުތަކުގެ މަގުތަކެވެ. موسىގެފާނުގެ إله، އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ އެކަލޭގެފާނީ ދޮގުވެރިޔެއް ކަމަށެވެ. އަދި ހަމައެފަދައިން، فرعونއަށް އޭނާގެ ނުބައި عملތައް ޒީނަތްތެރިކޮށްދެއްވިއެވެ. އަދި ސީދާމަގުން އެއްކިބާކޮށްލެއްވިއެވެ. އަދި فرعونގެ މަކަރުވެރި ރޭވުން، ގެއްލުމާއި، ހަލާކެއްގައި މެނުވީ ނުވެއެވެ.
24 ވަނަ ފޮތް
وَقَالَ ٱلَّذِىٓ ءَامَنَ يَـٰقَوۡمِ ٱتَّبِعُونِ أَهۡدِڪُمۡ سَبِيلَ ٱلرَّشَادِ 38
އަދި إيمانވިމީހާ ބުންޏެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން އަހުރެންނަށް ތަބާވާށެވެ! އޭރުން ތިޔަބައިމީހުންނަށް ރަނގަޅު މަގަށް އަހުރެން މަގު ދައްކާހުށީމެވެ.
24 ވަނަ ފޮތް
يَـٰقَوۡمِ إِنَّمَا هَـٰذِهِ ٱلۡحَيَوٰةُ ٱلدُّنۡيَا مَتَـٰعٌ۬ وَإِنَّ ٱلۡأَخِرَةَ هِىَ دَارُ ٱلۡقَرَارِ 39
އޭ އަހުރެންގެ قومގެމީހުންނޭވެ! މިދުނިޔޭގެ ދިރިއުޅުން ވާކަންކަށަވަރީ، ވަގުތީ އަރާމެއް ކަމުގައެވެ. އަދި ހަމަކަށަވަރުން، آخرةއަކީ قرارވެ ދެމިހުންނަނިވި ގޮވައްޗެވެ.
24 ވަނަ ފޮތް
مَنۡ عَمِلَ سَيِّئَةً۬ فَلَا يُجۡزَىٰٓ إِلَّا مِثۡلَهَاۖ وَمَنۡ عَمِلَ صَـٰلِحً۬ا مِّن ذَڪَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٌ۬ فَأُوْلَـٰٓٮِٕكَ يَدۡخُلُونَ ٱلۡجَنَّةَ يُرۡزَقُونَ فِيہَا بِغَيۡرِ حِسَابٍ۬ 40
ނުބައިކަމެއް ކޮށްފިމީހަކަށް، ފަހެ، އެ ނުބައިކަމާ އެއްފަދަ ޖަޒާއެއް މެނުވީ ނުލިބޭނެތެވެ. އަދި ފިރިހެނުންކުރެ، ނުވަތަ އަންހެނުންކުރެންވިޔަސް، إيمانވެގެންހުރެ صالح عملކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އެތާނގައި ވަކި މިންވަރެއްނެތި އެއުރެންނަށް رزق ލިބޭނެތެވެ.
24 ވަނަ ފޮތް
وَيَـٰقَوۡمِ مَا لِىٓ أَدۡعُوڪُمۡ إِلَى ٱلنَّجَوٰةِ وَتَدۡعُونَنِىٓ إِلَى ٱلنَّارِ 41
އޭ އަހުރެންގެ قومގެމީހުންނޭވެ! އަހުރެން ތިޔަބައިމީހުންނަށް ސަލާމަތްވުމަށް ގޮވާއިރު، ތިޔަބައިމީހުން އަހުރެންނަށް ނަރަކަޔަށް ދިޔުމަށް ތިޔަގޮވަނީ ކީއްވެގެންހެއްޔެވެ؟
24 ވަނަ ފޮތް
تَدۡعُونَنِى لِأَڪۡفُرَ بِٱللَّهِ وَأُشۡرِكَ بِهِۦ مَا لَيۡسَ لِى بِهِۦ عِلۡمٌ۬ وَأَنَا۟ أَدۡعُوڪُمۡ إِلَى ٱلۡعَزِيزِ ٱلۡغَفَّـٰرِ 42
ތިޔަބައިމީހުން އަހުރެންނަށް ގޮވަނީ، اللَّهއަށް كافرވުމަށާއި، އަހުރެންނަށް އެނގިގެންނުވާ އެއްޗެހި އެކަލާނގެއަށް شريكކުރުމަށެވެ. އަހުރެން ތިޔަބައިމީހުންނަށް ގޮވަނީ، عزيزވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ حضرةއަށެވެ.
24 ވަނަ ފޮތް
لَا جَرَمَ أَنَّمَا تَدۡعُونَنِىٓ إِلَيۡهِ لَيۡسَ لَهُ ۥ دَعۡوَةٌ۬ فِى ٱلدُّنۡيَا وَلَا فِى ٱلۡأَخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلۡمُسۡرِفِينَ هُمۡ أَصۡحَـٰبُ ٱلنَّارِ 43
شكއެއްނެތެވެ! ތިޔަބައިމީހުން އަހުރެން އަޅުކަންކުރުމަށް ތިޔަގޮވަނީ ދުނިޔޭގައިވެސް، އަދި آخرةގައިވެސް އެއަށް ގޮވުން حقވެގެންވާ އެއްޗަކަށް ނޫނެވެ. އަދި އަހުރެމެން އެނބުރިދާހުށީ، اللَّهގެ حضرةއަށެވެ. (ފުރެދުމުގައި) ހައްދުފަހަނަޅައިދާ މީހުންނީ، ހަމަ ނަރަކައިގެ أهلވެރިންނެވެ.
24 ވަނަ ފޮތް
فَسَتَذۡكُرُونَ مَآ أَقُولُ لَڪُمۡۚ وَأُفَوِّضُ أَمۡرِىٓ إِلَى ٱللَّهِۚ إِنَّ ٱللَّهَ بَصِيرُۢ بِٱلۡعِبَادِ 44
ފަހެ، އަހުރެން ތިޔަބައިމީހުންނަށް މިބުނާ އެއްޗެއް ނިކަންހުރެ ތިޔަބައިމީހުން ހަނދާންކުރާނޫއެވެ. އަދި އަހުރެންގެ ހުރިހާ ކަމެއް اللَّهއަށް އަހުރެން ވަކީލުކުރަމެވެ. ހަމަކަށަވަރުން، اللَّهއީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
24 ވަނަ ފޮތް
فَوَقَٮٰهُ ٱللَّهُ سَيِّـَٔاتِ مَا مَڪَرُواْۖ وَحَاقَ بِـَٔالِ فِرۡعَوۡنَ سُوٓءُ ٱلۡعَذَابِ 45
ފަހެ، އެއުރެންގެ ނުބައި މަކަރުވެރި ރޭވުންތަކުން اللَّه އޭނާ ސަލާމަތްކުރެއްވިއެވެ. އަދި އެންމެނުބައި عذاب، فرعونގެ މީހުން ވަށައިލިއެވެ.
24 ވަނަ ފޮތް
ٱلنَّارُ يُعۡرَضُونَ عَلَيۡہَا غُدُوًّ۬ا وَعَشِيًّ۬اۖ وَيَوۡمَ تَقُومُ ٱلسَّاعَةُ أَدۡخِلُوٓاْ ءَالَ فِرۡعَوۡنَ أَشَدَّ ٱلۡعَذَابِ 46
އެއުރެން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ عذابއަށް) ހުށަހަޅުއްވާނެތެވެ. އަދި قيامةގެވަގުތު އަންނަދުވަހު (ملائكةންނަށް އަންގަވާނެތެވެ.) فرعونގެމީހުން އެންމެގަދަފަދަވެގެންވާ عذابއަށް (އެބަހީ: ނަރަކަޔަށް) ވައްދަވާށެވެ!
24 ވަނަ ފޮތް
وَإِذۡ يَتَحَآجُّونَ فِى ٱلنَّارِ فَيَقُولُ ٱلضُّعَفَـٰٓؤُاْ لِلَّذِينَ ٱسۡتَڪۡبَرُوٓاْ إِنَّا كُنَّا لَكُمۡ تَبَعً۬ا فَهَلۡ أَنتُم مُّغۡنُونَ عَنَّا نَصِيبً۬ا مِّنَ ٱلنَّارِ 47
އަދި ނަރަކައިގައި އެއުރެން (އެބަހީ: كافرން) އެކަކު އަނެކަކާ އަރާރުންވާނޭހިނދު، ހަނދުމަކުރާށެވެ! ފަހެ (އެއުރެންކުރެ) ނިކަމެތިން، ބޮޑާވެގަތް ބޮޑުންނަށް ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވީ ތިޔަބައިމީހުންނަށް تبعވެގެންނެވެ. ފަހެ، މި އަލިފާނުން ބައެއްނަމަވެސް، ތިމަންމެންގެ ކިބައިން ތިޔަބައިމީހުންނަށް ދުރުކޮށްދެވިދާނެ ހެއްޔެވެ؟
24 ވަނަ ފޮތް
قَالَ ٱلَّذِينَ ٱسۡتَڪۡبَرُوٓاْ إِنَّا كُلٌّ۬ فِيهَآ إِنَّ ٱللَّهَ قَدۡ حَكَمَ بَيۡنَ ٱلۡعِبَادِ 48
ބޮޑާވެގަތް ބޮޑުން ބުނާނެތެވެ. ހަމަކަށަވަރުން، އަހުރެމެން އެންމެން މިތިބީ އެއަލިފާނުގައެވެ. ހަމަކަށަވަރުން، اللَّه، އަޅުތަކުންގެ މެދުގައި، حكمކުރައްވައި ނިންމަވައިފިއެވެ.
24 ވަނަ ފޮތް
وَقَالَ ٱلَّذِينَ فِى ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدۡعُواْ رَبَّكُمۡ يُخَفِّفۡ عَنَّا يَوۡمً۬ا مِّنَ ٱلۡعَذَابِ 49
އަދި ނަރަކައިގައިވާ މީހުން، ނަރަކައިގެ ބަނޑޭރިންނަށް ބުނާނެތެވެ. ތިމަންމެންގެ ކިބައިން عذابން އެއްދުވަސް ނަމަވެސް ލުއިކޮށްދެއްވާތޯ ތިޔަބޭކަލުންގެ ވެރިރަސްކަލާނގެ حضرةއަށް دعاءކޮށްދެއްވާށެވެ!
24 ވަނަ ފޮތް
قَالُوٓاْ أَوَلَمۡ تَكُ تَأۡتِيكُمۡ رُسُلُڪُم بِٱلۡبَيِّنَـٰتِۖ قَالُواْ بَلَىٰۚ قَالُواْ فَٱدۡعُواْۗ وَمَا دُعَـٰٓؤُاْ ٱلۡڪَـٰفِرِينَ إِلَّا فِى ضَلَـٰلٍ 50
އެބޭކަލުން ވިދާޅުވާނެތެވެ. ފާޅުވެގެންވާ ހެކިތަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިޔަބައިމީހުންގެ رسولން ވަޑައިނުގަންނަވަނީހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުން ނޫނެވެ. (ވަޑައިގަތެވެ.) އެބޭކަލުން ވިދާޅުވާނެތެވެ. ފަހެ، ކަލޭމެން دعاءކޮށްބަލާށެވެ. كافرންގެ دعاءފުރެދުމެއްގައިމެނުވީ ނުވެތެވެ.
24 ވަނަ ފޮތް
إِنَّا لَنَنصُرُ رُسُلَنَا وَٱلَّذِينَ ءَامَنُواْ فِى ٱلۡحَيَوٰةِ ٱلدُّنۡيَا وَيَوۡمَ يَقُومُ ٱلۡأَشۡهَـٰدُ 51
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رسولންނަށާއި، إيمانވި މީހުންނަށް، ދުނިޔޭގެ حياةގައްޔާއި، ހެކިންތައް ތެދުވާ ދުވަހުގައި (އެބަހީ: قيامةދުވަހުގައި) نصرދެއްވާހުށީމެވެ.
24 ވަނަ ފޮތް
يَوۡمَ لَا يَنفَعُ ٱلظَّـٰلِمِينَ مَعۡذِرَتُہُمۡۖ وَلَهُمُ ٱللَّعۡنَةُ وَلَهُمۡ سُوٓءُ ٱلدَّارِ 52
(އެއީ) އަނިޔާވެރިންނަށް އެއުރެންގެ عذرދެއްކުން މަންފާއެއް ނުކުރާނޭ ދުވަހެވެ. އަދި އެއުރެންނަށް ހުރީ لعنةއެވެ. އަދި އެއުރެންނަށްހުރީ ނުބައިވެގެންވާ ގޮވައްޗެވެ.
24 ވަނަ ފޮތް
وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡهُدَىٰ وَأَوۡرَثۡنَا بَنِىٓ إِسۡرَٲٓءِيلَ ٱلۡڪِتَـٰبَ 53
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسىގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި إسـرآءيـلގެދަރިންނަށް ފޮތް ވާރުތަކުރެއްވީމެވެ.
24 ވަނަ ފޮތް
هُدً۬ى وَذِڪۡرَىٰ لِأُوْلِى ٱلۡأَلۡبَـٰبِ 54
(އެއީ) ބުއްދީގެ أهلވެރިންނަށް ތެދުމަގެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ.
24 ވަނަ ފޮތް
فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقٌّ۬ وَٱسۡتَغۡفِرۡ لِذَنۢبِكَ وَسَبِّحۡ بِحَمۡدِ رَبِّكَ بِٱلۡعَشِىِّ وَٱلۡإِبۡڪَـٰرِ 55
ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، اللَّهގެ وعدފުޅަކީ حقތެދެވެ. އަދި ކަލޭގެފާނުގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަވީރާއި، ހެނދުނު حمدއާއެކު تسبيح ވިދާޅުވާށެވެ!
24 ވަނަ ފޮތް
إِنَّ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ بِغَيۡرِ سُلۡطَـٰنٍ أَتَٮٰهُمۡۙ إِن فِى صُدُورِهِمۡ إِلَّا ڪِبۡرٌ۬ مَّا هُم بِبَـٰلِغِيهِۚ فَٱسۡتَعِذۡ بِٱللَّهِۖ إِنَّهُ ۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ 56
ހަމަކަށަވަރުން، اللَّهގެ آيةތަކާމެދުގައި، އެއުރެންނަށް ލިބިފައވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުން (ދަންނާށެވެ!) އެއުރެންގެ ހިތްތަކުގައި ބޮޑާކަމެއް މެނުވީ ނުވެއެވެ. އެއުރެންއެދޭ ކަންތަކަކަށް އެއުރެން ނުފޯރާނެއެވެ. ފަހެ، ކަލޭގެފާނު اللَّهގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
24 ވަނަ ފޮތް
لَخَلۡقُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ أَڪۡبَرُ مِنۡ خَلۡقِ ٱلنَّاسِ وَلَـٰكِنَّ أَڪۡثَرَ ٱلنَّاسِ لَا يَعۡلَمُونَ 57
ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވުމަކީ، މީސްތަކުން ހެއްދެވުމަށްވުރެ މާބޮޑު ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.
24 ވަނަ ފޮތް
وَمَا يَسۡتَوِى ٱلۡأَعۡمَىٰ وَٱلۡبَصِيرُ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ وَلَا ٱلۡمُسِىٓءُۚ قَلِيلاً۬ مَّا تَتَذَكَّرُونَ 58
އަދި ލޯކަނުމީހާއާއި، ލޮލަށްފެންނަ މީހާއާ، އަދި إيمانވެ صالح عملތައްކުރި މީހުންނާއި، ނުބައިކަންތައްކުރާ މީހާއާ ހަމަހަމައެއް ނުވާނެއެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.
24 ވަނަ ފޮތް
إِنَّ ٱلسَّاعَةَ لَأَتِيَةٌ۬ لَّا رَيۡبَ فِيهَا وَلَـٰكِنَّ أَڪۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ 59
ހަމަކަށަވަރުން، قيامةގެ ވަގުތަކީ އަންނާނޭ އެއްޗެކެވެ. އެޔާމެދަކު شكއެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން إيمانއެއް ނުވެތެވެ.
24 ވަނަ ފޮތް
وَقَالَ رَبُّڪُمُ ٱدۡعُونِىٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِى سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ 60
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحىކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاءކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاءކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.
24 ވަނަ ފޮތް
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلَّيۡلَ لِتَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَڪۡثَرَ ٱلنَّاسِ لَا يَشۡكُرُونَ 61
اللَّهއީ، ތިޔަބައިމީހުން، އެރޭގަނޑުގައި ހަމަހިމޭންވުމަށް، ތިޔަބައިމީހުންނަށްޓަކައި ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތްކުރުމަށް) ދުވާލު އަލިކޮށްދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّهއީ، މީސްތަކުންގެ މައްޗަށް فضلވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން شكرއެއް ނުކުރެތެވެ.
24 ވަނަ ފޮތް
ذَٲلِڪُمُ ٱللَّهُ رَبُّكُمۡ خَـٰلِقُ ڪُلِّ شَىۡءٍ۬ لَّآ إِلَـٰهَ إِلَّا هُوَۖ فَأَنَّىٰ تُؤۡفَكُونَ 62
އެއީ اللَّهއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. (އެކަލާނގެއީ) ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إلهއަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން (إيمانކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟
24 ވަނަ ފޮތް
كَذَٲلِكَ يُؤۡفَكُ ٱلَّذِينَ كَانُواْ بِـَٔايَـٰتِ ٱللَّهِ يَجۡحَدُونَ 63
اللَّهގެ آيةތަކަށް ދެކޮޅުހަދައިއުޅުނު މީހުން (ތެދުމަގުން) އެއްކިބާވަނީ އެފަދައިންނެވެ.
24 ވަނަ ފޮތް
ٱللَّهُ ٱلَّذِى جَعَلَ لَڪُمُ ٱلۡأَرۡضَ قَرَارً۬ا وَٱلسَّمَآءَ بِنَآءً۬ وَصَوَّرَڪُمۡ فَأَحۡسَنَ صُوَرَڪُمۡ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِۚ ذَٲلِكُمُ ٱللَّهُ رَبُّڪُمۡۖ فَتَبَارَكَ ٱللَّهُ رَبُّ ٱلۡعَـٰلَمِينَ 64
اللَّهއީ، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ ތަނެއްކަމުގައި ބިންލެއްވި ރަސްކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި އުޑުލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން صورةކުރައްވައި، ތިޔަބައިމީހުންގެ صورة ރީތިކުރައްވައި، އަދި ހެޔޮތަކެތިން ތިޔަބައިމީހުންނަށް رزقދެއްވި ރަސްކަލާނގެއެވެ. އެއީ، اللَّهއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، عالمތަކުގެވެރި اللَّه މަތިވެރިވެވޮޑިގެންފިއެވެ.
24 ވަނަ ފޮތް
هُوَ ٱلۡحَىُّ لَآ إِلَـٰهَ إِلَّا هُوَ فَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۗ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِينَ 65
އެކަލާނގެއީ، ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ އެހެން إلهއަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން خالصކުރާ حال، އެކަލާނގެއަށް دعاءކޮށް އަޅުކަން ކުރާށެވެ! حمدހުރީ عالمތަކުގެވެރި اللَّهއަށެވެ.
24 ވަނަ ފޮތް
قُلۡ إِنِّى نُهِيتُ أَنۡ أَعۡبُدَ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِىَ ٱلۡبَيِّنَـٰتُ مِن رَّبِّى وَأُمِرۡتُ أَنۡ أُسۡلِمَ لِرَبِّ ٱلۡعَـٰلَمِينَ 66
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ބަޔާންވެގެންވާ ހެކިތައް، ތިމަންކަލޭގެފާނަށް އައިހިނދު، ތިޔަބައިމީހުން اللَّهފިޔަވައި އަޅުކަންކުރާ ތަކެއްޗަށް އަޅުކަންކުރުން، ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ނަހީކުރެއްވިއެވެ. އަދި عالمތަކުގެ ވެރިރަސްކަލާނގެއަށް ކިޔަމަންގަތުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެއްވިއެވެ.
24 ވަނަ ފޮތް
هُوَ ٱلَّذِى خَلَقَڪُم مِّن تُرَابٍ۬ ثُمَّ مِن نُّطۡفَةٍ۬ ثُمَّ مِنۡ عَلَقَةٍ۬ ثُمَّ يُخۡرِجُكُمۡ طِفۡلاً۬ ثُمَّ لِتَبۡلُغُوٓاْ أَشُدَّڪُمۡ ثُمَّ لِتَكُونُواْ شُيُوخً۬اۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبۡلُۖ وَلِتَبۡلُغُوٓاْ أَجَلاً۬ مُّسَمًّ۬ى وَلَعَلَّڪُمۡ تَعۡقِلُونَ 67
އެކަލާނގެއީ، ތިޔަބައިމީހުން ވެލިން ހެއްދެވި ރަސްކަލާނގެއެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން އެކަލާނގެ، ތިޔަބައިމީހުން ޅަކުދިންގެ ގޮތުގައި (މައިމީހާގެ ބަނޑުން) ނެރުއްވަތެވެ. ދެން ތިޔަބައިމީހުން ބޮޑުވެ ފުރާފުރިހަމަވުމާ ހަމަޔަށް ފޯރުމަށްޓަކައެވެ. ދެން ތިޔަބައިމީހުން މުސްކުޅިންނަށް ވުމަށްޓަކައެވެ. އަދި އޭގެކުރިން މަރުވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި ތިޔަބައިމީހުން ކަނޑައެޅިގެންވާ މުއްދަތަކަށް ފޯރުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.
24 ވަނަ ފޮތް
هُوَ ٱلَّذِى يُحۡىِۦ وَيُمِيتُۖ فَإِذَا قَضَىٰٓ أَمۡرً۬ا فَإِنَّمَا يَقُولُ لَهُ ۥ كُن فَيَكُونُ 68
އެކަލާނގެއީ، ދިރުއްވައި، އަދި މަރުގަންނަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ ފަހެ، އެކަމަކަށް وحىކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ. ދެން އެކަމެއް ވެދެއެވެ.
24 ވަނަ ފޮތް
أَلَمۡ تَرَ إِلَى ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ أَنَّىٰ يُصۡرَفُونَ 69
اللَّهގެ آيةތަކާމެދު ޖަދަލުކުރާ މީހުން، ތިބާ ނުދެކެމުހެއްޔެވެ؟ އެއުރެން (حقމަގުން) އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟
24 ވަނަ ފޮތް
ٱلَّذِينَ ڪَذَّبُواْ بِٱلۡڪِتَـٰبِ وَبِمَآ أَرۡسَلۡنَا بِهِۦ رُسُلَنَاۖ فَسَوۡفَ يَعۡلَمُونَ 70
އެއުރެންނީ، މިފޮތާއި (އެބަހީ: قرآنއާއި) ތިމަންރަސްކަލާނގެ رسولން އެފޮތްތަކާއިގެން ފޮނުއްވި ފޮތްތައް ދޮގުކުރި މީހުންނެވެ. ފަހެ، (އެކަމުގެ ނަތީޖާ) ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
24 ވަނަ ފޮތް
إِذِ ٱلۡأَغۡلَـٰلُ فِىٓ أَعۡنَـٰقِهِمۡ وَٱلسَّلَـٰسِلُ يُسۡحَبُونَ 71
އެއުރެންގެ ކަނދުރާތަކުގައި، ކަސްތޮޅުއެޅި ހިލިހިލާޖެހި، އެއުރެން ދަމައި، ގެންދަވާހިނދުގައެވެ.
24 ވަނަ ފޮތް
فِى ٱلۡحَمِيمِ ثُمَّ فِى ٱلنَّارِ يُسۡجَرُونَ 72
ކެކިކެކިހުރި ހޫނުފެނުގެ ތެރެޔަށެވެ. ދެން ނަރަކައިގެ އަލިފާނުގެ ތެރޭގައި އެއުރެން އަންދަވާނެތެވެ.
24 ވަނަ ފޮތް
ثُمَّ قِيلَ لَهُمۡ أَيۡنَ مَا كُنتُمۡ تُشۡرِكُونَ 73
ދެން އެއުރެންނަށް އަންގަވާނެތެވެ. اللَّهފިޔަވައި ތިޔަބައިމީހުން شريكކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އެތަކެތި ތިމަންމެންގެ ކިބައިން ބީވެގެން ހިނގައްޖެއެވެ. އަދި ކިއެއްތަ! މީގެކުރިން ތިމަންމެން އެއްވެސް އެއްޗަކަށް އަޅުކަންކޮށް ގޮވައިނަހަދަމުއެވެ. اللَّه، كافرވިމީހުން މަގުފުރައްދަވަނީ އެފަދައިންނެވެ.
24 ވަނަ ފޮތް
مِن دُونِ ٱللَّهِۖ قَالُواْ ضَلُّواْ عَنَّا بَل لَّمۡ نَكُن نَّدۡعُواْ مِن قَبۡلُ شَيۡـًٔ۬اۚ كَذَٲلِكَ يُضِلُّ ٱللَّهُ ٱلۡكَـٰفِرِينَ 74
ދެން އެއުރެންނަށް އަންގަވާނެތެވެ. اللَّهފިޔަވައި ތިޔަބައިމީހުން شريكކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އެތަކެތި ތިމަންމެންގެ ކިބައިން ބީވެގެން ހިނގައްޖެއެވެ. އަދި ކިއެއްތަ! މީގެކުރިން ތިމަންމެން އެއްވެސް އެއްޗަކަށް އަޅުކަންކޮށް ގޮވައިނަހަދަމުއެވެ. اللَّه، كافرވިމީހުން މަގުފުރައްދަވަނީ އެފަދައިންނެވެ.
24 ވަނަ ފޮތް
ذَٲلِكُم بِمَا كُنتُمۡ تَفۡرَحُونَ فِى ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَبِمَا كُنتُمۡ تَمۡرَحُونَ 75
އެއީ حقއަކާ ނުލައި ބިމުގައި ތިޔަބައިމީހުން (އުރެދުންތަކަށް) އުފާކޮށް އުޅުނުކަމުގެ ސަބަބުންނެވެ. އަދި ބޮޑާވެ، މަޖާކޮށް އުޅުނުކަމުގެ ސަބަބުންނެވެ.
24 ވަނަ ފޮތް
ٱدۡخُلُوٓاْ أَبۡوَٲبَ جَهَنَّمَ خَـٰلِدِينَ فِيہَاۖ فَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ 76
ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ފަހެ (އެއީ) ކިބުރުވެރިން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ.
24 ވަނަ ފޮތް
فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَۚقٌّ۬ فَإِمَّا نُرِيَنَّكَ بَعۡضَ ٱلَّذِى نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِلَيۡنَا يُرۡجَعُونَ 77
ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، اللَّهގެ وعدފުޅަކީ حقތެދެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންނަށް وعدކުރައްވާ ބައެއްކަންތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވިޔަސް ނުވަތަ (އޭގެކުރިން) ތިމަންރަސްކަލާނގެ ކަލޭގެފާނު މަރުގެންނެވިޔަސް، ފަހެ، އެއުރެން رجوعވާހުށީ، ތިމަންރަސްކަލާނގެ حضرةއަށެވެ.
24 ވަނަ ފޮތް
وَلَقَدۡ أَرۡسَلۡنَا رُسُلاً۬ مِّن قَبۡلِكَ مِنۡهُم مَّن قَصَصۡنَا عَلَيۡكَ وَمِنۡهُم مَّن لَّمۡ نَقۡصُصۡ عَلَيۡكَۗ وَمَا كَانَ لِرَسُولٍ أَن يَأۡتِىَ بِـَٔايَةٍ إِلَّا بِإِذۡنِ ٱللَّهِۚ فَإِذَا جَآءَ أَمۡرُ ٱللَّهِ قُضِىَ بِٱلۡحَقِّ وَخَسِرَ هُنَالِكَ ٱلۡمُبۡطِلُونَ 78
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسولން ފޮނުއްވީމެވެ. އެ رسولންގެ ވާހަކަ ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسولން، އޭގެތެރެއިންވެއެވެ. އަދި އެ رسولންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިނުވާ رسولންވެސް އޭގެތެރެއިންވެއެވެ. އަދި އެއްވެސް رسولއަކަށް اللَّهގެ إذنފުޅާލައިގެން މެނުވީ، އެއްވެސް معجزةއެއް ގެންނެވުމެއް ނުވެއެވެ. ފަހެ، اللَّهގެ އަމުރުފުޅު އަންނަހިނދު، حقއަށް ނިޔާކުރައްވާހުށްޓެވެ. އަދި އެތާނގައި باطلގެ أهلވެރިން ގެއްލި ހަލާކުވެދާހުށްޓެވެ.
24 ވަނަ ފޮތް
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلۡأَنۡعَـٰمَ لِتَرۡڪَبُواْ مِنۡہَا وَمِنۡہَا تَأۡكُلُونَ 79
اللَّهއީ، ތިޔަބައިމީހުންނަށްޓަކައި نعمސޫފި ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން އެއިން (ބައެއް ތަކެއްޗަށް) ސަވާރުވެ އަދި އެއިން ބައެއް ތަކެތި ކެއުމަށްޓަކައެވެ.
24 ވަނަ ފޮތް
وَلَكُمۡ فِيهَا مَنَـٰفِعُ وَلِتَبۡلُغُواْ عَلَيۡہَا حَاجَةً۬ فِى صُدُورِڪُمۡ وَعَلَيۡهَا وَعَلَى ٱلۡفُلۡكِ تُحۡمَلُونَ 80
އަދި އެތަކެތީގައި ތިޔަބައިމީހުންނަށް މަންފާތަކެއްވެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައިވާ ބޭނުންތަކަށް އެތަކެތީގެ މަތީގައި (ދަތުރުކޮށް) ތިޔަބައިމީހުން ފޯރުމަށްޓަކައެވެ. އަދި އެތަކެތީގެ މަތީގައްޔާއި، އުޅަނދުތަކުގައި ތިޔަބައިމީހުން (އެއްތަނުން، އަނެއްތަނަށް) އުފުއްލެއެވެ.
24 ވަނަ ފޮތް
وَيُرِيكُمۡ ءَايَـٰتِهِۦ فَأَىَّ ءَايَـٰتِ ٱللَّهِ تُنكِرُونَ 81
އަދި އެކަލާނގެ ތިޔަބައިމީހުންނަށް، އެކަލާނގެ آيةތައް ދައްކަވަތެވެ. ފަހެ، اللَّهގެ آيةތަކުގެ ތެރެއިން ތިޔަބައިމީހުން އިންކާރުކުރަނީ ކޮންآيةއަކަށް ހެއްޔެވެ؟
24 ވަނަ ފޮތް
أَفَلَمۡ يَسِيرُواْ فِى ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۚ كَانُوٓاْ أَڪۡثَرَ مِنۡہُمۡ وَأَشَدَّ قُوَّةً۬ وَءَاثَارً۬ا فِى ٱلۡأَرۡضِ فَمَآ أَغۡنَىٰ عَنۡہُم مَّا كَانُواْ يَكۡسِبُونَ 82
ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ عددގިނަ، އަދި ބާރުގަދަ، އަދި ބިމުގައި އެއުރެންގެ أثرތައް ވަރުގަދަ ބަޔަކުކަމުގައި އެއުރެން (އެބަހީ، ކުރިންއުޅުނުމީހުން) ވޫއެވެ. ފަހެ، އެއުރެން ހޯދައިއުޅުނު ތަކެތި އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.
24 ވަނަ ފޮތް
فَلَمَّا جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَـٰتِ فَرِحُواْ بِمَا عِندَهُم مِّنَ ٱلۡعِلۡمِ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَہۡزِءُونَ 83
ފަހެ، އެއުރެންގެ رسولން ފާޅުވެގެންވާ ހެކިތަކާއިގެން އެއުރެންގެގާތަށް ވަޑައިގަތްހިނދު، އެއުރެންގެ ގާތުގައިވާ (ދުނިޔޭގެ) علمއަށްޓަކައި، އެއުރެން އުފާކުރޫއެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްއައިސް އެއުރެން ވަށައިލިއެވެ.
24 ވަނަ ފޮތް
فَلَمَّا رَأَوۡاْ بَأۡسَنَا قَالُوٓاْ ءَامَنَّا بِٱللَّهِ وَحۡدَهُ ۥ وَڪَفَرۡنَا بِمَا كُنَّا بِهِۦ مُشۡرِكِينَ 84
(84) ފަހެ، ތިމަންރަސްކަލާނގެ عذاب، އެއުރެންނަށް ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމައެކަނި، اللَّهއަށް ތިމަންމެން إيمانވެއްޖައީމުއެވެ. އަދި ތިމަންމެން شريكކޮށް އުޅުނު ތަކެއްޗަށް كافرވެއްޖައީމުއެވެ.
24 ވަނަ ފޮތް
فَلَمۡ يَكُ يَنفَعُهُمۡ إِيمَـٰنُہُمۡ لَمَّا رَأَوۡاْ بَأۡسَنَاۖ سُنَّتَ ٱللَّهِ ٱلَّتِى قَدۡ خَلَتۡ فِى عِبَادِهِۖۦ وَخَسِرَ هُنَالِكَ ٱلۡكَـٰفِرُونَ 85
ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންނަށް ފެނުނުހިނދު، އެއުރެންވީ إيمانން އެއުރެންނަށް މަންފާއެއް ކުރާނެކަމުގައި ނުވެއެވެ. (އެއީ) اللَّه، އެކަލާނގެ އަޅުތަކުންނާމެދު ކަންހިންގަވާފައިވާގޮތެވެ. އަދި އެތާނގައި كافرވިމީހުން ގެއްލި ހަލާކުވެއްޖައޫއެވެ.
0:00 0:00