بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
عَبَسَ وَتَوَلَّىٰٓ 1
އެކަލޭގެފާނު (އެބަހީ: محمدގެފާނު) ހިތްޕުޅާނުވުމުގެ ގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ.
أَن جَآءَهُ ٱلۡأَعۡمَىٰ 2
ލޯފަންމީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ.
وَمَا يُدۡرِيكَ لَعَلَّهُ ۥ يَزَّكَّىٰٓ 3
އަދި އޭނާ ކުށްތަކުން ސާފުވެ، طاهرވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟
أَوۡ يَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰٓ 4
އަދި އޭނާ ކުށްތަކުން ސާފުވެ، طاهرވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟
أَمَّا مَنِ ٱسۡتَغۡنَىٰ 5
އެމީހާ އަމިއްލަޔަށް ފުދިގެންވާކަމަށް ދެކޭމީހާ ދަންނާށެވެ!
فَأَنتَ لَهُ ۥ تَصَدَّىٰ 6
ފަހެ، ކަލޭގެފާނު އެމީހަކާ ކުރިމަތިލައްވަމުއެވެ.
وَمَا عَلَيۡكَ أَلَّا يَزَّكَّىٰ 7
އެމީހަކު (كافرކަމުން) طاهرނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ.
وَأَمَّا مَن جَآءَكَ يَسۡعَىٰ 8
އަދި ބިރުވެތިވާ حال، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައިމީހާ ދަންނާށެވެ!
وَهُوَ يَخۡشَىٰ 9
އަދި ބިރުވެތިވާ حال، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައިމީހާ ދަންނާށެވެ!
فَأَنتَ عَنۡهُ تَلَهَّىٰ 10
ފަހެ، އެމީހާއާ ކަލޭގެފާނު އަޅައިނުލައްވައި مشغول ވެވަޑައިގަންނަވަމުއެވެ.
كَلَّآ إِنَّہَا تَذۡكِرَةٌ۬ 11
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ آيةތަކަކީ، ހަނދާންކޮށްދިނުމެކެވެ.
فَمَن شَآءَ ذَكَرَهُ ۥ 12
ފަހެ، ބޭނުންމީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ!
فِى صُحُفٍ۬ مُّكَرَّمَةٍ۬ 13
އެ قرآن ވަނީ، މާތްކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ.
مَّرۡفُوعَةٍ۬ مُّطَهَّرَةِۭ 14
މަތިވެރި، طاهرކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ.
بِأَيۡدِى سَفَرَةٍ۬ 15
ދަތުރުކުރައްވާ ملائكةންގެ އަތްޕުޅުތަކުގައެވެ.
كِرَامِۭ بَرَرَةٍ۬ 16
މާތްވެގެންވާ ހެޔޮލަފާ ملائكةންނެވެ.
قُتِلَ ٱلۡإِنسَـٰنُ مَآ أَكۡفَرَهُ ۥ 17
އިންސާނާއަށް لعنةލެއްވިއެވެ. އޭނާގެ ހުރި كافرކަމުގެ ބޮޑުކަމާއެވެ!
مِنۡ أَىِّ شَىۡءٍ خَلَقَهُ 18
އެކަލާނގެ އެ އިންސާނާ ހެއްދެވީ ކޮންއެއްޗަކުން ހެއްޔެވެ؟
مِن نُّطۡفَةٍ خَلَقَهُ ۥ فَقَدَّرَهُ 19
އެކަލާނގެ އެ އިންސާނާ ހެއްދެވީ މަނިތިއްކަކުންނެވެ. ދެން އެކަލާނގެ އެ އިންސާނާ (ގެ ހުރިހާ ކަމެއް) މިންވަރު ކުރެއްވިއެވެ.
ثُمَّ ٱلسَّبِيلَ يَسَّرَهُ ۥ 20
ދެން އެކަލާނގެ އޭނާޔަށް މަގު ފަސޭހަކޮށްދެއްވިއެވެ.
ثُمَّ أَمَاتَهُ ۥ فَأَقۡبَرَهُ ۥ 21
ދެން އެކަލާނގެ އޭނާ މަރުގެންނެވިއެވެ. އަދި އޭނާ ކަށްވަޅުގައި ލެއްވިއެވެ.
ثُمَّ إِذَا شَآءَ أَنشَرَهُ ۥ 22
ދެން އެކަލާނގެ އިރާދަކުރައްވާ ހިނދު، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވާނެތެވެ.
كَلَّا لَمَّا يَقۡضِ مَآ أَمَرَهُ ۥ 23
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ އިންސާނާ އަދިވެސް، އެކަލާނގެ އޭނާޔަށް އަމުރުކުރެއްވި ކަންތަކެއް ނުކުރެތެވެ.
فَلۡيَنظُرِ ٱلۡإِنسَـٰنُ إِلَىٰ طَعَامِهِۦۤ 24
ފަހެ، އެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާހުށިކަމެވެ!
أَنَّا صَبَبۡنَا ٱلۡمَآءَ صَبًّ۬ا 25
ބޯކޮށް އޮހިގެން އަންނަގޮތުގައި، ތިމަންރަސްކަލާނގެ ފެން އޮއްސެވީމެވެ.
ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقًّ۬ا 26
ދެން ތިމަންރަސްކަލާނގެ (ގަސްހެދުމަށް ފަސޭހަވާނެގޮތުން) ބިންގަނޑު ފެޅުއްވީމެވެ.
فَأَنۢبَتۡنَا فِيہَا حَبًّ۬ا 27
ދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގޮވާން (ގަސްތައް) ފެޅުއްވީމެވެ.
وَعِنَبً۬ا وَقَضۡبً۬ا 28
އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ.
وَزَيۡتُونً۬ا وَنَخۡلاً۬ 29
އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ.
وَحَدَآٮِٕقَ غُلۡبً۬ا 30
އަދި ގަސްތައްގިނަ ބަގީޗާތަކެވެ.
وَفَـٰكِهَةً۬ وَأَبًّ۬ا 31
މޭވާގެ ބާވަތްތަކާއި ހުއިތަކެވެ.
مَّتَـٰعً۬ا لَّكُمۡ وَلِأَنۡعَـٰمِكُمۡ 32
(އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ نعمސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ.
فَإِذَا جَآءَتِ ٱلصَّآخَّةُ 33
ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ.
يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ 34
(އެއީ) މީހާ އޭނާގެ أخއާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ.
وَأُمِّهِۦ وَأَبِيهِ 35
(އެއީ) މީހާ އޭނާގެ أخއާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ.
وَصَـٰحِبَتِهِۦ وَبَنِيهِ 36
(އެއީ) މީހާ އޭނާގެ أخއާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ.
لِكُلِّ ٱمۡرِىٍٕ۬ مِّنۡہُمۡ يَوۡمَٮِٕذٍ۬ شَأۡنٌ۬ يُغۡنِيهِ 37
އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ.
وُجُوهٌ۬ يَوۡمَٮِٕذٍ۬ مُّسۡفِرَةٌ۬ 38
އެދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ.
ضَاحِكَةٌ۬ مُّسۡتَبۡشِرَةٌ۬ 39
އެދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ.
وَوُجُوهٌ۬ يَوۡمَٮِٕذٍ عَلَيۡہَا غَبَرَةٌ۬ 40
އަދި އެދުވަހުން އެ މޫނުތަކެއްގެ މައްޗަށް ހިރަފުސް އަރާފައިވާ މޫނުތަކެއްވެސް ވާނެއެވެ.
تَرۡهَقُهَا قَتَرَةٌ 41
އެ މޫނުތަކަށް ކަޅުއަނދިރިކަމެއް ވެރިވާނެތެވެ.
أُوْلَـٰٓٮِٕكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ 42
އެއުރެންނީ ހަމަ، ނުލަފާވެގެންވާ كافرންނެވެ.