بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
حمٓ 1
ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)
وَٱلۡڪِتَـٰبِ ٱلۡمُبِينِ 2
بيانވެގެންވާ ފޮތް ގަންދެއްވައި وحىކުރައްވަމެވެ.
إِنَّآ أَنزَلۡنَـٰهُ فِى لَيۡلَةٍ۬ مُّبَـٰرَكَةٍۚ إِنَّا كُنَّا مُنذِرِينَ 3
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، إنذارކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.
فِيہَا يُفۡرَقُ كُلُّ أَمۡرٍ حَكِيمٍ 4
އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ.
أَمۡرً۬ا مِّنۡ عِندِنَآۚ إِنَّا كُنَّا مُرۡسِلِينَ 5
(އެއީ) ތިމަންރަސްކަލާނގެ حضرةން އައި أمرއެއް ކަމުގައެވެ. ހަމަކަށަވަރުން، رسولން ފޮނުއްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.
رَحۡمَةً۬ مِّن رَّبِّكَۚ إِنَّهُ ۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ 6
(އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ފޮނުއްވާ رحمةއެއް ކަމުގައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
رَبِّ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَآۖ إِن كُنتُم مُّوقِنِينَ 7
(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން يقينކުރާ ބަޔަކު ކަމުގައިވާނަމައެވެ.
لَآ إِلَـٰهَ إِلَّا هُوَ يُحۡىِۦ وَيُمِيتُۖ رَبُّكُمۡ وَرَبُّ ءَابَآٮِٕكُمُ ٱلۡأَوَّلِينَ 8
އެކަލާނގެ މެނުވީ އެހެން إلهއަކުނުވެއެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ އެކަލާނގެއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ.
بَلۡ هُمۡ فِى شَكٍّ۬ يَلۡعَبُونَ 9
އަދި ކިއެއްތަ! އެއުރެން شكކަމެއްގައި ކުޅެކުޅެ ތިބެތެވެ.
فَٱرۡتَقِبۡ يَوۡمَ تَأۡتِى ٱلسَّمَآءُ بِدُخَانٍ۬ مُّبِينٍ۬ 10
ފަހެ، ފާޅުވެގެންވާ ދުމަކާއިގެން އުޑު އަންނަނިވި ދުވަހަށް انتظارކުރާށެވެ!
يَغۡشَى ٱلنَّاسَۖ هَـٰذَا عَذَابٌ أَلِيمٌ۬ 11
އެ، ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެއުރެން ބުނާނެތެވެ.) މިއީ ވޭންދެނިވި عذاب އެކެވެ.
رَّبَّنَا ٱكۡشِفۡ عَنَّا ٱلۡعَذَابَ إِنَّا مُؤۡمِنُونَ 12
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން عذابފިއްލަވާނދޭވެ! ހަމަކަށަވަރުން، އަޅަމެން إيمانވާހުށީމުއެވެ.
أَنَّىٰ لَهُمُ ٱلذِّكۡرَىٰ وَقَدۡ جَآءَهُمۡ رَسُولٌ۬ مُّبِينٌ۬ 13
އެއުރެން نصيحةލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އެއުރެންގެ ގާތަށް ބަޔާންވެގެންވާ رسولއަކު ވަނީ ވަޑައިގެންފައެވެ.
ثُمَّ تَوَلَّوۡاْ عَنۡهُ وَقَالُواْ مُعَلَّمٌ۬ مَّجۡنُونٌ 14
ދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދިނޫއެވެ. އަދި އެއުރެން ބުނޫއެވެ. އެކަލޭގެފާނީ، އުނގަންނައިދެވިފައިވާ މޮޔައެކެވެ.
إِنَّا كَاشِفُواْ ٱلۡعَذَابِ قَلِيلاًۚ إِنَّكُمۡ عَآٮِٕدُونَ 15
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޑަހިނދުކޮޅަކަށް عذاب ފިއްލަވާހުށީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ، (كافرކަމަށް) އެނބުރި އަންނާނޭ ބަޔެކެވެ.
يَوۡمَ نَبۡطِشُ ٱلۡبَطۡشَةَ ٱلۡكُبۡرَىٰٓ إِنَّا مُنتَقِمُونَ 16
ބޮޑުވެގެންވާ، ގަދަފަދަ ހިއްޕެވުމަކުން ތިމަންރަސްކަލާނގެ ހިއްޕަވާ ދުވަސް ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (އެއުރެންގެ ކިބައިން އެދުވަހުން) ބަދަލުހިއްޕަވާހުށީމެވެ.
۞ وَلَقَدۡ فَتَنَّا قَبۡلَهُمۡ قَوۡمَ فِرۡعَوۡنَ وَجَآءَهُمۡ رَسُولٌ۬ ڪَرِيمٌ 17
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކުރިން فرعونގެ قومގެމީހުން امتحانކުރެއްވީމެވެ. އަދި އެއުރެންގެގާތަށް މާތްވެގެންވާ رسولއަކު ވަޑައިގަތެވެ.
أَنۡ أَدُّوٓاْ إِلَىَّ عِبَادَ ٱللَّهِۖ إِنِّى لَكُمۡ رَسُولٌ أَمِينٌ۬ 18
(ވިދާޅުވަމުންނެވެ.) އޭ اللَّهގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނަށް تَبعވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި އަމާނާތްތެރި رسولއަކީމެވެ.
وَأَن لَّا تَعۡلُواْ عَلَى ٱللَّهِۖ إِنِّىٓ ءَاتِيكُم بِسُلۡطَـٰنٍ۬ مُّبِينٍ۬ 19
އަދި (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّهގެ މައްޗަށް ބޮޑާވެނުގަންނަހުށިކަމެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ބަޔާންވެގެންވާ دليلއެއް ގެންނަވާހުށީމެވެ.
وَإِنِّى عُذۡتُ بِرَبِّى وَرَبِّكُمۡ أَن تَرۡجُمُونِ 20
ތިޔަބައިމީހުން ތިމަންކަލޭގެފާނު رجمކުރުމުން ސަލާމަތްކުރެއްވުންއެދި ތިމަންގެ ވެރި، އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ حضرةން، ހަމަކަށަވަރުން، ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ.
وَإِن لَّمۡ تُؤۡمِنُواْ لِى فَٱعۡتَزِلُونِ 21
އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް إيمان ނުވިނަމަ، ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނާ ވަކިވާށެވެ!
فَدَعَا رَبَّهُ ۥۤ أَنَّ هَـٰٓؤُلَآءِ قَوۡمٌ۬ مُّجۡرِمُونَ 22
ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އެކަލޭގެފާނު دعاءކުރައްވައި ވިދާޅުވިއެވެ. މިބައިމީހުންނީ ކުށްވެރިވެގެންވާ ބަޔެކެވެ.
فَأَسۡرِ بِعِبَادِى لَيۡلاً إِنَّڪُم مُّتَّبَعُونَ 23
(އެކަލާނގެ وحىކުރެއްވިއެވެ.) ފަހެ، ތިމަންރަސްކަލާނގެ އަޅުތަކުންނާއިގެން ރޭގަނޑެއްގައި ކަލޭގެފާނު ހިންގަވައި ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން (فرعونއާއި، އޭނާގެ لشكر) އަންނާނެތެވެ.
وَٱتۡرُكِ ٱلۡبَحۡرَ رَهۡوًاۖ إِنَّہُمۡ جُندٌ۬ مُّغۡرَقُونَ 24
އަދި ކަނޑު އެއޮތްގޮތަށް (އެބަހީ: އެ ކަނޑު އިރުއްވެވިގޮތަށް) ހިމޭންކަމާއެކު ދޫކޮށްލައްވާށެވެ. ހަމަކަށަވަރުން، އެއުރެންނީ غرقކުރައްވާނޭ لشكرއެކެވެ.
كَمۡ تَرَكُواْ مِن جَنَّـٰتٍ۬ وَعُيُونٍ۬ 25
ކިތައްކިތައް ބަގީޗާއާއި، ކިތައްކިތައް އާރު، އެއުރެން ދޫކުރިހެއްޔެވެ؟
وَزُرُوعٍ۬ وَمَقَامٍ۬ كَرِيمٍ۬ 26
އަދި ދަނޑުތަކާއި، ރީތި ގޭގެވެސްމެއެވެ.
وَنَعۡمَةٍ۬ كَانُواْ فِيہَا فَـٰكِهِينَ 27
އަދި އުފަލުގައި އެއުރެން ދިރިއުޅުނުކަމުގައިވި نعمةގެ ތަނަވަސް ދިރިއުޅުމެވެ.
كَذَٲلِكَۖ وَأَوۡرَثۡنَـٰهَا قَوۡمًا ءَاخَرِينَ 28
(ކަންތައްހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެތަކެތި އެހެންބަޔަކަށް ވާރުތަކުރެއްވީމެވެ.
فَمَا بَكَتۡ عَلَيۡہِمُ ٱلسَّمَآءُ وَٱلۡأَرۡضُ وَمَا كَانُواْ مُنظَرِينَ 29
ފަހެ، އެއުރެންގެ މައްޗަކަށް އުޑެއްވެސް، އަދި ބިމެއްވެސް (ހިތާމަކޮށް) ނުރޮއެވެ. އަދި އެއުރެންނީ مهلةދެއްވާފައިވާ ބަޔަކުކަމުގައި ނުވެތެވެ.
وَلَقَدۡ نَجَّيۡنَا بَنِىٓ إِسۡرَٲٓءِيلَ مِنَ ٱلۡعَذَابِ ٱلۡمُهِينِ 30
ހަމަކަށަވަރުން، ނިކަމެތިކަންދެނިވި عذابން، ތިމަންރަސްކަލާނގެ إسـرآءيـلގެދަރިން މިންޖުކުރެއްވީމެވެ.
مِن فِرۡعَوۡنَۚ إِنَّهُ ۥ كَانَ عَالِيً۬ا مِّنَ ٱلۡمُسۡرِفِينَ 31
(އެއީ) فرعونގެ ކިބައިންނެވެ. ހަމަކަށަވަރުން (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިން ކިބުރުވެރިޔަކު ކަމުގައި އޭނާ ވިއެވެ.
وَلَقَدِ ٱخۡتَرۡنَـٰهُمۡ عَلَىٰ عِلۡمٍ عَلَى ٱلۡعَـٰلَمِينَ 32
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގަތުމުގެމަތިން عالمތަކުގެ މައްޗަށް އެއުރެން خيارކުރެއްވީމެވެ.
وَءَاتَيۡنَـٰهُم مِّنَ ٱلۡأَيَـٰتِ مَا فِيهِ بَلَـٰٓؤٌ۬اْ مُّبِينٌ 33
އަދި ބަޔާންވެގެންވާ امتحانއެއް އޭގައި އެކުލެވިގެންވާ ހެކިތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ.
إِنَّ هَـٰٓؤُلَآءِ لَيَقُولُونَ 34
ހަމަކަށަވަރުން، މިބައިމީހުން ބުނާކަން ކަށަވަރެވެ.
إِنۡ هِىَ إِلَّا مَوۡتَتُنَا ٱلۡأُولَىٰ وَمَا نَحۡنُ بِمُنشَرِينَ 35
އެއީ ތިމަންމެންގެ ފުރަތަމަ މަރުކަމުގައިމެނުވީ ނުވެތެވެ. އަދި ތިމަންމެންނީ، އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކުކަމުގައި ނުވަމުއެވެ.
فَأۡتُواْ بِـَٔابَآٮِٕنَآ إِن كُنتُمۡ صَـٰدِقِينَ 36
ފަހެ، ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ތިމަންމެންގެ ކާބަފައިން (ދިރުވައި) ގެނެސްބަލާށެވެ!
أَهُمۡ خَيۡرٌ أَمۡ قَوۡمُ تُبَّعٍ۬ وَٱلَّذِينَ مِن قَبۡلِهِمۡۚ أَهۡلَكۡنَـٰهُمۡۖ إِنَّہُمۡ كَانُواْ مُجۡرِمِينَ 37
ރަނގަޅީ އެއުރެން ހެއްޔެވެ؟ ނުވަތަ تُبّعގެ قومގެމީހުންނާއި، އެއުރެންގެ ކުރިންއުޅުނު މީހުން ހެއްޔެވެ؟ ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ ކުށްވެރިން ކަމުގައެވެ.
وَمَا خَلَقۡنَا ٱلسَّمَـٰوَٲتِ وَٱلۡأَرۡضَ وَمَا بَيۡنَہُمَا لَـٰعِبِينَ 38
ތިމަންރަސްކަލާނގެ، އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައި ނަހައްދަވަމެވެ.
مَا خَلَقۡنَـٰهُمَآ إِلَّا بِٱلۡحَقِّ وَلَـٰكِنَّ أَڪۡثَرَهُمۡ لَا يَعۡلَمُونَ 39
حقގޮތުގައި މެނުވީ ތިމަންރަސްކަލާނގެ، އެ ދެތަނެއް ނަހައްދަވަމެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.
إِنَّ يَوۡمَ ٱلۡفَصۡلِ مِيقَـٰتُهُمۡ أَجۡمَعِينَ 40
ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަހަކީ، އެއުރެން އެންމެންނަށް ކަނޑައަޅުއްވާފައިވާ ميعادއެވެ.
يَوۡمَ لَا يُغۡنِى مَوۡلًى عَن مَّوۡلً۬ى شَيۡـًٔ۬ا وَلَا هُمۡ يُنصَرُونَ 41
(އެއީ) އެއްވެސް އެހީތެރިޔަކަށް، އަނެއް އެހީތެރިޔެއްގެ ކިބައިން އެއްވެސްކަމެއް ފުއްދައިނުދެވޭނޭ ދުވަހެވެ. އަދި نصرލިބޭނޭ ބަޔަކުކަމުގައިވެސް އެއުރެން ނުވެތެވެ.
إِلَّا مَن رَّحِمَ ٱللَّهُۚ إِنَّهُ ۥ هُوَ ٱلۡعَزِيزُ ٱلرَّحِيمُ 42
اللَّه رحمةލެއްވި މީހުން މެނުވީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެއެވެ.
إِنَّ شَجَرَتَ ٱلزَّقُّومِ 43
ހަމަކަށަވަރުން، زقّوم ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ.
طَعَامُ ٱلۡأَثِيمِ 44
ހަމަކަށަވަރުން، زقّوم ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ.
كَٱلۡمُهۡلِ يَغۡلِى فِى ٱلۡبُطُونِ 45
ތެޔޮކުނޑިފަދައިން ބަނޑުތަކުގައި އެ ކެކޭނެތެވެ.
كَغَلۡىِ ٱلۡحَمِيمِ 46
ކެކިކެކިހުންނަ ފެން ކެކޭފަދައިންނެވެ.
خُذُوهُ فَٱعۡتِلُوهُ إِلَىٰ سَوَآءِ ٱلۡجَحِيمِ 47
(زبانية ملائكةންނަށް އަންގަވާނެތެވެ.) ގަދަފަދަކަމާއެކު އެމީހާ ނަރަކައިގެ މެދަށް ދަމައި ގެންދާށެވެ!
ثُمَّ صُبُّواْ فَوۡقَ رَأۡسِهِۦ مِنۡ عَذَابِ ٱلۡحَمِيمِ 48
ދެން އޭނާގެ ބޮލަށް، ކެކި އުތުރިއަރާ ހޫނުފެނުގެ عذاب އޮއްސާށެވެ!
ذُقۡ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡڪَرِيمُ 49
(އަދި އޭނާޔަށް އަންގަވާނެތެވެ.) ކަލޭ (عذابގެ) ރަހަ ދެކޭށެވެ! ކަލެޔަކީ ހަމަ، ބާރުގަދަ މާތް މީހަކީމުއެވެ.
إِنَّ هَـٰذَا مَا كُنتُم بِهِۦ تَمۡتَرُونَ 50
ހަމަކަށަވަރުން، މިއީ ތިޔަބައިމީހުން އެކަންތަކާމެދު شكކޮށްއުޅުނު ކަންތަކެވެ.
إِنَّ ٱلۡمُتَّقِينَ فِى مَقَامٍ أَمِينٍ۬ 51
ހަމަކަށަވަރުން، تقوىވެރިން ތިބޭހުށީ އަމާންކަން ލިބިގެންވާ ތަނެއްގައެވެ.
فِى جَنَّـٰتٍ۬ وَعُيُونٍ۬ 52
ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمةގައެވެ.
يَلۡبَسُونَ مِن سُندُسٍ۬ وَإِسۡتَبۡرَقٍ۬ مُّتَقَـٰبِلِينَ 53
އެއުރެން ލައިއުޅޭހުށީ، سُندسއާއި، إستبرق ފޭރާމެވެ. ތިބޭހުށީ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައިގެންނެވެ.
ڪَذَٲلِكَ وَزَوَّجۡنَـٰهُم بِحُورٍ عِينٍ۬ 54
(ކަންހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން حورالعينންނާ ކާވެނިކޮށްދެއްވާހުށީމެވެ.
يَدۡعُونَ فِيهَا بِكُلِّ فَـٰكِهَةٍ ءَامِنِينَ 55
އެތާނގައި އަމާންކަންމަތީގައި ތިބޭ حال، ހުރިހާ ބާވަތެއްގެ މޭވާ ގެނައުމަށް އެއުރެން އެދޭނެތެވެ.
لَا يَذُوقُونَ فِيهَا ٱلۡمَوۡتَ إِلَّا ٱلۡمَوۡتَةَ ٱلۡأُولَىٰۖ وَوَقَٮٰهُمۡ عَذَابَ ٱلۡجَحِيمِ 56
ފުރަތަމަފަހަރު މަރުވި މަރުވުން ފިޔަވައި، އެތާނގައި އެއުރެން މަރުގެ ރަހައެއް ނުދެކޭނެތެވެ. އަދި ނަރަކައިގެ عذابން، އެކަލާނގެ އެއުރެން ސަލާމަތްކުރައްވާނެތެވެ.
فَضۡلاً۬ مِّن رَّبِّكَۚ ذَٲلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ 57
ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން އައި فضلވަންތަވެރިކަމެއްގެ ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމައެއީއެވެ.
فَإِنَّمَا يَسَّرۡنَـٰهُ بِلِسَانِكَ لَعَلَّهُمۡ يَتَذَڪَّرُونَ 58
ފަހެ، ތިމަންރަސްކަލާނގެ، އެފޮތް ކަލޭގެފާނުގެ ބަހުން ފަސޭހަކޮށްދެއްވިކަން ކަށަވަރީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ.
فَٱرۡتَقِبۡ إِنَّهُم مُّرۡتَقِبُونَ 59
ފަހެ، ކަލޭގެފާނު ބައްލަވަ ބައްލަވައި ހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެންވެސް ބަލަބަލައި ތިބޭނެތެވެ.