30 ވަނަ ފޮތް بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
30 ވަނަ ފޮތް أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ 1 ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟
30 ވަނަ ފޮތް وَوَضَعۡنَا عَنكَ وِزۡرَكَ 2 އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ.
30 ވަނަ ފޮތް ٱلَّذِىٓ أَنقَضَ ظَهۡرَكَ 3 އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ.
30 ވަނަ ފޮތް وَرَفَعۡنَا لَكَ ذِكۡرَكَ 4 އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ.
30 ވަނަ ފޮތް فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا 5 ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.
30 ވަނަ ފޮތް فَإِذَا فَرَغۡتَ فَٱنصَبۡ 7 ފަހެ، ކަލޭގެފާނު (دينއަށް ގޮވައިލެއްވުމުގެ މަސައްކަތުން) އަވަދިވެވަޑައިގަންނަވާހިނދު، ފަހެ، ކަލޭގެފާނު (އަޅުކަން ކުރެއްވުމުގައި) ވަރުބަލިވެ ވަޑައިގަންނަވާށެވެ!
30 ވަނަ ފޮތް وَإِلَىٰ رَبِّكَ فَٱرۡغَب 8 އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ!