بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
وَٱلضُّحَىٰ 1
ދުވާލުގެ އަލިކަން ފެތުރި ހަމަޖެހޭ ވަގުތު ގަންދެއްވަމެވެ.
وَٱلَّيۡلِ إِذَا سَجَىٰ 2
އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ 3
ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ.
وَلَلۡأَخِرَةُ خَيۡرٌ۬ لَّكَ مِنَ ٱلۡأُولَىٰ 4
އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ.
وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ 5
އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ.
أَلَمۡ يَجِدۡكَ يَتِيمً۬ا فَـَٔاوَىٰ 6
ކަލޭގެފާނު يتيمއަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ.
وَوَجَدَكَ ضَآلاًّ۬ فَهَدَىٰ 7
އަދި ކަލޭގެފާނު حيرانވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ.
وَوَجَدَكَ عَآٮِٕلاً۬ فَأَغۡنَىٰ 8
އަދި فقيرއަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ.
فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ 9
ދަންނާށެވެ! ފަހެ، ކަލޭގެފާނު، يتيمކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ!
وَأَمَّا ٱلسَّآٮِٕلَ فَلَا تَنۡہَرۡ 10
އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު ނުރުހުމުގެ ބަސްފުޅެއް ވިދާޅުނުވާށެވެ.
وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ 11
އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمةގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!