ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ

ސޫރަތްތައް

ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ
1 سورة الفَاتِحَة مكّى - 7 އާޔަތް 2 سورة البَقَرَة مدنى - 286 އާޔަތް 3 سورة آل عِمرَان مدنى - 200 އާޔަތް 4 سورة النِّسَاء مدنى - 176 އާޔަތް 5 سورة المَائدة مدنى - 120 އާޔަތް 6 سورة الاٴنعَام مكّى - 165 އާޔަތް 7 سورة الاٴعرَاف مكّى - 206 އާޔަތް 8 سورة الاٴنفَال مدنى - 75 އާޔަތް 9 سورة التّوبَة مدنى - 129 އާޔަތް 10 سورة یُونس مكّى - 109 އާޔަތް 11 سورة هُود مكّى - 123 އާޔަތް 12 سورة یُوسُف مكّى - 111 އާޔަތް 13 سورة الرّعد مدنى - 43 އާޔަތް 14 سورة إبراهیم مكّى - 52 އާޔަތް 15 سورة الحِجر مكّى - 99 އާޔަތް 16 سورة النّحل مكّى - 128 އާޔަތް 17 سورة الإسرَاء مكّى - 111 އާޔަތް 18 سورة الکهف مكّى - 110 އާޔަތް 19 سورة مَریَم مكّى - 98 އާޔަތް 20 سورة طٰه مكّى - 135 އާޔަތް 21 سورة الاٴنبیَاء مكّى - 112 އާޔަތް 22 سورة الحَجّ مدنى - 78 އާޔަތް 23 سورة المؤمنون مكّى - 118 އާޔަތް 24 سورة النُّور مدنى - 64 އާޔަތް 25 سورة الفُرقان مكّى - 77 އާޔަތް 26 سورة الشُّعَرَاء مكّى - 227 އާޔަތް 27 سورة النَّمل مكّى - 93 އާޔަތް 28 سورة القَصَص مكّى - 88 އާޔަތް 29 سورة العَنکبوت مكّى - 69 އާޔަތް 30 سورة الرُّوم مكّى - 60 އާޔަތް 31 سورة لقمَان مكّى - 34 އާޔަތް 32 سورة السَّجدَة مكّى - 30 އާޔަތް 33 سورة الاٴحزَاب مدنى - 73 އާޔަތް 34 سورة سَبَإ مكّى - 54 އާޔަތް 35 سورة فَاطِر مكّى - 45 އާޔަތް 36 سورة یسٓ مكّى - 83 އާޔަތް 37 سورة الصَّافات مكّى - 182 އާޔަތް 38 سورة صٓ مكّى - 88 އާޔަތް 39 سورة الزُّمَر مكّى - 75 އާޔަތް 40 سورة غَافر مكّى - 85 އާޔަތް 41 سورة فُصّلَت مكّى - 54 އާޔަތް 42 سورة الشّوریٰ مكّى - 53 އާޔަތް 43 سورة الزّخرُف مكّى - 89 އާޔަތް 44 سورة الدّخان مكّى - 59 އާޔަތް 45 سورة الجَاثیَة مكّى - 37 އާޔަތް 46 سورة الاٴحقاف مكّى - 35 އާޔަތް 47 سورة محَمَّد مدنى - 38 އާޔަތް 48 سورة الفَتْح مدنى - 29 އާޔަތް 49 سورة الحُجرَات مدنى - 18 އާޔަތް 50 سورة قٓ مكّى - 45 އާޔަތް 51 سورة الذّاریَات مكّى - 60 އާޔަތް 52 سورة الطُّور مكّى - 49 އާޔަތް 53 سورة النّجْم مكّى - 62 އާޔަތް 54 سورة القَمَر مكّى - 55 އާޔަތް 55 سورة الرَّحمٰن مدنى - 78 އާޔަތް 56 سورة الواقِعَة مكّى - 96 އާޔަތް 57 سورة الحَدید مدنى - 96 އާޔަތް 58 سورة المجَادلة مدنى - 22 އާޔަތް 59 سورة الحَشر مدنى - 24 އާޔަތް 60 سورة المُمتَحنَة مدنى - 13 އާޔަތް 61 سورة الصَّف مدنى - 14 އާޔަތް 62 سورة الجُمُعَة مدنى - 11 އާޔަތް 63 سورة المنَافِقون مدنى - 11 އާޔަތް 64 سورة التّغَابُن مدنى - 18 އާޔަތް 65 سورة الطّلاَق مدنى - 12 އާޔަތް 66 سورة التّحْریم مدنى - 12 އާޔަތް 67 سورة المُلک مكّى - 30 އާޔަތް 68 سورة القَلَم مكّى - 52 އާޔަތް 69 سورة الحَاقَّة مكّى - 52 އާޔަތް 70 سورة المعَارج مكّى - 44 އާޔަތް 71 سورة نُوح مكّى - 28 އާޔަތް 72 سورة الجنّ مكّى - 28 އާޔަތް 73 سورة المُزمّل مكّى - 20 އާޔަތް 74 سورة المدَّثِّر مكّى - 56 އާޔަތް 75 سورة القِیَامَة مكّى - 40 އާޔަތް 76 سورة الإنسَان مدنى - 31 އާޔަތް 77 سورة المُرسَلات مكّى - 50 އާޔަތް 78 سورة النّبَإِ مكّى - 40 އާޔަތް 79 سورة النَّازعَات مكّى - 46 އާޔަތް 80 سورة عَبَسَ مكّى - 42 އާޔަތް 81 سورة التّکویر مكّى - 29 އާޔަތް 82 سورة الانفِطار مكّى - 19 އާޔަތް 83 سورة المطفّفِین مكّى - 36 އާޔަތް 84 سورة الانشقاق مكّى - 25 އާޔަތް 85 سورة البُرُوج مكّى - 22 އާޔަތް 86 سورة الطّارق مكّى - 17 އާޔަތް 87 سورة الاٴعلی مكّى - 19 އާޔަތް 88 سورة الغَاشِیَة مكّى - 26 އާޔަތް 89 سورة الفَجر مكّى - 30 އާޔަތް 90 سورة البَلَد مكّى - 20 އާޔަތް 91 سورة الشّمس مكّى - 15 އާޔަތް 92 سورة اللیْل مكّى - 21 އާޔަތް 93 سورة الضّحیٰ مكّى - 11 އާޔަތް 94 سورة الشَّرح مكّى - 8 އާޔަތް 95 سورة التِّین مكّى - 8 އާޔަތް 96 سورة العَلق مكّى - 19 އާޔަތް 97 سورة القَدر مكّى - 5 އާޔަތް 98 سورة البَیّنَة مدنى - 8 އާޔަތް 99 سورة الزّلزَلة مدنى - 8 އާޔަތް 100 سورة العَادیَات مكّى - 11 އާޔަތް 101 سورة القَارعَة مكّى - 11 އާޔަތް 102 سورة التّکاثُر مكّى - 8 އާޔަތް 103 سورة العَصر مكّى - 3 އާޔަތް 104 سورة الهُمَزة مكّى - 9 އާޔަތް 105 سورة الفِیل مكّى - 5 އާޔަތް 106 سورة القُرَیش مكّى - 4 އާޔަތް 107 سورة المَاعون مكّى - 7 އާޔަތް 108 سورة الکَوثَر مكّى - 3 އާޔަތް 109 سورة الکافِرون مكّى - 6 އާޔަތް 110 سورة النّصر مدنى - 3 އާޔަތް 111 سورة المَسَد مكّى - 5 އާޔަތް 112 سورة الإخلاص مكّى - 4 އާޔަތް 113 سورة الفَلَق مكّى - 5 އާޔަތް 114 سورة النَّاس مكّى - 6 އާޔަތް

سورة الشُّعَرَاء

مكّى 227 އާޔަތް
26 ސޫރަތް
2
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
އެއް ނުވަތަ ގިނަ ތަރުޖަމާކުރާ ފަރާތް ހޮވާ.

އާޔަތްތައް

19 ވަނަ ފޮތް
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
19 ވަނަ ފޮތް
طسٓمٓ 1
ط س م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)
19 ވަނަ ފޮތް
تِلۡكَ ءَايَـٰتُ ٱلۡكِتَـٰبِ ٱلۡمُبِينِ 2
މިއީ (ކަންތައްތައް) بيانވެގެންވާ ފޮތުގެ (އެބަހީ: قرآنގެ) آيةތަކެވެ.
19 ވަނަ ފޮތް
لَعَلَّكَ بَـٰخِعٌ۬ نَّفۡسَكَ أَلَّا يَكُونُواْ مُؤۡمِنِينَ 3
އެއުރެން مؤمنން ކަމުގައި ނުވުމުން (އެކަމުގެ ހިތާމައިގައި) ކަލޭގެފާނުގެ نفس ހަލާކުކޮށްލައްވަނީތޯއެވެ. (އެބަހީ: އެހެން ނަހައްދަވާށެވެ!)
19 ވަނަ ފޮތް
إِن نَّشَأۡ نُنَزِّلۡ عَلَيۡہِم مِّنَ ٱلسَّمَآءِ ءَايَةً۬ فَظَلَّتۡ أَعۡنَـٰقُهُمۡ لَهَا خَـٰضِعِينَ 4
ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ މައްޗަށް އުޑުން معجزةއެއް ބާވައިލައްވައިފީމުހެވެ. ފަހެ، އޭރުން އެއުރެންގެ ކަނދުރާތައް އެއަށް ކިޔަމަންވެ، މަޑުމައިތިރިވާނެތެވެ.
19 ވަނަ ފޮތް
وَمَا يَأۡتِيہِم مِّن ذِكۡرٍ۬ مِّنَ ٱلرَّحۡمَـٰنِ مُحۡدَثٍ إِلَّا كَانُواْ عَنۡهُ مُعۡرِضِينَ 5
رحمنވަންތަ ރަސްކަލާނގެ حضرةން އެއުރެންގެ ގާތަށް އަންނަ ކޮންމެ އައު آيةއަކަށް ފުރަގަސްދޭބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެއެވެ.
19 ވަނަ ފޮތް
فَقَدۡ كَذَّبُواْ فَسَيَأۡتِيہِمۡ أَنۢبَـٰٓؤُاْ مَا كَانُواْ بِهِۦ يَسۡتَہۡزِءُونَ 6
ފަހެ، ހަމަކަށަވަރުން، އެއުރެން (އެތަކެތި) ދޮގުކުރޫއެވެ. ފަހެ، އެއުރެން އެކަންތަކަށް ފުރައްސާރަކޮށްއުޅުނު ކަންތަކުގެ خبرތައް، ނިކަންހުރެ އެއުރެންގެ ގާތަށް އަންނަހުށްޓެވެ.
19 ވަނަ ފޮތް
أَوَلَمۡ يَرَوۡاْ إِلَى ٱلۡأَرۡضِ كَمۡ أَنۢبَتۡنَا فِيہَا مِن كُلِّ زَوۡجٍ۬ كَرِيمٍ 7
ބިމުގެ (عجائب) ކަންތައްތަކަށް އެއުރެން ނުބަލަނީހެއްޔެވެ؟ އެ ބިމުގައި މަންފާގިނަ ރަނގަޅު ހުރިހާ ބާވަތަކުން ތިމަންރަސްކަލާނގެ ކިހާގިނަ ގަސްތަކެއް ފެޅުއްވީން ހެއްޔެވެ؟
19 ވަނަ ފޮތް
إِنَّ فِى ذَٲلِكَ لَأَيَةً۬‌ۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ 8
ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمانވާ ބަޔަކު ކަމުގައި ނުވެއެވެ.
19 ވަނަ ފޮތް
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ 9
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
19 ވަނަ ފޮތް
وَإِذۡ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئۡتِ ٱلۡقَوۡمَ ٱلظَّـٰلِمِينَ 10
ކަލޭގެފާނުގެ ވެރިރަސްކަލާނގެ موسىގެފާނަށް ނިދާ އިއްވެވިހިނދު ހަނދުމަކުރައްވާށެވެ! އަނިޔާވެރި قومގެމީހުންގެ ގާތަށް ކަލޭގެފާނު (رسول ކަމާއިގެން) ވަޑައިގަންނަވާށެވެ!
19 ވަނަ ފޮތް
قَوۡمَ فِرۡعَوۡنَ‌ۚ أَلَا يَتَّقُونَ 11
އެއީ فرعونގެ قومގެމީހުންނެވެ. އެއުރެން اللَّهއަށް ބިރުވެތި ނުވަނީހެއްޔެވެ؟
19 ވަނަ ފޮތް
قَالَ رَبِّ إِنِّىٓ أَخَافُ أَن يُكَذِّبُونِ 12
އެކަލޭގެފާނު (އެބަހީ: موسىގެފާނު) ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.
19 ވަނަ ފޮތް
وَيَضِيقُ صَدۡرِى وَلَا يَنطَلِقُ لِسَانِى فَأَرۡسِلۡ إِلَىٰ هَـٰرُونَ 13
އަދި (އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް) ތިމަންކަލޭގެފާނުގެ ހިތްޕުޅު ދަތިވެއެވެ. އަދި (ތިމަންކަލޭގެފާނު އެދިވަޑައިގަންނަވާފަދަ ފަސޭހަކަމާއެކު) ތިމަންކަލޭގެފާނުގެ ދޫފުޅެއް ނުހިނގައެވެ. ފަހެ، (ތިމަންކަލޭގެފާނަށް ވާގިވެރިވުމަށް) هارونގެފާނުގެ އަރިހަށް (وحىއާއިގެން جبريلގެފާނު) ފޮނުއްވައި ދެއްވާށެވެ!
19 ވަނަ ފޮތް
وَلَهُمۡ عَلَىَّ ذَنۢبٌ۬ فَأَخَافُ أَن يَقۡتُلُونِ 14
އެއުރެންނާ ބެހޭގޮތުން، ތިމަންކަލޭގެފާނުގެ މައްޗަށް ކުށެއްވެސް އެބައޮތެވެ. ފަހެ، އެއުރެން ތިމަންކަލޭގެފާނު قتلކޮށްފާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ގަނެއެވެ.
19 ވަނަ ފޮތް
قَالَ كَلَّا‌ۖ فَٱذۡهَبَا بِـَٔايَـٰتِنَآ‌ۖ إِنَّا مَعَكُم مُّسۡتَمِعُونَ 15
އެކަލާނގެ وحىކުރެއްވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެތެވެ. ފަހެ، ތިޔަދެބޭކަލުން ތިމަންރަސްކަލާނގެ آيةތަކާއިގެން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަދެބޭކަލުންނާއެކު، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެންވަމެވެ.
19 ވަނަ ފޮތް
فَأۡتِيَا فِرۡعَوۡنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلۡعَـٰلَمِينَ 16
ފަހެ، ތިޔަދެބޭކަލުން فرعونގެގާތަށް ވަޑައިގެން ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ عالمތަކުގެ ވެރިރަސްކަލާނގެ ފޮނުއްވި رسولންނެވެ.
19 ވަނަ ފޮތް
أَنۡ أَرۡسِلۡ مَعَنَا بَنِىٓ إِسۡرَٲٓءِيلَ 17
إسـرآءيـلގެދަރިން (ދޫކޮށްލައި) ތިމަންބޭކަލުންނާއެކު ފޮނުވާށެވެ!
19 ވަނަ ފޮތް
قَالَ أَلَمۡ نُرَبِّكَ فِينَا وَلِيدً۬ا وَلَبِثۡتَ فِينَا مِنۡ عُمُرِكَ سِنِينَ 18
އޭނާ (އެބަހީ: فرعون، موسىގެފާނަށް) ދެންނެވިއެވެ. ކަލޭގެފާނު އުފަންވީއްސުރެން ފެށިގެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ބަލައިބޮޑުކުރީ އަހުރެމެން ނޫންހެއްޔެވެ؟ އަދި ކަލޭގެފާނުގެ عمرފުޅުން އެތައް އަހަރެއްވަންދެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ހުންނެވީމުއެވެ.
19 ވަނަ ފޮތް
وَفَعَلۡتَ فَعۡلَتَكَ ٱلَّتِى فَعَلۡتَ وَأَنتَ مِنَ ٱلۡكَـٰفِرِينَ 19
އަދި ކަލޭގެފާނު (ތިމަން ކޮށްދިން ހެޔޮކަންތަކަށް) ދެކޮޅުވެރިވާ حال، ކަލޭގެފާނު އެ ކުރެއްވިކަމެއް ކުރެއްވީމުއެވެ.
19 ވަނަ ފޮތް
قَالَ فَعَلۡتُهَآ إِذً۬ا وَأَنَا۟ مِنَ ٱلضَّآلِّينَ 20
އެކަލޭގެފާނު ވިދާޅުވިއެވެ. އެހެންވިއްޔާ ތިމަންކަލޭގެފާނަށް އެކަންތައް އޭރު އެ ކުރެއްވުނީ، މަގު ގެއްލިފައިވާ މީހުންގެ ތެރެއިންވާ حالގައެވެ.
19 ވަނަ ފޮތް
فَفَرَرۡتُ مِنكُمۡ لَمَّا خِفۡتُكُمۡ فَوَهَبَ لِى رَبِّى حُكۡمً۬ا وَجَعَلَنِى مِنَ ٱلۡمُرۡسَلِين
َ 21
ފަހެ، ތިޔަބައިމީހުން ދެކެ ތިމަންކަލޭގެފާނު ބިރުފުޅުގަތްހިނދު، ތިޔަބައިމީހުންނަށް ފިއްލަވައިގެން (مدينއަށް) ވަޑައިގަތީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ، ތިމަންކަލޭގެފާނަށް حكمةއާއި، ވިސްނުން ދެއްވިއެވެ. އަދި رسولންގެ ތެރެއިން ތިމަންކަލޭގެފާނު ލެއްވިއެވެ.
19 ވަނަ ފޮތް
وَتِلۡكَ نِعۡمَةٌ۬ تَمُنُّہَا عَلَىَّ أَنۡ عَبَّدتَّ بَنِىٓ إِسۡرَٲٓءِيلَ 22
އަދި ތިމަންކަލޭގެފާނަށް ކަލޭ ދިން نعمةއެއްކަމުގައި ތިޔަ ކަލަގޮވާ نعمةއަކީ، ކަލޭ إسـرآءيـلގެދަރިން އަޅުވެތިކޮށްލިކަމެވެ. (އެބަހީ: އަހުރެން އަޅުވެތިނުކޮށް ދޫކޮށްލިނަމަވެސް، އެއުރެންނަށް ކަލޭ ކުޅަ އަނިޔާއިން، ކަލެޔަށް ދެވިފައި އޮތީ ކޮން نعمةއެއް ހެއްޔެވެ؟)
19 ވަނަ ފޮތް
قَالَ فِرۡعَوۡنُ وَمَا رَبُّ ٱلۡعَـٰلَمِينَ 23
فرعون ދެންނެވިއެވެ. (ކަލޭގެފާނު އެފަރާތަކުން رسولކަމާއިގެން ވަޑައިގެންނެވި) عالمތަކުގެ ވެރިރަސްކަލާނގެއަކީ ކޮބައިހެއްޔެވެ؟
19 ވަނަ ފޮތް
قَالَ رَبُّ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَآ‌ۖ إِن كُنتُم مُّوقِنِينَ 24
އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާތަންތަނާއި ތަކެތީގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން يقينކުރާ ކަމުގައިވާނަމައެވެ.
19 ވަނަ ފޮތް
قَالَ لِمَنۡ حَوۡلَهُ ۥۤ أَلَا تَسۡتَمِعُونَ 25
އޭނާގެ ވަށައިގެންތިބި (ބޮޑުންގެ) މީހުންނަށް އޭނާ ބުންޏެވެ. ކަލޭމެންނަކަށް ނީވޭހެއްޔެވެ؟
19 ވަނަ ފޮތް
قَالَ رَبُّكُمۡ وَرَبُّ ءَابَآٮِٕكُمُ ٱلۡأَوَّلِينَ 26
އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ.
19 ވަނަ ފޮތް
قَالَ إِنَّ رَسُولَكُمُ ٱلَّذِىٓ أُرۡسِلَ إِلَيۡكُمۡ لَمَجۡنُونٌ۬ 27
އޭނާ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ތިޔަބައިމީހުންގެ رسولއަކީ، މޮޔައެއްކަން ކަށަވަރެވެ.
19 ވަނަ ފޮތް
قَالَ رَبُّ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَمَا بَيۡنَہُمَآ‌ۖ إِن كُنتُمۡ تَعۡقِلُونَ 28
އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ مشرقއާއި، مغربއާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން އެކަން ވިސްނާކަމުގައި ވާނަމައެވެ.
19 ވަނަ ފޮތް
قَالَ لَٮِٕنِ ٱتَّخَذۡتَ إِلَـٰهًا غَيۡرِى لَأَجۡعَلَنَّكَ مِنَ ٱلۡمَسۡجُونِينَ 29
އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތިމަންފިޔަވައި އެހެން إلهއަކު ހިއްޕަވައިފިނަމަ، ހަމަކަށަވަރުން، ހުރަގޭގައި ހައްޔަރުކުރެވިގެންވާ މީހުންގެ ތެރެއަށް ކަލޭގެފާނު ލާހުށީމެވެ.
19 ވަނަ ފޮތް
قَالَ أَوَلَوۡ جِئۡتُكَ بِشَىۡءٍ۬ مُّبِينٍ۬ 30
އެކަލޭގެފާނު ވިދާޅުވިއެވެ. (ތިމަންކަލޭގެފާނުގެ رسولކަމުގެ މައްޗަށް) بيانވެގެންވާ دليلއެއް ކަލޭގެ ގާތަށް ގެންނެވި ނަމަވެސް ހެއްޔެވެ؟
19 ވަނަ ފޮތް
قَالَ فَأۡتِ بِهِۦۤ إِن ڪُنتَ مِنَ ٱلصَّـٰدِقِينَ 31
އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިން ވާނަމަ، ފަހެ، دليل ގެންނަވައިބައްލަވާށެވެ!
19 ވަނަ ފޮތް
فَأَلۡقَىٰ عَصَاهُ فَإِذَا هِىَ ثُعۡبَانٌ۬ مُّبِينٌ۬ 32
ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު އެ އަސާކޮޅު، ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ.
19 ވަނަ ފޮތް
وَنَزَعَ يَدَهُ ۥ فَإِذَا هِىَ بَيۡضَآءُ لِلنَّـٰظِرِينَ 33
އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ (ވިދަވިދާއޮތް) ހުދު އަތްޕުޅެއް ކަމުގައެވެ.
19 ވަނަ ފޮތް
قَالَ لِلۡمَلَإِ حَوۡلَهُ ۥۤ إِنَّ هَـٰذَا لَسَـٰحِرٌ عَلِيمٌ۬ 34
އޭނާގެ ވަށައިގެންވާ ބޮޑުންނަށް އޭނާ ބުންޏެވެ. ހަމަކަށަވަރުން، މިއީ މޮޅަށް ދަންނަ ޖާދޫގަރެއްކަން ކަށަވަރެވެ.
19 ވަނަ ފޮތް
يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِڪُم بِسِحۡرِهِۦ فَمَاذَا تَأۡمُرُونَ 35
އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، އެކަލޭގެފާނުގެ ޖާދޫގެ ބާރުގައި ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލެއަވުމަށެވެ. ވީމާ، ތިޔަބައިމީހުން أمرކުރާގޮތަކީ ކޮބައިހެއްޔެވެ؟
19 ވަނަ ފޮތް
قَالُوٓاْ أَرۡجِهۡ وَأَخَاهُ وَٱبۡعَثۡ فِى ٱلۡمَدَآٮِٕنِ حَـٰشِرِينَ 36
އެއުރެން ބުނޫއެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ أخ، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވާށެވެ!
19 ވަނަ ފޮތް
يَأۡتُوكَ بِڪُلِّ سَحَّارٍ عَلِيمٍ۬ 37
އޭރުން އެއުރެން (ގޮސް) މޮޅަށްދަންނަ ހުރިހާ ބޮޑެތި ޖާދޫގަރުން ކަލޭގެ ގާތަށް ގެނެސްދޭނެތެވެ.
19 ވަނަ ފޮތް
فَجُمِعَ ٱلسَّحَرَةُ لِمِيقَـٰتِ يَوۡمٍ۬ مَّعۡلُومٍ۬ 38
ފަހެ، އެނގިގެންވާ ދުވަހެއްގެ ކަނޑައެޅިގެންވާ وقتއަކަށް ޖާދޫގަރުން އެއްކުރެވިއްޖެވެ.
19 ވަނަ ފޮތް
وَقِيلَ لِلنَّاسِ هَلۡ أَنتُم مُّجۡتَمِعُونَ 39
އަދި މީސްތަކުންނަށް ބުންޏެވެ. ތިޔަބައިމީހުން އެއްވާނޫހެއްޔެވެ؟
19 ވަނަ ފޮތް
لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُواْ هُمُ ٱلۡغَـٰلِبِينَ 40
އެ ޖާދޫގަރުންނަކީ، ގަދަވިމީހުން ކަމުގައި ވެއްޖެނަމަ، އަހުރެމެން އެއުރެންނަށް تبعވުމަށްޓަކައެވެ.
19 ވަނަ ފޮތް
فَلَمَّا جَآءَ ٱلسَّحَرَةُ قَالُواْ لِفِرۡعَوۡنَ أَٮِٕنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَـٰلِبِينَ 41
ފަހެ، އެ ޖާދޫގަރުން އައިހިނދު، އެއުރެން فرعونއަށް ބުނޫއެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނާނެ ހެއްޔެވެ؟
19 ވަނަ ފޮތް
قَالَ نَعَمۡ وَإِنَّكُمۡ إِذً۬ا لَّمِنَ ٱلۡمُقَرَّبِينَ 42
އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން އޭރުން ވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ.
19 ވަނަ ފޮތް
قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ 43
موسىގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން (ޖާދޫގެގޮތުން) އުކަންހުރި ތަކެތި އުކާށެވެ!
19 ވަނަ ފޮތް
فَأَلۡقَوۡاْ حِبَالَهُمۡ وَعِصِيَّهُمۡ وَقَالُواْ بِعِزَّةِ فِرۡعَوۡنَ إِنَّا لَنَحۡنُ ٱلۡغَـٰلِبُونَ 44
ފަހެ، އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެން އުކޫއެވެ. އަދި އެއުރެން ބުނޫއެވެ. فرعونގެ عزّة ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ތިމަންމެންކަން ކަށަވަރެވެ.
19 ވަނަ ފޮތް
فَأَلۡقَىٰ مُوسَىٰ عَصَاهُ فَإِذَا هِىَ تَلۡقَفُ مَا يَأۡفِكُونَ 45
ދެން موسىގެފާނު އެކަލޭގެފާނުގެ އަސާކޮޅު އެއްލެވިއެވެ. ފަހެ، އެހާރުން އެ އަސާކޮޅު އެއުރެން ދޮގުން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ.
19 ވަނަ ފޮތް
فَأُلۡقِىَ ٱلسَّحَرَةُ سَـٰجِدِينَ 46
ފަހެ، އެ ޖާދޫގަރުން سجدةއަށް ތިރިވެއްޖައޫއެވެ.
19 ވަނަ ފޮތް
قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَـٰلَمِينَ 47
އެއުރެން ބުނޫއެވެ. عالمތަކުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمانވެއްޖައީމުއެވެ.
19 ވަނަ ފޮތް
رَبِّ مُوسَىٰ وَهَـٰرُونَ 48
(އެއީ) موسىގެފާނާއި، هارونގެފާނުގެ ވެރިރަސްކަލާނގެއެވެ.
19 ވަނަ ފޮތް
قَالَ ءَامَنتُمۡ لَهُ ۥ قَبۡلَ أَنۡ ءَاذَنَ لَكُمۡ‌ۖ إِنَّهُ ۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحۡرَ فَلَسَوۡفَ تَعۡلَمُونَ‌ۚ لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَـٰفٍ۬ وَلَأُصَلِّبَنَّكُمۡ أَجۡمَعِينَ 49
އޭނާ ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذنދިނުމުގެ ކުރީގައި، ތިޔަބައިމީހުން އެކަލޭގެފާނަށް إيمانވެއްޖައީމުއެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ތިޔަބައިމީހުންނަށް ޖާދޫދަސްކޮށްދިން ތިޔަބައިމީހުންގެ ބޮޑުމީހާއެވެ. ފަހެ، ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭހުށްޓެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި، ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. އަދި ހަމަކަށަވަރުން، ތިޔަ ހުރިހާ އެންމެން صليبއަށް އަރުވާހުށީމެވެ.
19 ވަނަ ފޮތް
قَالُواْ لَا ضَيۡرَ‌ۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ 50
އެއުރެން ބުނޫއެވެ. (އެކަމުގައި) ގެއްލުމެއްނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި ދާހުށީ، ތިމަންމެންގެ ވެރިރަސްކަލާނގެ حضرةއަށެވެ.
19 ވަނަ ފޮތް
إِنَّا نَطۡمَعُ أَن يَغۡفِرَ لَنَا رَبُّنَا خَطَـٰيَـٰنَآ أَن كُنَّآ أَوَّلَ ٱلۡمُؤۡمِنِينَ 51
ތިމަންމެން އެންމެފުރަތަމަ إيمانވީބަޔެއްކަމުގައިވުމުގެ ސަބަބުން، ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންގެ ކުށްފާފަތައް ފުއްސެވުމަށް ތިމަންމެން ދަހިވެތިވަމުއެވެ.
19 ވަނަ ފޮތް
وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَسۡرِ بِعِبَادِىٓ إِنَّكُم مُّتَّبَعُونَ 52
ތިމަންރަސްކަލާނގެ موسىގެފާނަށް وحىކުރެއްވީމެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުންނާއިގެން، ރޭގަނޑު ހިންގަވައިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން ބަޔަކު ދާނެތެވެ. (އެބަހީ: ތިޔަބައިމީހުންގެ ފަހަތުން، فرعونއާއި އޭނާގެ لشكر ދާނެތެވެ.)
19 ވަނަ ފޮތް
فَأَرۡسَلَ فِرۡعَوۡنُ فِى ٱلۡمَدَآٮِٕنِ حَـٰشِرِينَ 53
ފަހެ، فرعون، މީހުން އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވިއެވެ.
19 ވަނަ ފޮތް
إِنَّ هَـٰٓؤُلَآءِ لَشِرۡذِمَةٌ۬ قَلِيلُونَ 54
ހަމަކަށަވަރުން، މިބައިމީހުންނީ، (އެބަހީ: إسـرآءيـلގެދަރިންނީ) ނިކަމެތި މަދުމީސްކޮޅެއްކަން ކަށަވަރެވެ.
19 ވަނަ ފޮތް
وَإِنَّہُمۡ لَنَا لَغَآٮِٕظُونَ 55
އަދި ހަމަކަށަވަރުން، އެއުރެންނީ ތިމަންމެން ރުޅިއަރުވާ ބަޔަކުކަން ކަށަވަރެވެ.
19 ވަނަ ފޮތް
وَإِنَّا لَجَمِيعٌ حَـٰذِرُونَ 56
އަދި ހަމަކަށަވަރުން، ތިމަންމެންނީ (ކަންކަމަށް) ރައްކާތެރިވެ، ތައްޔާރަށްތިބޭ ބަޔަކީމުއެވެ.
19 ވަނަ ފޮތް
فَأَخۡرَجۡنَـٰهُم مِّن جَنَّـٰتٍ۬ وَعُيُونٍ۬ 57
ފަހެ، ތިމަންރަސްކަލާނގެ، ފެންއާރުތަކާއި، ބަގީޗާތަކުންނާއި، (ރަނާއި ރިހީގެ) خزانةތަކުންނާއި، މަތިވެރި މާތް مقامތަކުން އެއުރެން (އެބަހީ: فرعونއާއި، އޭނާގެ قومގެމީހުން) ބޭރުކުރެއްވީމެވެ.
19 ވަނަ ފޮތް
وَكُنُوزٍ۬ وَمَقَامٍ۬ كَرِيمٍ۬ 58
ފަހެ، ތިމަންރަސްކަލާނގެ، ފެންއާރުތަކާއި، ބަގީޗާތަކުންނާއި، (ރަނާއި ރިހީގެ) خزانةތަކުންނާއި، މަތިވެރި މާތް مقامތަކުން އެއުރެން (އެބަހީ: فرعونއާއި، އޭނާގެ قومގެމީހުން) ބޭރުކުރެއްވީމެވެ.
19 ވަނަ ފޮތް
كَذَٲلِكَ وَأَوۡرَثۡنَـٰهَا بَنِىٓ إِسۡرَٲٓءِيلَ 59
އެކަންހުރީ އެފަދައިންނެވެ. އަދި إسـرآءيـلގެދަރިންނަށް ތިމަންރަސްކަލާނގެ އެތަކެތި ވާރުތަކުރެއްވީމެވެ.
19 ވަނަ ފޮތް
فَأَتۡبَعُوهُم مُّشۡرِقِينَ 60
ފަހެ، އެއުރެން (އެބަހީ: فرعونއާއި އޭނާގެ قومގެމީހުން) އަނެއްބައި މީހުންގެ ފަހަތުންގޮސް އަރައިހަމަކުރީ، އިރުއެރި ވަގުތުގައެވެ.
19 ވަނަ ފޮތް
فَلَمَّا تَرَٲٓءَا ٱلۡجَمۡعَانِ قَالَ أَصۡحَـٰبُ مُوسَىٰٓ إِنَّا لَمُدۡرَكُونَ 61
ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ފެނުނުހިނދު، موسىގެފާނުގެ أصحابން ދެންނެވޫއެވެ. ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ.
19 ވަނަ ފޮތް
قَالَ كَلَّآ‌ۖ إِنَّ مَعِىَ رَبِّى سَيَہۡدِينِ 62
އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަންކަލޭގެފާނާއާއެކު (نصرދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.
19 ވަނަ ފޮތް
فَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡبَحۡرَ‌ۖ فَٱنفَلَقَ فَكَانَ كُلُّ فِرۡقٍ۬ كَٱلطَّوۡدِ ٱلۡعَظِيمِ 63
ފަހެ، ތިމަންރަސްކަލާނގެ موسىގެފާނަށް وحىކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (موسىގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ.
19 ވަނަ ފޮތް
وَأَزۡلَفۡنَا ثَمَّ ٱلۡأَخَرِينَ 64
ތިމަންރަސްކަލާނގެ އަނެއްބައިމީހުން (އެބަހީ: فرعونއާއި އޭނާގެ قومގެމީހުން) އެތަނަށް ކައިރި ކުރެއްވީމެވެ.
19 ވަނަ ފޮތް
وَأَنجَيۡنَا مُوسَىٰ وَمَن مَّعَهُ ۥۤ أَجۡمَعِينَ 65
އަދި ތިމަންރަސްކަލާނގެ موسىގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (غرقން) ސަލާމަތް ކުރެއްވީމެވެ.
19 ވަނަ ފޮތް
ثُمَّ أَغۡرَقۡنَا ٱلۡأَخَرِينَ 66
ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافرން) غرقކުރެއްވީމެވެ.
19 ވަނަ ފޮތް
إِنَّ فِى ذَٲلِكَ لَأَيَةً۬‌ۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ 67
ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمانވާ ބަޔަކު ކަމުގައި ނުވެއެވެ.
19 ވަނަ ފޮތް
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ 68
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
19 ވަނަ ފޮތް
وَٱتۡلُ عَلَيۡهِمۡ نَبَأَ إِبۡرَٲهِيمَ 69
(އޭ محمدގެފާނެވެ!) ކަލޭގެފާނު، އެއުރެންނަށް إبراهيمގެފާނުގެ خبرކިޔައިދެއްވާށެވެ!
19 ވަނަ ފޮތް
إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا تَعۡبُدُونَ 70
(އެއީ) އެކަލޭގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ قومގެމީހުންނަށް، ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހޭ، ވިދާޅުވި ހިނދެވެ.
19 ވަނަ ފޮތް
قَالُواْ نَعۡبُدُ أَصۡنَامً۬ا فَنَظَلُّ لَهَا عَـٰكِفِينَ 71
އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރަނީ، ބުދުތަކަކަށެވެ. ފަހެ، އެތަކެއްޗަށް އަޅުކަންކުރުންމަތީ ތިމަންމެން ދެމިތިބޭނޫއެވެ.
19 ވަނަ ފޮތް
قَالَ هَلۡ يَسۡمَعُونَكُمۡ إِذۡ تَدۡعُونَ 72
އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެތަކެއްޗަށް دعاءކޮށް ގޮވާހިނދު، އެތަކެއްޗަށް ތިޔަބައިމީހުންގެ އަޑު އިވޭހެއްޔެވެ؟
19 ވަނަ ފޮތް
أَوۡ يَنفَعُونَكُمۡ أَوۡ يَضُرُّونَ 73
ނުވަތަ އެތަކެތި ތިޔަބައިމީހުންނަށް މަންފާއެއް ކޮށްދޭހެއްޔެވެ؟ ނުވަތަ ގެއްލުމެއް ދޭހެއްޔެވެ؟
19 ވަނަ ފޮތް
قَالُواْ بَلۡ وَجَدۡنَآ ءَابَآءَنَا كَذَٲلِكَ يَفۡعَلُونَ 74
އެއުރެން ދެންނެވޫއެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެންގެ ކާބަފައިން އެފަދައިން ކަންތައްކުރާތީ ތިމަންމެން ދުށީމުއެވެ.
19 ވަނަ ފޮތް
قَالَ أَفَرَءَيۡتُم مَّا كُنتُمۡ تَعۡبُدُونَ 75
އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިން އަޅުކަންކުރި ތަކެއްޗާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
19 ވަނަ ފޮތް
أَنتُمۡ وَءَابَآؤُڪُمُ ٱلۡأَقۡدَمُونَ 76
އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިން އަޅުކަންކުރި ތަކެއްޗާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
19 ވަނަ ފޮތް
فَإِنَّہُمۡ عَدُوٌّ۬ لِّىٓ إِلَّا رَبَّ ٱلۡعَـٰلَمِينَ 77
ފަހެ، ހަމަކަށަވަރުން، އެތަކެއްޗަކީ، ތިމަންކަލޭގެފާނުގެ عدوّންނެވެ. (އެތަކެއްޗަށް އަޅުކަމެއް ނުކުރައްވާނަމެވެ.) އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރައްވާނީ، عالمތަކުގެ ވެރިރަސްކަލާނގެއަށެވެ.
19 ވަނަ ފޮތް
ٱلَّذِى خَلَقَنِى فَهُوَ يَہۡدِينِ 78
އެކަލާނގެއީ، ތިމަން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ ތިމަންނާއަށް ތެދުމަގު ދައްކަވަތެވެ.
19 ވަނަ ފޮތް
وَٱلَّذِى هُوَ يُطۡعِمُنِى وَيَسۡقِينِ 79
އަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ.
19 ވަނަ ފޮތް
وَإِذَا مَرِضۡتُ فَهُوَ يَشۡفِينِ 80
އަދި ތިމަންކަލޭގެފާނު ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ.
19 ވަނަ ފޮތް
وَٱلَّذِى يُمِيتُنِى ثُمَّ يُحۡيِينِ 81
އަދި އެކަލާނގެއީ، ތިމަން މަރުގަންނަވައި، ދެން ތިމަން ދިރުއްވާނޭ ރަސްކަލާނގެއެވެ.
19 ވަނަ ފޮތް
وَٱلَّذِىٓ أَطۡمَعُ أَن يَغۡفِرَ لِى خَطِيٓـَٔتِى يَوۡمَ ٱلدِّينِ 82
އަދި قيامةދުވަހުން މިއަޅާގެ ފާފަފުއްސެވުމަށް މިއަޅާ އެދެނީ، އެކަލާނގެ حضرةންނެވެ.
19 ވަނަ ފޮތް
رَبِّ هَبۡ لِى حُڪۡمً۬ا وَأَلۡحِقۡنِى بِٱلصَّـٰلِحِينَ 83
އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް علمއާއި، ވިސްނުން ދެއްވާނދޭވެ! އަދި صالحންގެތެރެއިން މިއަޅާ ލައްވާނދޭވެ!
19 ވަނަ ފޮތް
وَٱجۡعَل لِّى لِسَانَ صِدۡقٍ۬ فِى ٱلۡأَخِرِينَ 84
ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ثناء ލައްވާނދޭވެ!
19 ވަނަ ފޮތް
وَٱجۡعَلۡنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ 85
އަދި نعمةގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާނދޭވެ!
19 ވަނަ ފޮތް
وَٱغۡفِرۡ لِأَبِىٓ إِنَّهُ ۥ كَانَ مِنَ ٱلضَّآلِّينَ 86
އަދި މިއަޅާގެ ބައްޕާއަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އޭނާވަނީ މަގުފުރެދުނު މީހުންގެ ތެރެއިންނެވެ.
19 ވަނަ ފޮތް
وَلَا تُخۡزِنِى يَوۡمَ يُبۡعَثُونَ 87
އަދި އެއުރެން (އެބަހީ: މީސްތަކުން) محشرއަށް ފޮނުއްވާދުވަހު، މިއަޅާ ނިކަމެތި ނުކުރައްވާނދޭވެ!
19 ވަނަ ފޮތް
يَوۡمَ لَا يَنفَعُ مَالٌ۬ وَلَا بَنُونَ 88
އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ.
19 ވަނަ ފޮތް
إِلَّا مَنۡ أَتَى ٱللَّهَ بِقَلۡبٍ۬ سَلِيمٍ 89
ސަލާމަތްވެގެންވާ ހިތަކާއިގެން اللَّهގެ حضرةއަށް އައިމީހަކަށް މެނުވީއެވެ.
19 ވަނަ ފޮތް
وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ 90
އަދި تقوىވެރިންނަށް ސުވަރުގެ ކައިރިކުރައްވާނެތެވެ.
19 ވަނަ ފޮތް
وَبُرِّزَتِ ٱلۡجَحِيمُ لِلۡغَاوِينَ 91
އަދި كافرންނަށް ނަރަކަ ފާޅުކުރައްވާނެތެވެ.
19 ވަނަ ފޮތް
وَقِيلَ لَهُمۡ أَيۡنَ مَا كُنتُمۡ تَعۡبُدُونَ 92
އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން، اللّّه ފިޔަވައި އަޅުކަން ކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެތަކެތި ތިޔަބައިމީހުންނަށް نصرދޭހެއްޔެވެ؟ ނުވަތަ އެތަކެއްޗަށް نصرލިބޭހެއްޔެވެ؟
19 ވަނަ ފޮތް
مِن دُونِ ٱللَّهِ هَلۡ يَنصُرُونَكُمۡ أَوۡ يَنتَصِرُونَ 93
އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން، اللّّه ފިޔަވައި އަޅުކަން ކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެތަކެތި ތިޔަބައިމީހުންނަށް نصرދޭހެއްޔެވެ؟ ނުވަތަ އެތަކެއްޗަށް نصرލިބޭހެއްޔެވެ؟
19 ވަނަ ފޮތް
فَكُبۡكِبُواْ فِيہَا هُمۡ وَٱلۡغَاوُ ۥنَ 94
ފަހެ، އެ ބުދުތަކާއި، كافرވީ މީހުންނާއި، إبليسގެ لشكرއާއި، އެންމެން އެ ނަރަކައިގެ ތެރެއަށް ބޯކޮޅުވަތަށް އުއްކަވާނެތެވެ.
19 ވަނަ ފޮތް
وَجُنُودُ إِبۡلِيسَ أَجۡمَعُونَ 95
ފަހެ، އެ ބުދުތަކާއި، كافرވީ މީހުންނާއި، إبليسގެ لشكرއާއި، އެންމެން އެ ނަރަކައިގެ ތެރެއަށް ބޯކޮޅުވަތަށް އުއްކަވާނެތެވެ.
19 ވަނަ ފޮތް
قَالُواْ وَهُمۡ فِيہَا يَخۡتَصِمُونَ 96
އެއުރެން އެ ނަރަކައިގައި އަރާރުންވާ حال ބުނާނެތެވެ.
19 ވަނަ ފޮތް
تَٱللَّهِ إِن كُنَّا لَفِى ضَلَـٰلٍ۬ مُّبِينٍ 97
اللَّه ގަންދީބުނަމުއެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، بيانވެގެންވާ ފުރެދުމެއްގައެވެ.
19 ވަނަ ފޮތް
إِذۡ نُسَوِّيكُم بِرَبِّ ٱلۡعَـٰلَ 98
(އަޅުކަން ކުރުމުގައި) عالمތަކުގެ ވެރިރަސްކަލާނގެއާ ތިޔަބައިމީހުންނާ ހަމަހަމަކޮށްގެން ތިމަންމެން އުޅުނު ހިނދުގައެވެ.
19 ވަނަ ފޮތް
وَمَآ أَضَلَّنَآ إِلَّا ٱلۡمُجۡرِمُونَ 99
އަދި ތިމަންމެން މަގުފުރެއްދީ، ކުށްވެރިން ފިޔަވައި އެހެން ބައެއްނޫނެވެ.
19 ވަނަ ފޮތް
فَمَا لَنَا مِن شَـٰفِعِينَ 100
ފަހެ، ތިމަންމެންނަށް އެއްވެސް شفاعةތެރިޔަކު ނުވެއެވެ.
19 ވަނަ ފޮތް
وَلَا صَدِيقٍ حَمِيمٍ۬ 101
އަދި ގާތް رحمةތެރިޔަކުވެސް ނުވެއެވެ.
19 ވަނަ ފޮތް
فَلَوۡ أَنَّ لَنَا كَرَّةً۬ فَنَكُونَ مِنَ ٱلۡمُؤۡمِنِينَ 102
ތިމަންމެންނަށް އަދި އެއްފަހަރު (ދުނިޔެއަށް) رجوعވުމެއް ލިބޭނެ ނަމައެވެ. ފަހެ، އޭރުން ތިމަންމެން مؤمنންގެ ތެރެއިން ވާހުށީމުއެވެ.
19 ވަނަ ފޮތް
إِنَّ فِى ذَٲلِكَ لَأَيَةً۬‌ۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ 103
ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمانވާ ބަޔަކު ކަމުގައި ނުވެތެވެ.
19 ވަނަ ފޮތް
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ 104
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
19 ވަނަ ފޮތް
كَذَّبَتۡ قَوۡمُ نُوحٍ ٱلۡمُرۡسَلِينَ 105
نوحގެފާނުގެ قومގެމީހުން رسولން ދޮގުކުރޫއެވެ.
19 ވަނަ ފޮތް
إِذۡ قَالَ لَهُمۡ أَخُوهُمۡ نُوحٌ أَلَا تَتَّقُونَ 106
(އެއީ) އެއުރެންނަށް އެއުރެންގެ أخ، نوحގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّهއަށް) تقوىވެރި ނުވަނީ ހެއްޔެވެ؟
19 ވަނަ ފޮތް
إِنِّى لَكُمۡ رَسُولٌ أَمِينٌ۬ 107
ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانةތެރި رسولއަކީމެވެ.
19 ވަނަ ފޮތް
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ 108
ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
19 ވަނަ ފޮތް
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍ‌ۖ إِنۡ أَجۡرِىَ إِلَّا عَلَىٰ رَبِّ ٱلۡعَـٰلَمِينَ 109
އަދި އަހުރެން އެ رسولކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالمތަކުގެ ވެރިރަސްކަލާނގެ حضرةން މެނުވީ، އަހުރެންނަށް ثواب ދެއްވުމެއްނުވެއެވެ.
19 ވަނަ ފޮތް
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ 110
ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
19 ވަނަ ފޮތް
قَالُوٓاْ أَنُؤۡمِنُ لَكَ وَٱتَّبَعَكَ ٱلۡأَرۡذَلُونَ 111
އެއުރެން ދެންނެވޫއެވެ. ކަލޭގެފާނަށް تبعވެގެންތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް إيمانވާނެތޯއެވެ؟
19 ވަނަ ފޮތް
قَالَ وَمَا عِلۡمِى بِمَا كَانُواْ يَعۡمَلُونَ 112
އެކަލޭގެފާނު ވިދާޅުވިއެވެ. އެއުރެން ކޮށްއުޅުނު عملއާމެދު ތިމަންކަލޭގެފާނަށް އެނގިގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟
19 ވަނަ ފޮތް
إِنۡ حِسَابُہُمۡ إِلَّا عَلَىٰ رَبِّى‌ۖ لَوۡ تَشۡعُرُونَ 113
ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް މެނުވީ، އެއުރެންގެ حسابބެއްލެވުމެއް ނުވެއެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭނަމައެވެ.
19 ވަނަ ފޮތް
وَمَآ أَنَا۟ بِطَارِدِ ٱلۡمُؤۡمِنِينَ 114
އަދި إيمانވެގެންތިބި މީހުން ފަހައި ދުރަށްލާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
19 ވަނަ ފޮތް
إِنۡ أَنَا۟ إِلَّا نَذِيرٌ۬ مُّبِينٌ۬ 115
بيانވެގެންހުރި إنذارކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމެވެ.
19 ވަނަ ފޮތް
قَالُواْ لَٮِٕن لَّمۡ تَنتَهِ يَـٰنُوحُ لَتَكُونَنَّ مِنَ ٱلۡمَرۡجُومِينَ 116
އެއުރެން ދެންނެވޫއެވެ. އޭ نوحގެފާނެވެ! ކަލޭގެފާނު (ތިޔަކަންތައް) ހުށްޓައިނުލެއްވިނަމަ، ހަމަކަށަވަރުން، ގަލުންތަޅައި މަރައިލެވޭ މީހުންގެ ތެރޭގައި، ކަލޭގެފާނު ވާހުށްޓެވެ.
19 ވަނަ ފޮތް
قَالَ رَبِّ إِنَّ قَوۡمِى كَذَّبُونِ 117
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާގެ قومގެމީހުން މިއަޅާ ދޮގުކޮށްފޫއެވެ.
19 ވަނަ ފޮތް
فَٱفۡتَحۡ بَيۡنِى وَبَيۡنَهُمۡ فَتۡحً۬ا وَنَجِّنِى وَمَن مَّعِىَ مِنَ ٱلۡمُؤۡمِنِينَ 118
ފަހެ، މިއަޅާއާއި، އެއުރެންނާ ދެމެދުގައި إنصافކުރައްވައި، މިއަޅާއާއި، މިއަޅާއާ އެކުގައިވާ مؤمنތަކުން ސަލާމަތް ކުރައްވާނދޭވެ!
19 ވަނަ ފޮތް
فَأَنجَيۡنَـٰهُ وَمَن مَّعَهُ ۥ فِى ٱلۡفُلۡكِ ٱلۡمَشۡحُونِ 119
ފަހެ، ބަރާވެވިފައިވާ ނާކޮޅުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ސަލާމަތް ކުރެއްވީމެވެ.
19 ވަނަ ފޮތް
ثُمَّ أَغۡرَقۡنَا بَعۡدُ ٱلۡبَاقِينَ 120
ދެން ތިމަންރަސްކަލާނގެ އެއަށްފަހު ތިބި އެންމެން غرقކުރެއްވީމެވެ.
19 ވަނަ ފޮތް
إِنَّ فِى ذَٲلِكَ لَأَيَةً۬‌ۖ وَمَا ڪَانَ أَكۡثَرُهُم مُّؤۡمِنِينَ 121
ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمانވާ ބަޔަކު ކަމުގައި ނުވެއެވެ.
19 ވަނަ ފޮތް
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ 122
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
19 ވަނަ ފޮތް
كَذَّبَتۡ عَادٌ ٱلۡمُرۡسَلِينَ 123
عادބާގައިމީހުން رسولން ދޮގުކުރޫއެވެ.
19 ވަނަ ފޮތް
إِذۡ قَالَ لَهُمۡ أَخُوهُمۡ هُودٌ أَلَا تَتَّقُونَ 124
(އެއީ) އެއުރެންގެ أخ، هودގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّهއަށް) تقوىވެރި ނުވަނީހެއްޔެވެ؟
19 ވަނަ ފޮތް
إِنِّى لَكُمۡ رَسُولٌ أَمِينٌ۬ 125
ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانةތެރި رسولއަކީމެވެ.
19 ވަނަ ފޮތް
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ 126
ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
19 ވަނަ ފޮތް
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍ‌ۖ إِنۡ أَجۡرِىَ إِلَّا عَلَىٰ رَبِّ ٱلۡعَـٰلَمِينَ 127
އަދި އަހުރެން އެ رسولކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالمތަކުގެ ވެރިރަސްކަލާނގެ حضرةން މެނުވީ އަހުރެންނަށް ثوابދެއްވުމެއް ނުވެތެވެ.
19 ވަނަ ފޮތް
أَتَبۡنُونَ بِكُلِّ رِيعٍ ءَايَةً۬ تَعۡبَثُونَ 128
ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟
19 ވަނަ ފޮތް
وَتَتَّخِذُونَ مَصَانِعَ لَعَلَّكُمۡ تَخۡلُدُونَ 129
އަދި ތިޔަބައިމީހުން (އެތަންތާނގައި މަރުނުވެ) އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟
19 ވަނަ ފޮތް
وَإِذَا بَطَشۡتُم بَطَشۡتُمۡ جَبَّارِينَ 130
އަދި ތިޔަބައިމީހުން ގަދަފަދަކަން ދައްކާހިނދު (އެއްވެސް رحمއެއްނެތި) جبّارންގެ ގޮތުގައި ގަދަފަދަކަން ދައްކަމުއެވެ.
19 ވަނަ ފޮތް
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ 131
ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
19 ވަނަ ފޮތް
وَٱتَّقُواْ ٱلَّذِىٓ أَمَدَّكُم بِمَا تَعۡلَمُونَ 132
ތިޔަބައިމީހުން ދަންނަ نعمةތަކުން ތިޔަބައިމީހުންނަށް مددދެއްވި ރަސްކަލާނގެއަށް تقوىވެރިވާށެވެ!
19 ވަނަ ފޮތް
أَمَدَّكُم بِأَنۡعَـٰمٍ۬ وَبَنِينَ 133
نعمސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް نعمةދެއްވިއެވެ.
19 ވަނަ ފޮތް
وَجَنَّـٰتٍ۬ وَعُيُونٍ 134
نعمސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް نعمةދެއްވިއެވެ.
19 ވަނަ ފޮތް
إِنِّىٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٍ۬ 135
ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذابއަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ.
19 ވަނަ ފޮތް
قَالُواْ سَوَآءٌ عَلَيۡنَآ أَوَعَظۡتَ أَمۡ لَمۡ تَكُن مِّنَ ٱلۡوَٲعِظِينَ 136
އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު نصيحةދެއްވިޔަސް، ނުވަތަ نصيحةދޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަތަސް، ތިމަންމެންނަށް ހަމަހަމަވެގެންވެއެވެ.
19 ވަނަ ފޮތް
إِنۡ هَـٰذَآ إِلَّا خُلُقُ ٱلۡأَوَّلِينَ 137
މިއީ އިސްވެދިޔަމީހުންގެ އާދަކަމުގައި ނޫނީ ނުވެތެވެ.
19 ވަނަ ފޮތް
وَمَا نَحۡنُ بِمُعَذَّبِينَ 138
އަދި عذاب ލިބޭނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
19 ވަނަ ފޮތް
فَكَذَّبُوهُ فَأَهۡلَكۡنَـٰهُمۡ‌ۗ إِنَّ فِى ذَٲلِكَ لَأَيَةً۬‌ۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ 139
ފަހެ، އެއުރެން އެކަލޭގެފާނު (އެބަހީ: هودގެފާނު) ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمانވާ ބަޔަކު ކަމުގައި ނުވެތެވެ.
19 ވަނަ ފޮތް
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ 140
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
19 ވަނަ ފޮތް
كَذَّبَتۡ ثَمُودُ ٱلۡمُرۡسَلِينَ 141
ثمودބާގައިމީހުން، رسولން ދޮގުކުރޫއެވެ.
19 ވަނަ ފޮތް
إِذۡ قَالَ لَهُمۡ أَخُوهُمۡ صَـٰلِحٌ أَلَا تَتَّقُونَ 142
(އެއީ) އެއުރެންގެ أخ، صالحގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّهއަށް) تقوىވެރި ނުވަނީހެއްޔެވެ؟
19 ވަނަ ފޮތް
إِنِّى لَكُمۡ رَسُولٌ أَمِينٌ۬ 143
ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانةތެރި رسولއަކީމެވެ.
19 ވަނަ ފޮތް
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ 144
ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
19 ވަނަ ފޮތް
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍ‌ۖ إِنۡ أَجۡرِىَ إِلَّا عَلَىٰ رَبِّ ٱلۡعَـٰلَمِينَ 145
އަދި އަހުރެން އެ رسولކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالمތަކުގެ ވެރިރަސްކަލާނގެ حضرةން މެނުވީ އަހުރެންނަށް ثوابދެއްވުމެއް ނުވެތެވެ.
19 ވަނަ ފޮތް
أَتُتۡرَكُونَ فِى مَا هَـٰهُنَآ ءَامِنِينَ 146
މި ދުނިޔެމަތީގައިވާ نعمةތަކުގައި، أمانކަން ލިބިގެން ތިޔަބައިމީހުން އުޅުމަށް ދޫކޮށްލައްވާނެ ހެއްޔެވެ؟
19 ވަނަ ފޮތް
فِى جَنَّـٰتٍ۬ وَعُيُونٍ۬ 147
ބަގީޗާތަކާއި، ފެންއާރުތަކުގެ ތެރޭގައެވެ.
19 ވަނަ ފޮތް
وَزُرُوعٍ۬ وَنَخۡلٍ۬ طَلۡعُهَا هَضِيمٌ۬ 148
އަދި ދަނޑުތަކާއި، އޭގެ އެތްތައް ފޮޅި، މޭވާ ފައްކާވެގެންވާ ކަދުރުރުއްތަކުގެ މެދުގައެވެ.
19 ވަނަ ފޮތް
وَتَنۡحِتُونَ مِنَ ٱلۡجِبَالِ بُيُوتً۬ا فَـٰرِهِينَ 149
އަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަ ފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމުއެވެ.
19 ވަނަ ފޮތް
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ 150
ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
19 ވަނަ ފޮތް
وَلَا تُطِيعُوٓاْ أَمۡرَ ٱلۡمُسۡرِفِينَ 151
އަދި ހައްދުފަހަނަޅައިދާ މީހުންގެ أمرއަށް ތިޔަބައިމީހުން ކިޔަމަންތެރި ނުވާށެވެ!
19 ވަނަ ފޮތް
ٱلَّذِينَ يُفۡسِدُونَ فِى ٱلۡأَرۡضِ وَلَا يُصۡلِحُونَ 152
އެއުރެންނީ ބިމުގައި ފަސާދަ އުފައްދާ، އަދި إصلاحއެއް ނުކުރާ މީހުންނެވެ.
19 ވަނަ ފޮތް
قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ 153
އެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
19 ވަނަ ފޮތް
مَآ أَنتَ إِلَّا بَشَرٌ۬ مِّثۡلُنَا فَأۡتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّـٰدِقِينَ 154
ތިމަންމެންކަހަލަ آدمގެދަރިޔެއް ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ފަހެ، معجزةއެއް ގެންނަވައި ބައްލަވާށެވެ!
19 ވަނަ ފޮތް
قَالَ هَـٰذِهِۦ نَاقَةٌ۬ لَّهَا شِرۡبٌ۬ وَلَكُمۡ شِرۡبُ يَوۡمٍ۬ مَّعۡلُومٍ۬ 155
އެކަލޭގެފާނު ވިދާޅުވިއެވެ. މިއޮތީ جملއެކެވެ. އެ އެއްޗަށް ބޯފެނުގެ حصّةއެއް ވެއެވެ. އަދި ތިޔަބައިމީހުންނަށްވެސް ކަނޑައެޅި އެނގިގެންވާ ދުވަހެއްގެ ބޯފެނުގެ حصّةއެއް ވެއެވެ.
19 ވަނަ ފޮތް
وَلَا تَمَسُّوهَا بِسُوٓءٍ۬ فَيَأۡخُذَكُمۡ عَذَابُ يَوۡمٍ عَظِيمٍ۬ 156
އަދި ތިޔަބައިމީހުން އެ އެއެއްޗަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެހެން ހަދައިފިނަމަ) ބޮޑުވެގެންވާ ދުވަހެއްގެ عذابއައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ.
19 ވަނަ ފޮތް
فَعَقَرُوهَا فَأَصۡبَحُواْ نَـٰدِمِينَ 157
ފަހެ، އެއުރެން އޭތި މަރައިލޫއެވެ. ދެން ހިތާމަކުރާ ބަޔަކު ކަމުގައި އެއުރެންވޫއެވެ.
19 ވަނަ ފޮތް
فَأَخَذَهُمُ ٱلۡعَذَابُ‌ۗ إِنَّ فِى ذَٲلِكَ لَأَيَةً۬‌ۖ وَمَا كَانَ أَڪۡثَرُهُم مُّؤۡمِنِينَ 158
ފަހެ، އެއުރެންނަށް عذابއައިސް ޖެހުނެވެ. ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمانވާ ބަޔަކު ކަމުގައި ނުވެތެވެ.
19 ވަނަ ފޮތް
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ 159
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
19 ވަނަ ފޮތް
كَذَّبَتۡ قَوۡمُ لُوطٍ ٱلۡمُرۡسَلِينَ 160
لوطގެފާނުގެ قومގެމީހުން رسولން ދޮގުކުރޫއެވެ.
19 ވަނަ ފޮތް
إِنِّى لَكُمۡ رَسُولٌ أَمِينٌ۬ 161
(އެއީ) އެއުރެންގެ أخ، لوطގެފާނު އެއުރެންނަށް ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން (اللَّهއަށް) تقوىވެރި ނުވަނީ ހެއްޔެވެ؟
19 ވަނަ ފޮތް
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ 162
ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانةތެރި رسولއަކީމެވެ.
19 ވަނަ ފޮތް
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍ‌ۖ إِنۡ أَجۡرِىَ إِلَّا عَلَىٰ رَبِّ ٱلۡعَـٰلَمِينَ 163
ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
19 ވަނަ ފޮތް
أَتَأۡتُونَ ٱلذُّكۡرَانَ مِنَ ٱلۡعَـٰلَمِينَ 164
އަދި އަހުރެން އެ رسولކަން، އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالمތަކުގެ ވެރިރަސްކަލާނގެ حضرةން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ.
19 ވަނަ ފޮތް
أَتَأۡتُونَ ٱلذُّكۡرَانَ مِنَ ٱلۡعَـٰلَمِينَ 165
خلقތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީ ހެއްޔެވެ؟
19 ވަނަ ފޮތް
وَتَذَرُونَ مَا خَلَقَ لَكُمۡ رَبُّكُم مِّنۡ أَزۡوَٲجِكُم‌ۚ بَلۡ أَنتُمۡ قَوۡمٌ عَادُونَ 166
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (حلالކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ.
19 ވަނަ ފޮތް
قَالُواْ لَٮِٕن لَّمۡ تَنتَهِ يَـٰلُوطُ لَتَكُونَنَّ مِنَ ٱلۡمُخۡرَجِينَ 167
އެއުރެން ދެންނެވޫއެވެ. އޭ لوطގެފާނެވެ! ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލެއްވިނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ.
19 ވަނަ ފޮތް
قَالَ إِنِّى لِعَمَلِكُم مِّنَ ٱلۡقَالِينَ 168
އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ عملއަށް (އެބަހީ: لواطގެ عملއަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ.
19 ވަނަ ފޮތް
رَبِّ نَجِّنِى وَأَهۡلِى مِمَّا يَعۡمَلُونَ 169
އަޅުގެ ވެރިރަސްކަލާކޮ! އެއުރެންކުރާ عملން މިއަޅާއާއި މިއަޅާގެ أهلވެރިން ސަލާމަތް ކުރައްވާނދޭވެ!
19 ވަނަ ފޮތް
فَنَجَّيۡنَـٰهُ وَأَهۡلَهُ ۥۤ أَجۡمَعِينَ 170
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهلވެރި އެންމެން ސަލާމަތް ކުރެއްވީމެވެ.
19 ވަނަ ފޮތް
إِلَّا عَجُوزً۬ا فِى ٱلۡغَـٰبِرِينَ 171
عذابލިބުނު މީހުންގެ ތެރޭގައިވި މުސްކުޅި އަންހެނަކު މެނުވީއެވެ.
19 ވަނަ ފޮތް
ثُمَّ دَمَّرۡنَا ٱلۡأَخَرِينَ 172
ދެން ތިމަންރަސްކަލާނގެ (އެ قومގެ) މީހުން ހަލާކުކުރެއްވީމެވެ.
19 ވަނަ ފޮތް
وَأَمۡطَرۡنَا عَلَيۡهِم مَّطَرً۬ا‌ۖ فَسَآءَ مَطَرُ ٱلۡمُنذَرِينَ 173
އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ، إنذارކުރައްވާފައިވާ މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ!
19 ވަނަ ފޮތް
إِنَّ فِى ذَٲلِكَ لَأَيَةً۬‌ۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ 174
ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمانވާ ބަޔަކު ކަމުގައި ނުވެތެވެ.
19 ވަނަ ފޮތް
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ 175
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
19 ވަނަ ފޮތް
كَذَّبَ أَصۡحَـٰبُ لۡـَٔيۡكَةِ ٱلۡمُرۡسَلِينَ 176
الأيكةގެ أهلވެރިން رسولން ދޮގުކުރޫއެވެ.
19 ވަނަ ފޮތް
] إِذۡ قَالَ لَهُمۡ شُعَيۡبٌ أَلَا تَتَّقُونَ 177
(އެއީ) އެއުރެންނަށް شعيبގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوىވެރި ނުވަނީހެއްޔެވެ؟
19 ވަނަ ފޮތް
إِنِّى لَكُمۡ رَسُولٌ أَمِينٌ۬ 178
ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانةތެރި رسولއަކީމެވެ.
19 ވަނަ ފޮތް
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ 179
ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
19 ވަނަ ފޮތް
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍ‌ۖ إِنۡ أَجۡرِىَ إِلَّا عَلَىٰ رَبِّ ٱلۡعَـٰلَمِينَ 180
އަދި އަހުރެން އެ رسولކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالمތަކުގެ ވެރިރަސްކަލާނގެ حضرةން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ.
19 ވަނަ ފޮތް
أَوۡفُواْ ٱلۡكَيۡلَ وَلَا تَكُونُواْ مِنَ ٱلۡمُخۡسِرِينَ 181
ތިޔަބައިމީހުން (މިނާ ތަކެތި) މިނުން ފުރިހަމަ ކުރާށެވެ! އަދި (މިނުމާއި ކިރުމުގައި) އުނިކުރާ މީހުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ!
19 ވަނަ ފޮތް
وَزِنُواْ بِٱلۡقِسۡطَاسِ ٱلۡمُسۡتَقِيمِ 182
އަދި ތިޔަބައިމީހުން (ކިރާ ތަކެތި) ސީދާވެގެންވާ ތިލަފަތުން ކިރާށެވެ!
19 ވަނަ ފޮތް
وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِى ٱلۡأَرۡضِ مُفۡسِدِينَ 183
އަދި ތިޔަބައިމީހުން މީސްތަކުންނަށް އެއުރެންގެ ތަކެތި އުނިނުކުރާށެވެ! އަދި فاسدން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާ ހުށިކަމެވެ!
19 ވަނަ ފޮތް
وَٱتَّقُواْ ٱلَّذِى خَلَقَكُمۡ وَٱلۡجِبِلَّةَ ٱلۡأَوَّلِينَ 184
އަދި ތިޔަބައިމީހުންނާއި، އިސްވެދިޔަ جيلތައް ހެއްދެވި ރަސްކަލާނގެއަށް ތިޔަބައިމީހުން تقوىވެރިވާށެވެ!
19 ވަނަ ފޮތް
قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ 185
އެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
19 ވަނަ ފޮތް
وَمَآ أَنتَ إِلَّا بَشَرٌ۬ مِّثۡلُنَا وَإِن نَّظُنُّكَ لَمِنَ ٱلۡكَـٰذِبِينَ 186
އަދި ތިމަންމެންކަހަލަ آدمގެދަރިޔެއް ކަމުގައި މެނުވީ، ކަލޭގެފާނު ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ހީކުރަނީ، ކަލޭގެފާނު ދޮގުވެރިންގެ ތެރެއިންވާ ކަމަށެވެ.
19 ވަނަ ފޮތް
] فَأَسۡقِطۡ عَلَيۡنَا كِسَفً۬ا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّـٰدِقِينَ 187
ފަހެ، ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ތިމަންމެންގެ މައްޗަށް އުޑުން ތަންގަނޑެއް ވައްޓަވައިލައްވަ ބައްލަވާށެވެ!
19 ވަނަ ފޮތް
قَالَ رَبِّىٓ أَعۡلَمُ بِمَا تَعۡمَلُونَ 188
އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވެއެވެ.
19 ވަނަ ފޮތް
فَكَذَّبُوهُ فَأَخَذَهُمۡ عَذَابُ يَوۡمِ ٱلظُّلَّةِ‌ۚ إِنَّهُ ۥ كَانَ عَذَابَ يَوۡمٍ عَظِيمٍ 189
ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ވިލާގަނޑުގެ ދުވަހުގެ عذاب، އެއުރެންނަށް ޖެހުނެވެ. ހަމަކަށަވަރުން، އެ عذابވީ، ބޮޑުވެގެންވާ ދުވަހެއްގެ عذابއަކަށެވެ.
19 ވަނަ ފޮތް
إِنَّ فِى ذَٲلِكَ لَأَيَةً۬‌ۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ 190
ހަމަކަށަވަރުން، އެކަންތަކުގައި (اللَّهގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمانވާ ބަޔަކު ކަމުގައި ނުވެތެވެ.
19 ވަނަ ފޮތް
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ 191
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيزވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
19 ވަނަ ފޮތް
وَإِنَّهُ ۥ لَتَنزِيلُ رَبِّ ٱلۡعَـٰلَمِينَ 192
ހަމަކަށަވަރުން، އެ قرآنއަކީ، عالمތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ.
19 ވަނަ ފޮތް
نَزَلَ بِهِ ٱلرُّوحُ ٱلۡأَمِينُ 193
ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآنއާއިގެން ފައިބައިވަޑައިގަތީ، جبريلގެފާނެވެ. އެއީ (މީސްތަކުންނަށް) إنذارކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ.
19 ވަނަ ފޮތް
عَلَىٰ قَلۡبِكَ لِتَكُونَ مِنَ ٱلۡمُنذِرِينَ 194
ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآنއާއިގެން ފައިބައިވަޑައިގަތީ، جبريلގެފާނެވެ. އެއީ (މީސްތަކުންނަށް) إنذارކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ.
19 ވަނަ ފޮތް
بِلِسَانٍ عَرَبِىٍّ۬ مُّبِينٍ۬ 195
(އެ قرآن ބާވައިލެއްވީ) بيانވެގެންވާ عرب ބަހުންނެވެ.
19 ވަނަ ފޮތް
وَإِنَّهُ ۥ لَفِى زُبُرِ ٱلۡأَوَّلِينَ 196
އަދި ހަމަކަށަވަރުން، އިސްވެދިޔަ ނަބިއްޔުންގެ ފޮތްތަކުގައިވެސް އެ قرآنގެ ވާހަކަ ވާކަން ކަށަވަރެވެ.
19 ވަނަ ފޮތް
أَوَلَمۡ يَكُن لَّهُمۡ ءَايَةً أَن يَعۡلَمَهُ ۥ عُلَمَـٰٓؤُاْ بَنِىٓ إِسۡرَٲٓءِيلَ 197
إسـرآءيـلގެދަރިންކުރެ، علمވެރިން އެކަންތައް ދަންނަކަން އެއީ، އެއުރެންނަށް (އެބަހީ: مكةގެ مشركންނަށް) ހެތްކެއްކަމުގައި ނުވޭހެއްޔެވެ؟
19 ވަނަ ފޮތް
وَلَوۡ نَزَّلۡنَـٰهُ عَلَىٰ بَعۡضِ ٱلۡأَعۡجَمِينَ 198
އަދި عجمىންގެ މީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ އެ قرآن ބާވައިލައްވައި، ދެން އެމީހަކު އެ قرآن އެމީހުންނަށް ކިޔައިދިންނަމަވެސް، އެއުރެން، އެއަށް إيمانވާ ބަޔަކު ކަމުގައި ނުވީހެވެ.
19 ވަނަ ފޮތް
فَقَرَأَهُ ۥ عَلَيۡهِم مَّا ڪَانُواْ بِهِۦ مُؤۡمِنِينَ 199
އަދި عجمىންގެ މީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ އެ قرآن ބާވައިލައްވައި، ދެން އެމީހަކު އެ قرآن އެމީހުންނަށް ކިޔައިދިންނަމަވެސް، އެއުރެން، އެއަށް إيمانވާ ބަޔަކު ކަމުގައި ނުވީހެވެ.
19 ވަނަ ފޮތް
كَذَٲلِكَ سَلَكۡنَـٰهُ فِى قُلُوبِ ٱلۡمُجۡرِمِينَ 200
ތިމަންރަސްކަލާނގެ އެފަދައިން ކުށްވެރިންގެ ހިތްތަކަށް ދޮގުކުރުން ވެއްދެވީމެވެ.
19 ވަނަ ފޮތް
لَا يُؤۡمِنُونَ بِهِۦ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ 201
ވޭންދެނިވި عذاب އެއުރެންނަށް ފެނިއްޖައުމަށްދާނދެން އެއުރެން އެއަކަށް إيمانއެއް ނުވާނެތެވެ.
19 ވަނަ ފޮތް
فَيَأۡتِيَهُم بَغۡتَةً۬ وَهُمۡ لَا يَشۡعُرُونَ 202
ފަހެ، އެއުރެންނަށް ނުވެސް އެނގިތިއްބައި، އެ عذاب އެއުރެންގެ ގާތަށް އަންނާނީ ކުއްލިއަކަށެވެ.
19 ވަނަ ފޮތް
فَيَقُولُواْ هَلۡ نَحۡنُ مُنظَرُونَ 203
ފަހެ، އެއުރެން ބުނާނެތެވެ. (إيمانވުމަށްޓަކައި) ތިމަންމެންނަށް ލަސްކޮށްލައްވާނެ ހެއްޔެވެ؟
19 ވަނަ ފޮތް
أَفَبِعَذَابِنَا يَسۡتَعۡجِلُونَ 204
ފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ عذابއަށް ހެއްޔެވެ؟
19 ވަނަ ފޮތް
أَفَرَءَيۡتَ إِن مَّتَّعۡنَـٰهُمۡ سِنِينَ 205
ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعدކުރައްވާފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.
19 ވަނަ ފޮތް
ثُمَّ جَآءَهُم مَّا كَانُواْ يُوعَدُونَ 206
ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعدކުރައްވާފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.
19 ވަނަ ފޮތް
مَآ أَغۡنَىٰ عَنۡہُم مَّا كَانُواْ يُمَتَّعُونَ 207
ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعدކުރައްވާފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.
19 ވަނަ ފޮތް
وَمَآ أَهۡلَكۡنَا مِن قَرۡيَةٍ إِلَّا لَهَا مُنذِرُونَ 208
އެއްވެސް ރަށެއް، އެރަށުގެ أهلވެރިންނަށް إنذارކުރައްވާނޭ رسولން ނުފޮނުއްވައެއް ތިމަންރަސްކަލާނގެ ހަލާކެއް ނުކުރައްވަމެވެ.
19 ވަނަ ފޮތް
ذِكۡرَىٰ وَمَا ڪُنَّا ظَـٰلِمِينَ 209
(އެއީ) ހަނދާންކޮށްދެއްވުމެކެވެ. އަދި އަނިޔާވެރި ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.
19 ވަނަ ފޮތް
وَمَا تَنَزَّلَتۡ بِهِ ٱلشَّيَـٰطِينُ 210
އެ قرآن ގެނެސްދިނީ شيطانންނެއް ނޫނެވެ.
19 ވަނަ ފޮތް
وَمَا يَنۢبَغِى لَهُمۡ وَمَا يَسۡتَطِيعُونَ 211
އަދި އެއީ شيطانންނަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެ شيطانންނަށް އެކަމަކަށް ކުޅަދާނަވެގެނެއްވެސް ނުވެއެވެ.
19 ވަނަ ފޮތް
ِنَّهُمۡ عَنِ ٱلسَّمۡعِ لَمَعۡزُولُونَ 212
ހަމަކަށަވަރުން، އެ شيطانންވަނީ (ވަގަށް) އަޑުއެހުމުން ވަކިކުރައްވާފައިކަން ކަށަވަރެވެ.
19 ވަނަ ފޮތް
فَلَا تَدۡعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتَكُونَ مِنَ ٱلۡمُعَذَّبِينَ 213
ފަހެ، اللَّهއާއެކު އެހެން إلهއަކަށް ކަލޭގެފާނު دعاءކުރައްވައި، އަޅުކަން ނުކުރައްވާށެވެ! ފަހެ، އޭރުން عذابލިބޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެދާނެއެވެ.
19 ވަނަ ފޮތް
وَأَنذِرۡ عَشِيرَتَكَ ٱلۡأَقۡرَبِينَ 214
ކަލޭގެފާނުގެ އެންމެ ގާތްތިމާގެ قبيلةގެ މީހުންނަށް إنذار ކުރައްވާށެވެ!
19 ވަނަ ފޮތް
وَٱخۡفِضۡ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلۡمُؤۡمِنِينَ 215
مؤمنންގެ ތެރެއިން ކަލޭގެފާނަށް تبعވީ މީހުންނަށް، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!)
19 ވަނަ ފޮތް
فَإِنۡ عَصَوۡكَ فَقُلۡ إِنِّى بَرِىٓءٌ۬ مِّمَّا تَعۡمَلُونَ 216
ފަހެ، އެއުރެން ކަލޭގެފާނަށް އުރެދިއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންކުރާ عملތަކުން ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ.
19 ވަނަ ފޮތް
وَتَوَكَّلۡ عَلَى ٱلۡعَزِيزِ ٱلرَّحِيمِ 217
އަދި عزيزވަންތަ، رحيمވަންތަ ރަސްކަލާނގެއަށް ކަލޭގެފާނު وكيلކުރައްވާށެވެ!
19 ވަނަ ފޮތް
ٱلَّذِى يَرَٮٰكَ حِينَ تَقُومُ 218
އެކަލާނގެއީ، ކަލޭގެފާނު (ނަމާދަށް) ތެދުވެވަޑައިގަންނަވާހިނދު، ކަލޭގެފާނު ދެކެވޮޑިގެންވާ ރަސްކަލާނގެއެވެ.
19 ވަނަ ފޮތް
وَتَقَلُّبَكَ فِى ٱلسَّـٰجِدِينَ 219
އަދި سجدةކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު حركاتތެރިވެ ވަޑައިގަންނަވާތަންވެސް އެކަލާނގެ ދެކެވޮޑިގެންވެއެވެ.
19 ވަނަ ފޮތް
إِنَّهُ ۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ 220
ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
19 ވަނަ ފޮތް
هَلۡ أُنَبِّئُكُمۡ عَلَىٰ مَن تَنَزَّلُ ٱلشَّيَـٰطِينُ 221
އެއުރެންގެ މައްޗަށް شيطانން ފައިބާ މީހުންގެ خبر، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަން ހެއްޔެވެ؟
19 ވަނަ ފޮތް
تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ۬ 222
އެ شيطانން ފައިބަނީ، ދޮގުވެރިކަން ބޮޑު، ފާފަވެރިކަން ބޮޑު ކޮންމެ މީހެއްގެ މައްޗަށެވެ.
19 ވަނަ ފޮތް
يُلۡقُونَ ٱلسَّمۡعَ وَأَڪۡثَرُهُمۡ كَـٰذِبُونَ 223
އެ شيطانން އަޑުއަހާ ތަކެތި (كاهنންނަށް) ލައިދެތެވެ. އަދި އޭގެ ގިނަމީހުންނީ، ދޮގުވެރިންނެވެ.
19 ވަނަ ފޮތް
وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلۡغَاوُ ۥنَ 224
ޅެންވެރިންނަށް (އެބަހީ: އެއުރެންގެ ތެރެއިން كافرންނަށް) تبعވާނީ މަގުފުރެދިގެންވާ މީހުންނެވެ.
19 ވަނަ ފޮތް
َلَمۡ تَرَ أَنَّهُمۡ فِى ڪُلِّ وَادٍ۬ يَهِيمُونَ 225
ހަމަކަށަވަރުން، (ބަހުގެ) ކޮންމެ وادىއެއްގައިމެ،(އެބަހީ: ކޮންމެ ފަންނެއްގައިމެ) ދެވޭނުދެވޭ ތަނެއް ނޭނގޭގޮތަށް، (އެބަހީ: އެންމެ ފުރިހަމަގޮތުގައި އެކަން ގެނެސްގަންނަށް ނޭނގިގެން) އެއުރެން އުޅޭތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟
19 ވަނަ ފޮތް
وَأَنَّہُمۡ يَقُولُونَ مَا لَا يَفۡعَلُونَ 226
އަދި ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ، އެއުރެން ނުކުރާ ކަންތަކުގެ ވާހަކައެވެ.
19 ވަނަ ފޮތް
إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ وَذَكَرُواْ ٱللَّهَ كَثِيرً۬ا وَٱنتَصَرُواْ مِنۢ بَعۡدِ مَا ظُلِمُواْ‌ۗ وَسَيَعۡلَمُ ٱلَّذِينَ ظَلَمُوٓاْ أَىَّ مُنقَلَبٍ۬ يَنقَلِبُونَ 227
إيمانވެ صالح عملތައްކޮށް، އަދި ގިނަގިނައިން اللَّه ހަނދުމަކޮށް، އަދި އަނިޔާލިބުމަށްފަހު، نصرލިބިގަތްމީހުން މެނުވީއެވެ. ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން رجوعވާހުށީ ކޮންތަނަކަށްކަން އެނގޭހުށްޓެވެ.
0:00 0:00