بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
وَٱلنَّجۡمِ إِذَا هَوَىٰ 1
އޮއްސިގެންދާހިނދު، ތަރި ގަންދެއްވައި وحىކުރައްވަމެވެ.
مَا ضَلَّ صَاحِبُكُمۡ وَمَا غَوَىٰ 2
ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمدގެފާނު) حقގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި باطل اعتقادއެއް ނުކުރައްވައެވެ.
وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ 3
އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ.
إِنۡ هُوَ إِلَّا وَحۡىٌ۬ يُوحَىٰ 4
އެއީ އެކަލޭގެފާނަށް އިއްވަވާ وحىއެއްކަމުގައި ނޫނީ ނުވެތެވެ.
عَلَّمَهُ ۥ شَدِيدُ ٱلۡقُوَىٰ 5
ބާރުގަދަ ملائكةއަކު، އެކަލޭގެފާނަށް އެ (وحى) އުނގަންނައިދެއްވިއެވެ.
ذُو مِرَّةٍ۬ فَٱسۡتَوَىٰ 6
(އެ ملائكةއަކީ) ވިސްނުންތެރިކަމުގެ ވެރިޔެކެވެ. ފަހެ، އެ ملائكةއާ އެކަލޭގެފާނުގެ أصل صورةގައި قائمވެވަޑައިގެން ހުންނެވިއެވެ.
وَهُوَ بِٱلۡأُفُقِ ٱلۡأَعۡلَىٰ 7
(އެހިނދު) އެ ملائكةއާ ވަނީ، އެންމެމަތީ އުދަރެހުގައެވެ.
ثُمَّ دَنَا فَتَدَلَّى 8
ދެން އެ ملائكةއާ (رسولއާއާ) އަރިސްވެވަޑައިގަތެވެ. ދެން އެއަށްވުރެވެސް އަރިސްވެވަޑައިގަތެވެ.
فَكَانَ قَابَ قَوۡسَيۡنِ أَوۡ أَدۡنَىٰ 9
އެ އަރިސްވުންވީ، ދެ قوسގެ މިންވަރަށެވެ. (އެބަހީ: ދެ ދުނިދަނޑީގެ މިންވަރަށެވެ.) ނުވަތަ އެއަށްވުރެވެސް އަރިހަށެވެ.
فَأَوۡحَىٰٓ إِلَىٰ عَبۡدِهِۦ مَآ أَوۡحَىٰ 10
ދެން (اللَّه) އެކަލާނގެ އަޅާއަށް وحىކުރެއްވި އެއްޗެއް وحىކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ وحىބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ.)
مَا كَذَبَ ٱلۡفُؤَادُ مَا رَأَىٰٓ 11
އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު إنكارއެއް ނުކުރައްވަތެވެ.
أَفَتُمَـٰرُونَهُ ۥ عَلَىٰ مَا يَرَىٰ 12
އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟
وَلَقَدۡ رَءَاهُ نَزۡلَةً أُخۡرَىٰ 13
ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمدގެފާނު) އެހެންފަހަރަކުވެސް އެ ملائكةއާ ދެކެވަޑައިގަތްކަން ކަށަވަރެވެ.
عِندَ سِدۡرَةِ ٱلۡمُنتَهَى 14
سدرة المنتهىގެ ކައިރިންނެވެ.
عِندَهَا جَنَّةُ ٱلۡمَأۡوَىٰٓ 15
އެތާނގެ ކައިރީގައި جنة المأوىވެއެވެ. (އެއީ مؤمنތަކުންގެ ފުރާނަތަކުގެ مركزއެވެ.)
إِذۡ يَغۡشَى ٱلسِّدۡرَةَ مَا يَغۡشَىٰ 16
سدرة المنتهىފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ.
مَا زَاغَ ٱلۡبَصَرُ وَمَا طَغَىٰ 17
އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ.
لَقَدۡ رَأَىٰ مِنۡ ءَايَـٰتِ رَبِّهِ ٱلۡكُبۡرَىٰٓ 18
ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ.
أَفَرَءَيۡتُمُ ٱللَّـٰتَ وَٱلۡعُزَّىٰ 19
ފަހެ، لاتއާއި، عزّىއާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
وَمَنَوٰةَ ٱلثَّالِثَةَ ٱلۡأُخۡرَىٰٓ 20
އަދި مناةއެވެ ކިއުނު އަނެއް ތިންވަނަ ބުދާ މެދުވެސްމެއެވެ.
أَلَكُمُ ٱلذَّكَرُ وَلَهُ ٱلۡأُنثَىٰ 21
ތިޔަބައިމީހުންނަށް ފިރިހެންދަރިންވެފައި، އެކަލާނގެއަށް އަންހެންދަރިން ވަނީ ހެއްޔެވެ؟
تِلۡكَ إِذً۬ا قِسۡمَةٌ۬ ضِيزَىٰٓ 22
(އެހެންވަނީނަމަ) އެއީ حقމަގުން އެއްކިބާވެގެންވާ ބައިކުރުމެކެވެ.
إِنۡ هِىَ إِلَّآ أَسۡمَآءٌ۬ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِہَا مِن سُلۡطَـٰنٍۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهۡوَى ٱلۡأَنفُسُۖ وَلَقَدۡ جَآءَهُم مِّن رَّبِّہِمُ ٱلۡهُدَىٰٓ 23
އެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން ކިޔައިގެންއުޅޭ ހުސް ނަންތަކެއް ކަމުގައިނޫނީ ނުވެތެވެ. އެތަކެއްޗަށް اللَّه އެއްވެސްބާރެއް ދެއްވައިފައެއް ނުވެތެވެ. ހީއަކަށާއި، هوىنفسގެ އެދުންތަކަކަށް މެނުވީ އެއުރެން تبعވާކަމުގައި ނުވެތެވެ. ހަމަކަށަވަރުން، އެއުރެންނާ ހަމަޔަށް އެއުރެންގެ ވެރިރަސްކަލާނގެ حضرةން ތެދުމަގު އައިސްފައިވާކަން ކަށަވަރެވެ.
أَمۡ لِلۡإِنسَـٰنِ مَا تَمَنَّىٰ 24
ނުވަތަ އިންސާނާއަށް އޭނާ އެދޭހާކަމެއް ލިބޭހެއްޔެވެ؟
فَلِلَّهِ ٱلۡأَخِرَةُ وَٱلۡأُولَىٰ 25
ފަހެ، ދުނިޔެއާއި، آخرةގެ ކަންތައް މިލްކުވެ خاصވެގެންވަނީ اللَّهއަށެވެ.
۞ وَكَم مِّن مَّلَكٍ۬ فِى ٱلسَّمَـٰوَٲتِ لَا تُغۡنِى شَفَـٰعَتُہُمۡ شَيۡـًٔا إِلَّا مِنۢ بَعۡدِ أَن يَأۡذَنَ ٱللَّهُ لِمَن يَشَآءُ وَيَرۡضَىٰٓ 26
އަދި اللّه އިރާދަކުރައްވާ ރުހިވޮޑިގެންބަޔަކަށް އެކަލާނގެ إذنދެއްވުމަށް ފަހުގައި މެނުވީ، އެބައެއްގެ شفاعة ތެރިކަން އެއްވެސްކަމެއް ފުއްދައިނުދޭނޭ ކިތައްމެ ملائكةންނެއް އުޑުތަކުގައިވެއެވެ.
إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأَخِرَةِ لَيُسَمُّونَ ٱلۡمَلَـٰٓٮِٕكَةَ تَسۡمِيَةَ ٱلۡأُنثَىٰ 27
ހަމަކަށަވަރުން، آخرةއަށް إيمان ނުވާމީހުން ملائكةންނަށް، އަންހެނުންގެ ނަމުން ނަންދޭކަން ކަށަވަރެވެ.
وَمَا لَهُم بِهِۦ مِنۡ عِلۡمٍۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّۖ وَإِنَّ ٱلظَّنَّ لَا يُغۡنِى مِنَ ٱلۡحَقِّ شَيۡـًٔ۬ا 28
އެއުރެންނަށް އެކަމުގެ އެއްވެސް علمއެއް ލިބިގެންނުވާ حالގައެވެ. ހީއަކަށް މެނުވީ އެއުރެން تبعވާކަމުގައެއް ނުވެތެވެ. އަދި ހަމަކަށަވަރުން، ހީއަކީ حقގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ.
فَأَعۡرِضۡ عَن مَّن تَوَلَّىٰ عَن ذِكۡرِنَا وَلَمۡ يُرِدۡ إِلَّا ٱلۡحَيَوٰةَ ٱلدُّنۡيَا 29
ފަހެ، ތިމަންރަސްކަލާނގެ ހަނދާންކުރުމުން އެއްކިބާވެ، ފުރަގަސްދީ، އަދި ދުނިޔޭގެ ދިރިއުޅުން ނޫންކަމެއް ނޭދޭމީހާ، ކަލޭގެފާނު ވަކިވެވަޑައިގަންނަވާށެވެ.
ذَٲلِكَ مَبۡلَغُهُم مِّنَ ٱلۡعِلۡمِۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِمَنِ ٱهۡتَدَىٰ 30
علمގެ ތެރެއިން އެއުރެންނަށް ލިބިފައިވާ މިންވަރަކީ އެއީއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން ފުރެދިގެންދިޔަމީހާ ދެނެވޮޑިގަތުން ބޮޑެވެ. އަދި އެކަލާނގެ، ތެދުމަގު ލިބިގަތްމީހާ ދެނެވޮޑިގަތުންވެސް ބޮޑުމެއެވެ.
وَلِلَّهِ مَا فِى ٱلسَّمَـٰوَٲتِ وَمَا فِى ٱلۡأَرۡضِ لِيَجۡزِىَ ٱلَّذِينَ أَسَـٰٓـُٔواْ بِمَا عَمِلُواْ وَيَجۡزِىَ ٱلَّذِينَ أَحۡسَنُواْ بِٱلۡحُسۡنَى 31
އަދި އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ اللَّهއަށެވެ. އެއީ ނުބައި عملކުޅަމީހުންނަށް އެއުރެންކުޅަ ނުބައި عملއަށް ޖަޒާދެއްވުމަށެވެ. އަދި ހެޔޮ عملކުޅަމީހުންނަށް ހެޔޮ ޖަޒާ ދެއްވުމަށެވެ.
ٱلَّذِينَ يَجۡتَنِبُونَ كَبَـٰٓٮِٕرَ ٱلۡإِثۡمِ وَٱلۡفَوَٲحِشَ إِلَّا ٱللَّمَمَۚ إِنَّ رَبَّكَ وَٲسِعُ ٱلۡمَغۡفِرَةِۚ هُوَ أَعۡلَمُ بِكُمۡ إِذۡ أَنشَأَكُم مِّنَ ٱلۡأَرۡضِ وَإِذۡ أَنتُمۡ أَجِنَّةٌ۬ فِى بُطُونِ أُمَّهَـٰتِكُمۡۖ فَلَا تُزَكُّوٓاْ أَنفُسَكُمۡۖ هُوَ أَعۡلَمُ بِمَنِ ٱتَّقَىٰٓ 32
އެއުރެންނީ، ކުދި ފާފަތައް ފިޔަވައި، ބޮޑު ފާފަތަކާއި، فاحشކަންތަކުން ދުރުވެގަންނަ މީހުންނެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުން ތަނަވަސް ރަސްކަލާނގެއެވެ. ތިޔަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިޔަބައިމީހުން ތިބިހިނދުގައިވެސް، އެކަލާނގެ ތިޔަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް ތާރީފުކޮށް فخرވެރިނުވާށެވެ! تقوىވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.
أَفَرَءَيۡتَ ٱلَّذِى تَوَلَّىٰ 33
إيمانކަމުން އެއްކިބާވެ (މުދަލުން) ކުޑަ އެތިކޮޅެއްދީ (އަނެއްބައި) ހިފެހެއްޓިމީހާ ފަހެ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވ
وَأَعۡطَىٰ قَلِيلاً۬ وَأَكۡدَىٰٓ 34
إيمانކަމުން އެއްކިބާވެ (މުދަލުން) ކުޑަ އެތިކޮޅެއްދީ (އަނެއްބައި) ހިފެހެއްޓިމީހާ ފަހެ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟
أَعِندَهُ ۥ عِلۡمُ ٱلۡغَيۡبِ فَهُوَ يَرَىٰٓ 35
ފަހެ، އޭނާޔަށް (އެކަން) އެނގުމަށް އޭނާޔަށް غيبގެ علم ލިބިފައިވަނީ ހެއްޔެވެ؟
أَمۡ لَمۡ يُنَبَّأۡ بِمَا فِى صُحُفِ مُوسَىٰ 36
ނުވަތަ موسىގެފާނުގެ ފަތްފުށްތަކުގައިވާ ތަކެތީގެ خبر އޭނާޔަށް ނުލިބެނީހެއްޔެވެ؟
وَإِبۡرَٲهِيمَ ٱلَّذِى وَفَّىٰٓ 37
އަދި (ހުރިހާ ކަންތައްތަކެއް) ފުރިހަމަގޮތުގައި ފުއްދެވި، إبراهيمގެފާނު (ގެ ފަތްފުށްތައް) ވެސްމެއެވެ.
أَلَّا تَزِرُ وَازِرَةٌ۬ وِزۡرَ أُخۡرَىٰ 38
އަދި ފާފަވެރި އެއްވެސް نفسއެއް، އެހެން نفسއެއްގެ ފާފަޔެއް ނުއުފުލާނެތެވެ.
وَأَن لَّيۡسَ لِلۡإِنسَـٰنِ إِلَّا مَا سَعَىٰ 39
އަދި އިންސާނާޔަށް އޭނާ ކުޅަ عملއެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ.
وَأَنَّ سَعۡيَهُ ۥ سَوۡفَ يُرَىٰ 40
އަދި ހަމަކަށަވަރުން، އޭނާ ކުޅަ عملއެއް ނިކަންހުރެ އޭނާ ދެކޭނެތެވެ.
ثُمَّ يُجۡزَٮٰهُ ٱلۡجَزَآءَ ٱلۡأَوۡفَىٰ 41
ދެން އޭނާ ކުޅަ عملއަށް އެންމެފުރިހަމަ ޖަޒާ ދެއްވާނެއެވެ.
وَأَنَّ إِلَىٰ رَبِّكَ ٱلۡمُنتَہَىٰ 42
އަދި އެނބުރި ދިއުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށެވެ.
وَأَنَّهُ ۥ هُوَ أَضۡحَكَ وَأَبۡكَىٰ 43
އަދި ހެއްވަވަނީވެސް، އަދި ރޮއްވަވަނީވެސް ހަމައެކަލާނގެއެވެ.
وَأَنَّهُ ۥ هُوَ أَمَاتَ وَأَحۡيَا 44
އަދި ހަމަކަށަވަރުން މަރުގަންނަވަނީވެސް، އަދި ދިރުއްވަނީވެސް ހަމައެކަލާނގެއެވެ.
وَأَنَّهُ ۥ خَلَقَ ٱلزَّوۡجَيۡنِ ٱلذَّكَرَ وَٱلۡأُنثَىٰ 45
އަދި ހަމަކަށަވަރުން رحمގެ ތެރެޔަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ.
مِن نُّطۡفَةٍ إِذَا تُمۡنَى 46
އަދި ހަމަކަށަވަރުން رحمގެ ތެރެޔަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ.
وَأَنَّ عَلَيۡهِ ٱلنَّشۡأَةَ ٱلۡأُخۡرَىٰ 47
އަދި ހަމަކަށަވަރުން (މަރުވުމަށްފަހު) އަލުން ދިރުއްވުންވަނީވެސް އެކަލާނގެއަށެވެ.
وَأَنَّهُ ۥ هُوَ أَغۡنَىٰ وَأَقۡنَىٰ 48
އަދި ހަމަކަށަވަރުން މުއްސަނދިކުރައްވަނީވެސް، އަދި فقيرކުރައްވަނީވެސް އެކަލާނގެއެވެ.
وَأَنَّهُ ۥ هُوَ رَبُّ ٱلشِّعۡرَىٰ 49
އަދި ހަމަކަށަވަރުން އެކަލާނގެއީ، الشعرىއޭ ކިއުނު ތަރީގެ ވެރިރަސްކަލާނގެއެވެ.
وَأَنَّهُ ۥۤ أَهۡلَكَ عَادًا ٱلۡأُولَىٰ 50
އަދި ހަމަކަށަވަރުން ކުރީގެ عادބާގައިމީހުން ހަލާކުކުރައްވައި ނެތިކުރެއްވީވެސް އެކަލާނގެއެވެ.
وَثَمُودَاْ فَمَآ أَبۡقَىٰ 51
އަދި ثمودބާގައިމީހުންގެ އެކަކުވެސް ނުބަހައްޓަވައި ހަލާކުކުރެއްވިއެވެ.
وَقَوۡمَ نُوحٍ۬ مِّن قَبۡلُۖ إِنَّہُمۡ كَانُواْ هُمۡ أَظۡلَمَ وَأَطۡغَىٰ 52
އަދި އޭގެކުރިން نوحގެފާނުގެ قومގެމީހުން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެންވީ އަނިޔާވެރިކަންބޮޑު، އަދި އުރެދުންބޮޑު ބަޔަކު ކަމުގައެވެ.
وَٱلۡمُؤۡتَفِكَةَ أَهۡوَىٰ 53
އަދި لوطބާގައިމީހުންގެ ރަށް ބަންޑުންޖައްސަވައި ވައްޓަވައިލެއްވިއެވެ.
فَغَشَّٮٰهَا مَا غَشَّى 54
ފަހެ، އެރަށަށް ޖެއްސެވި عذابއެއް ޖެއްސެވިއެވެ.
فَبِأَىِّ ءَالَآءِ رَبِّكَ تَتَمَارَىٰ 55
ފަހެ، ތިބާ شكކުރަނީ ތިބާގެ ވެރިރަސްކަލާނގެ نعمةތަކުގެ ތެރެއިން ކޮންކޮން نعمةއަކަށް ހެއްޔެވެ؟
هَـٰذَا نَذِيرٌ۬ مِّنَ ٱلنُّذُرِ ٱلۡأُولَىٰٓ 56
މިއީ (އެބަހީ: محمدގެފާނީ) އިސްވެދިޔަ نذيرންފަދަ نذيرއެކެވެ.
أَزِفَتِ ٱلۡأَزِفَةُ 57
قيامةދުވަސް ގާތްވެއްޖެއެވެ.
لَيۡسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ 58
اللَّهމެނުވީ އެދުވަސް ހާމަކުރާނޭ އެއްވެސްފަރާތެއް ނުވެއެވެ.
أَفَمِنۡ هَـٰذَا ٱلۡحَدِيثِ تَعۡجَبُونَ 59
ފަހެ، ތިޔަބައިމީހުން عجائبވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: قرآنއާމެދުގައި) ހެއްޔެވެ؟
وَتَضۡحَكُونَ وَلَا تَبۡكُونَ 60
ފަހެ، ތިޔަބައިމީހުން عجائبވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: قرآنއާމެދުގައި) ހެއްޔެވެ؟
وَأَنتُمۡ سَـٰمِدُونَ 61
އަދި ތިޔަބައިމީހުންވަނީ، ބޮޑާވެ غافلވެގެންނެވެ.
فَاسْجُدُوا لِلَّهِ وَاعْبُدُوا 62
ފަހެ، ތިޔަބައިމީހުން اللَّهއަށް سجدةކުރާށެވެ! (އަދި ހަމައެކަނި) އެކަލާނގެއަށް އަޅުކަންކުރާށެވެ!