بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
وَٱلنَّـٰزِعَـٰتِ غَرۡقً۬ا 1
ގަދަފަދަވެގެންވާ ގޮތުގައި (كافرންގެ) ފުރާނަތައް ގެންދަވާ ملائكةން ގަންދެއްވަމެވެ.
وَٱلنَّـٰشِطَـٰتِ نَشۡطً۬ا 2
އަދި އޯގާވެރިކަމާއި، ފަސޭހަކަމާއެކު (مؤمنންގެ) ފުރާނަތައް ގެންދަވާ ملائكةން ގަންދެއްވަމެވެ.
وَٱلسَّـٰبِحَـٰتِ سَبۡحً۬ا 3
އަދި ކަލާނގެ أمرފުޅުތަކާއިގެން ދަތުރުކުރައްވާ ملائكةން ގަންދެއްވަމެވެ.
فَٱلسَّـٰبِقَـٰتِ سَبۡقً۬ا 4
އަދި (مؤمنންގެ) ފުރާނަތަކާއިގެން ކުރިއަރައިދާ ملائكةންނާއިއެވެ.
فَٱلۡمُدَبِّرَٲتِ أَمۡرً۬ا 5
އަދި (ދުނިޔޭގެ) ކަންތައްތައް تدبيرކުރެއްވުމުގައި އުޅުއްވާ ملائكةންނާއިއެވެ.
يَوۡمَ تَرۡجُفُ ٱلرَّاجِفَةُ 6
(ތާޅަފިލި ފުރަތަމަފަހަރު ފުންމަވައިލެއްވުމުން) ބިންގަނޑު ހެލިގެންދާ ދުވަހެވެ.
تَتۡبَعُهَا ٱلرَّادِفَةُ 7
އެއާ ވިދިގެން އޭގެފަހަތުން ދެވަނަ ފުންމެވުން ފުންމަވާ ދުވަހެވެ.
قُلُوبٌ۬ يَوۡمَٮِٕذٍ۬ وَاجِفَةٌ 8
އެދުވަހުން ބިރުގެންފައިވާ ހިތްތަކެއް ވެއެވެ.
أَبۡصَـٰرُهَا خَـٰشِعَةٌ۬ 9
އެއުރެންގެ ލޯތައް ތިރިވެ ނިކަމެތިވެގެންވެއެވެ.
يَقُولُونَ أَءِنَّا لَمَرۡدُودُونَ فِى ٱلۡحَافِرَةِ 10
އެއުރެން ބުނެތެވެ. އިހުއުޅުނު ދުނިޔޭގެ ދިރިއުޅުމަށް، އަލުން ރައްދުކުރައްވާނޭ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެން ވާނޭހެއްޔެވެ؟
أَءِذَا كُنَّا عِظَـٰمً۬ا نَّخِرَةً۬ 11
ފީވެ، އަޅިޔަށްވެފައިވާ ކަށިތަކެއް ކަމުގައި، ތިމަންމެން ވުމަށްފަހުގައިވެސް ހެއްޔެވެ؟
قَالُواْ تِلۡكَ إِذً۬ا كَرَّةٌ خَاسِرَةٌ۬ 12
އެއުރެން ބުނޫއެވެ. އެހެންވިއްޔާ އެއީ، ގެއްލެނިވެގެންވާ އެނބުރި ދިޔުމެކެވެ.
فَإِنَّمَا هِىَ زَجۡرَةٌ۬ وَٲحِدَةٌ۬ 13
ފަހެ، އެކަންތައްވާކަން ކަށަވަރީ، އެންމެ ފުމެލެއްވުމެއްގެ އަޑު ކަމުގައެވެ.
فَإِذَا هُم بِٱلسَّاهِرَةِ 14
ފަހެ، އެހާރުން އެންމެން ތިބޭހުށީ، އަލުން ދިރި، محشرބިމުގައެވެ.
هَلۡ أَتَٮٰكَ حَدِيثُ مُوسَىٰٓ 15
موسىގެފާނުގެ ވާހަކަ ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
إِذۡ نَادَٮٰهُ رَبُّهُ ۥ بِٱلۡوَادِ ٱلۡمُقَدَّسِ طُوًى 16
طوىއޭ ކިޔުނު مقدّس ވާދީގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނަށް ނިދާ އިއްވެވި ހިނދެވެ.
ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُ ۥ طَغَىٰ 17
فرعونގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ.
فَقُلۡ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ 18
އަދި ކަލޭގެފާނު (އޭނާޔަށް) ވިދާޅުވާށެވެ! كافرކަމުން طاهرވެގަތުމަށް ކަލޭ އެދެމުހެއްޔެވެ؟
وَأَهۡدِيَكَ إِلَىٰ رَبِّكَ فَتَخۡشَىٰ 19
އަދި ތިބާގެ ވެރިރަސްކަލާނގެ حضرةއަށް އަހުރެން މަގު ދެއްކުމަށްވެސް މެއެވެ. އެއީ (އެކަލާނގެއަށް) ތިބާ ބިރުވެތިވުމަށްޓަކައެވެ.
فَأَرَٮٰهُ ٱلۡأَيَةَ ٱلۡكُبۡرَىٰ 20
ފަހެ، އެކަލޭގެފާނު، އޭނާޔަށް ބޮޑުވެގެންވާ معجزة ދެއްކެވިއެވެ.
فَكَذَّبَ وَعَصَىٰ 21
ފަހެ، އޭނާ ދޮގުކުރިއެވެ. އަދި އުރެދުނެވެ.
ثُمَّ أَدۡبَرَ يَسۡعَىٰ 22
ދެން އޭނާ އެނބުރި، ފުރަގަސްދީ (ދެކޮޅުވެރިކަމުގެ) މަސައްކަތް ކުރަންފެށިއެވެ.
فَحَشَرَ فَنَادَىٰ 23
ފަހެ، (އޭނާގެ لشكر) އެއްކުޅައެވެ. އަދި ގޮވައިލިއެވެ.
فَقَالَ أَنَا۟ رَبُّكُمُ ٱلۡأَعۡلَىٰ 24
ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.
فَأَخَذَهُ ٱللَّهُ نَكَالَ ٱلۡأَخِرَةِ وَٱلۡأُولَىٰٓ 25
ދެން آخرةއާއި، ދުނިޔޭގެ عقوباتއެއްގެ ގޮތުން اللَّه އޭނާ ހިއްޕެވިއެވެ.
إِنَّ فِى ذَٲلِكَ لَعِبۡرَةً۬ لِّمَن يَخۡشَىٰٓ 26
ބިރުވެތިވާ މީހަކަށް ހަމަކަށަވަރުން، އެކަމުގައި عبرةއެއްވާކަން ކަށަވަރެވެ.
ءَأَنتُمۡ أَشَدُّ خَلۡقًا أَمِ ٱلسَّمَآءُۚ بَنَٮٰهَا 27
ހެއްދެވުމުގައި އުނދަގޫކަންބޮޑީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްޔެވެ؟ އެ އުޑު ބިނާކުރެއްވީ އެކަލާނގެއެވެ.
رَفَعَ سَمۡكَهَا فَسَوَّٮٰهَا 28
އެކަލާނގެ އެ އުޑުގެ ބިނާ އުފުއްލެވިއެވެ. ދެން އެ އުޑު ފުރިހަމަކުރެއްވިއެވެ.
وَأَغۡطَشَ لَيۡلَهَا وَأَخۡرَجَ ضُحَٮٰهَا 29
އަދި އެ އުޑުގެ ރޭގަނޑު އަނދިރިކުރެއްވިއެވެ. އަދި އެ އުޑުގެ ދުވާލު ފާޅުކުރެއްވިއެވެ.
وَٱلۡأَرۡضَ بَعۡدَ ذَٲلِكَ دَحَٮٰهَآ 30
އެއަށްފަހު، ބިން ފެތުރުއްވިއެވެ.
أَخۡرَجَ مِنۡہَا مَآءَهَا وَمَرۡعَٮٰهَا 31
އެ ބިމުގެ ފެނާއި، ފަތްޕިލާވެލި، އެ ބިމުން ނެރުއްވިއެވެ.
وَٱلۡجِبَالَ أَرۡسَٮٰهَا 32
އަދި ފަރުބަދަތައް (އެ ބިމުގައި) ހަރުލެއްވިއެވެ.
مَتَـٰعً۬ا لَّكُمۡ وَلِأَنۡعَـٰمِكُمۡ 33
(އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ نعمސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ.
فَإِذَا جَآءَتِ ٱلطَّآمَّةُ ٱلۡكُبۡرَىٰ 34
ފަހެ، ބޮޑުވެގެންވާ ކަންތައްގަނޑު އަންނަހިނދެވެ. (އެބަހީ: قيامةދުވަސް އަންނަހިނދެވެ.)
يَوۡمَ يَتَذَكَّرُ ٱلۡإِنسَـٰنُ مَا سَعَىٰ 35
އިންސާނާ ކުޅަހާ ކަމެއް، ހަނދުމަވާ ދުވަހެވެ.
وَبُرِّزَتِ ٱلۡجَحِيمُ لِمَن يَرَىٰ 36
އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ.
فَأَمَّا مَن طَغَىٰ 37
ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ!
وَءَاثَرَ ٱلۡحَيَوٰةَ ٱلدُّنۡيَا 38
ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ!
فَإِنَّ ٱلۡجَحِيمَ هِىَ ٱلۡمَأۡوَىٰ 39
ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ.
وَأَمَّا مَنۡ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ 40
އަދި އެމީހާގެ ވެރިރަސްކަލާނގެ حضرةގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ!
فَإِنَّ ٱلۡجَنَّةَ هِىَ ٱلۡمَأۡوَىٰ 41
ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.
يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَٮٰهَا 42
قيامةގެ وقت އަންނާނީ ކޮންއިރަކުންކަމާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ.
فِيمَ أَنتَ مِن ذِكۡرَٮٰهَآ 43
އެކަން بيانކޮށްދެއްވުމަކީ، ކަލޭގެފާނަށް (ކުރެއްވެން) އޮތްކަމެއްތޯއެވެ؟
إِلَىٰ رَبِّكَ مُنتَہَٮٰهَآ 44
އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ.
إِنَّمَآ أَنتَ مُنذِرُ مَن يَخۡشَٮٰهَا 45
ކަލޭގެފާނުވާކަން ކަށަވަރީ، އެދުވަހަށް ބިރުވެތިވާ މީހަކަށް إنذارކުރައްވާ ބޭކަލަކު ކަމުގައެވެ.
كَأَنَّہُمۡ يَوۡمَ يَرَوۡنَہَا لَمۡ يَلۡبَثُوٓاْ إِلَّا عَشِيَّةً أَوۡ ضُحَٮٰهَا 46
އެއުރެން އެކަންތައް ދެކޭދުވަހު، ހަވީރެއް، ނުވަތަ ހެނދުނެއްގައި މެނުވީ، އެއުރެން ލަސްވެ ނުތިބޭކަހަލައެވެ.