بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
وَيۡلٌ۬ لِّلۡمُطَفِّفِينَ 1
މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ.
ٱلَّذِينَ إِذَا ٱكۡتَالُواْ عَلَى ٱلنَّاسِ يَسۡتَوۡفُونَ 2
އެއުރެންނީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ.
وَإِذَا كَالُوهُمۡ أَو وَّزَنُوهُمۡ يُخۡسِرُونَ 3
އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ.
أَلَا يَظُنُّ أُوْلَـٰٓٮِٕكَ أَنَّہُم مَّبۡعُوثُونَ 4
ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން يقين ނުކުރަނީ ހެއްޔެވެ؟
لِيَوۡمٍ عَظِيمٍ۬ 5
ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން يقين ނުކުރަނީ ހެއްޔެވެ؟
يَوۡمَ يَقُومُ ٱلنَّاسُ لِرَبِّ ٱلۡعَـٰلَمِينَ 6
(އެއީ) عالمތަކުގެ ވެރިރަސްކަލާނގެ حضرةގައި މީސްތަކުން قائمވެ ތިބޭނޭ ދުވަހެވެ.
كَلَّآ إِنَّ كِتَـٰبَ ٱلۡفُجَّارِ لَفِى سِجِّينٍ۬ 7
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ނުލަފާ كافرންގެ عملތަކުގެ ފަތްވަނީ سِجّينގައިކަން ކަށަވަރެވެ.
وَمَآ أَدۡرَٮٰكَ مَا سِجِّينٌ۬ 8
سِجّينއަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
كِتَـٰبٌ۬ مَّرۡقُومٌ۬ 9
(އެއީ) ލިޔުއްވައި، ފާހަގަކުރައްވާފައިވާ ފޮތެކެވެ.
وَيۡلٌ۬ يَوۡمَٮِٕذٍ۬ لِّلۡمُكَذِّبِينَ 10
ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
ٱلَّذِينَ يُكَذِّبُونَ بِيَوۡمِ ٱلدِّينِ 11
އެއުރެންނީ، قيامةދުވަސް ދޮގުކުރާ މީހުންނެވެ.
وَمَا يُكَذِّبُ بِهِۦۤ إِلَّا كُلُّ مُعۡتَدٍ أَثِيمٍ 12
ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ ކޮންމެ މީހަކު މެނުވީ، އެދުވަސް ދޮގެއް ނުކުރާނެތެވެ.
إِذَا تُتۡلَىٰ عَلَيۡهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلۡأَوَّلِينَ 13
ތިމަންރަސްކަލާނގެ آيةތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ.
كَلَّاۖ بَلۡۜ رَانَ عَلَىٰ قُلُوبِہِم مَّا كَانُواْ يَكۡسِبُونَ 14
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عملތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.
كَلَّآ إِنَّہُمۡ عَن رَّبِّہِمۡ يَوۡمَٮِٕذٍ۬ لَّمَحۡجُوبُونَ 15
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ حضرةން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ.
ثُمَّ إِنَّہُمۡ لَصَالُواْ ٱلۡجَحِيمِ 16
ދެން ހަމަކަށަވަރުން، އެއުރެން ނަރަކަޔަށް ވަންނާނެކަން ކަށަވަރެވެ.
ثُمَّ يُقَالُ هَـٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ 17
ދެން (އެއުރެންނަށް) އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ކަންތަކަކީ މިއީއެވެ.
كَلَّآ إِنَّ كِتَـٰبَ ٱلۡأَبۡرَارِ لَفِى عِلِّيِّينَ 18
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ހެޔޮލަފާ މީހުންގެ عملތަކުގެ ފަތްވަނީ عِلّـيّونގައި ކަންކަށަވަރެވެ.
وَمَآ أَدۡرَٮٰكَ مَا عِلِّيُّونَ 19
عِلـيّونއަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
كِتَـٰبٌ۬ مَّرۡقُومٌ۬ 20
(އެއީ) ލިޔުއްވައި ފާހަގަކުރައްވާފައިވާ ފޮތެކެވެ.
يَشۡہَدُهُ ٱلۡمُقَرَّبُونَ 21
ކުއްތަންކުރައްވާފައިވާ ملائكةން އެ ފޮތް ދެކެވަޑައިގަންނަވާނެތެވެ.
إِنَّ ٱلۡأَبۡرَارَ لَفِى نَعِيمٍ 22
ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمةގެ ސުވަރުގޭގައިކަން ކަށަވަރެވެ.
عَلَى ٱلۡأَرَآٮِٕكِ يَنظُرُونَ 23
ދާންތަކުގެ މަތީގައި (نعمةތަކަށް) ބަލަބަލައެވެ.
تَعۡرِفُ فِى وُجُوهِهِمۡ نَضۡرَةَ ٱلنَّعِيمِ 24
އެއުރެންގެ މޫނުތަކުގެމަތިން، نعمةގެ އުފާވެރިކަން ތިބާޔަށް އެނގޭނެތެވެ.
يُسۡقَوۡنَ مِن رَّحِيقٍ۬ مَّخۡتُومٍ 25
ސިއްކަގައްސަވައި ބަންދުކުރައްވާފައިވާ (މަސްތުވުމެއްނެތް) ސާފު ރާގެ ބުއިމަކުން، އެއުރެންނަށް ބޯންދެއްވާނެތެވެ.
خِتَـٰمُهُ ۥ مِسۡكٌ۬ۚ وَفِى ذَٲلِكَ فَلۡيَتَنَافَسِ ٱلۡمُتَنَـٰفِسُونَ 26
އެބުއިން ނިމޭހުށީ، ކަސްތޫރި ވަހުންނެވެ. ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ!
وَمِزَاجُهُ ۥ مِن تَسۡنِيمٍ 27
އެއާ އެއްކުރައްވާފައިވަނީ تسنيمއެވެ.(އެބަހީ: ސުވަރުގޭގައިވާ އާރެއްގެ ފެނެވެ.)
عَيۡنً۬ا يَشۡرَبُ بِہَا ٱلۡمُقَرَّبُونَ 28
(އެއީ) ކުއްތަންވެގެންވާ އަޅުން އެއިން ބޯނޭ އާރެކެވެ.
إِنَّ ٱلَّذِينَ أَجۡرَمُواْ كَانُواْ مِنَ ٱلَّذِينَ ءَامَنُواْ يَضۡحَكُونَ 29
ހަމަކަށަވަރުން، ކުށްވެރި، ފާފަވެރިން (ދުނިޔޭގައި) إيمانވި މީހުންނާ ދިމާޔަށް (މަލާމާތުގެގޮތުން) ހީނއުޅޭ ކަމުގައިވޫއެވެ.
وَإِذَا مَرُّواْ بِہِمۡ يَتَغَامَزُونَ 30
އަދި އެއުރެން އެ مؤمنންގެ ކައިރިންދާހިނދު، ލޮލުގެ إشارةން ފުރައްސާރަ ކުރެތެވެ.
وَإِذَا ٱنقَلَبُوٓاْ إِلَىٰٓ أَهۡلِهِمُ ٱنقَلَبُواْ فَكِهِينَ 31
އަދި އެއުރެންގެ أهلވެރިންގެގާތަށް އެނބުރިދާހިނދު، ހީނސަމާސާ ކުރަމުންދެއެވެ.
وَإِذَا رَأَوۡهُمۡ قَالُوٓاْ إِنَّ هَـٰٓؤُلَآءِ لَضَآلُّونَ 32
އަދި އެއުރެން مؤمنން ދެކޭހިނދު ބުނެތެވެ. ހަމަކަށަވަރުން، މިބައިމީހުންނީ، މަގު ގެއްލިފައިވާ ބަޔެއްކަން ކަށަވަރެވެ.
وَمَآ أُرۡسِلُواْ عَلَيۡہِمۡ حَـٰفِظِينَ 33
އަދި مؤمنންގެ މައްޗަށް ރައްކާތެރިވެ، ބަލަހައްޓާ ބަޔަކު ކަމުގައި އެ كافرން ފޮނުއްވާފައެއް ނުވެއެވެ.
فَٱلۡيَوۡمَ ٱلَّذِينَ ءَامَنُواْ مِنَ ٱلۡكُفَّارِ يَضۡحَكُونَ 34
ފަހެ، إيمانވި މީހުން މިއަދު كافرންނާ ދިމާޔަށް ހޭނެތެވެ.
عَلَى ٱلۡأَرَآٮِٕكِ يَنظُرُونَ 35
ދާންތަކުގެ މަތީގައި (نعمةތަކަށް) ބަލަންތިބޭ ޙާލުގައެވެ.
هَلۡ ثُوِّبَ ٱلۡكُفَّارُ مَا كَانُواْ يَفۡعَلُونَ 36
كافرންނަށް އެއުރެން ކޮށްއުޅުނު ކަންތަކަށް ޖަޒާ ލިބިއްޖެ ހެއްޔެވެ؟