بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِى خَلَقَ 1
ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسمފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ.
خَلَقَ ٱلۡإِنسَـٰنَ مِنۡ عَلَقٍ 2
ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ.
ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ 3
ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.
ٱلَّذِى عَلَّمَ بِٱلۡقَلَمِ 4
އެކަލާނގެއީ، قلمން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ.
عَلَّمَ ٱلۡإِنسَـٰنَ مَا لَمۡ يَعۡلَمۡ 5
އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.
كَلَّآ إِنَّ ٱلۡإِنسَـٰنَ لَيَطۡغَىٰٓ 6
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ.
أَن رَّءَاهُ ٱسۡتَغۡنَىٰٓ 7
އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ.
إِنَّ إِلَىٰ رَبِّكَ ٱلرُّجۡعَىٰٓ 8
ހަމަކަށަވަރުން، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށެވެ.
أَرَءَيۡتَ ٱلَّذِى يَنۡهَىٰ 9
އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟
عَبۡدًا إِذَا صَلَّىٰٓ 10
އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟
أَرَءَيۡتَ إِن كَانَ عَلَى ٱلۡهُدَىٰٓ 11
ތިބާ خبرދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ تقوىވެރިވުމަށް أمرކުރިނަމަވެސް ހެއްޔެވެ؟
أَوۡ أَمَرَ بِٱلتَّقۡوَىٰٓ 12
ތިބާ خبرދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ تقوىވެރިވުމަށް أمرކުރިނަމަވެސް ހެއްޔެވެ؟
أَرَءَيۡتَ إِن كَذَّبَ وَتَوَلَّىٰٓ 13
ތިބާ خبرދީ ބަލާށެވެ! އޭނާ ދޮގުކޮށް ފުރަގަސްދިންނަމަވެސް ހެއްޔެވެ؟
أَلَمۡ يَعۡلَم بِأَنَّ ٱللَّهَ يَرَىٰ 14
ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟
كَلَّا لَٮِٕن لَّمۡ يَنتَهِ لَنَسۡفَعَۢا بِٱلنَّاصِيَةِ 15
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.
نَاصِيَةٍ۬ كَـٰذِبَةٍ خَاطِئَةٍ۬ 16
އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ.
فَلۡيَدۡعُ نَادِيَهُ ۥ 17
ފަހެ، އޭނާޔާއެކު جلسةކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ!
سَنَدۡعُ ٱلزَّبَانِيَةَ 18
ނިކަންހުރެ ތިމަންރަސްކަލާނގެ زبانىّ ملائكةންނަށް ގޮވައިލައްވާހުށީމެވެ.
كَلَّا لَا تُطِعۡهُ وَٱسۡجُدۡ وَٱقۡتَرِب 19
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި سجدةކުރައްވައި ނަމާދު ކުރައްވާށެވެ! އަދި (اللَّه ގެ حضرةއަށް) ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!