بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
وَٱلشَّمۡسِ وَضُحَٮٰهَا 1
އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ.
وَٱلۡقَمَرِ إِذَا تَلَٮٰهَا 2
އަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ.
وَٱلنَّہَارِ إِذَا جَلَّٮٰهَا 3
އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ.
وَٱلَّيۡلِ إِذَا يَغۡشَٮٰهَا 4
އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
وَٱلسَّمَآءِ وَمَا بَنَٮٰهَا 5
އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ.
وَٱلۡأَرۡضِ وَمَا طَحَٮٰهَا 6
އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ.
وَنَفۡسٍ۬ وَمَا سَوَّٮٰهَا 7
އަދި نفسއާއި، އެ نفسފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ.
فَأَلۡهَمَهَا فُجُورَهَا وَتَقۡوَٮٰهَا 8
ފަހެ، އެކަލާނގެ އެ نفسއަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ.
قَدۡ أَفۡلَحَ مَن زَكَّٮٰهَا 9
އެ نفس طاهرކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
وَقَدۡ خَابَ مَن دَسَّٮٰهَا 10
އަދި އެ نفسއަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.
كَذَّبَتۡ ثَمُودُ بِطَغۡوَٮٰهَآ 11
ثمودބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ.
إِذِ ٱنۢبَعَثَ أَشۡقَٮٰهَا 12
އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ.
فَقَالَ لَهُمۡ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقۡيَـٰهَا 13
ފަހެ، އެއުރެންނަށް اللَّهގެ رسولއާ (އެބަހީ: صالحގެފާނު) ވިދާޅުވިއެވެ. اللَّهގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ!
فَكَذَّبُوهُ فَعَقَرُوهَا فَدَمۡدَمَ عَلَيۡهِمۡ رَبُّهُم بِذَنۢبِهِمۡ فَسَوَّٮٰهَا 14
ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذابގައި ހަމަހަމަ ކުރެއްވިއެވެ.
وَلَا يَخَافُ عُقۡبَـٰهَا 15
އަދި އެ عذابގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ.