بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
عَمَّ يَتَسَآءَلُونَ 1
އެއުރެން އެކަކު އަނެކަކާ سؤالކޮށް އުޅެނީ، ކޮންކަމަކާ މެދުގައި ހެއްޔެވެ؟
عَنِ ٱلنَّبَإِ ٱلۡعَظِيمِ 2
ބޮޑުވެގެންވާ خبرއާ މެދުގައެވެ.
ٱلَّذِى هُمۡ فِيهِ مُخۡتَلِفُونَ 3
އެ خبرއަކީ، އެއުރެން އެއާމެދު خلافވެގެންވާ خبرއެވެ.
كَلَّا سَيَعۡلَمُونَ 4
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
ثُمَّ كَلَّا سَيَعۡلَمُونَ 5
ދެންވެސް ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
أَلَمۡ نَجۡعَلِ ٱلۡأَرۡضَ مِهَـٰدً۬ا 6
ތަންމައްޗެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަންހެއްޔެވެ؟
وَٱلۡجِبَالَ أَوۡتَادً۬ا 7
އަދި (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ؟
وَخَلَقۡنَـٰكُمۡ أَزۡوَٲجً۬ا 8
އަދި (ދެ جنسން) ޖޯޑުޖޯޑަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީމެވެ.
وَجَعَلۡنَا نَوۡمَكُمۡ سُبَاتً۬ا 9
އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ނިދި، އަރާމެއް ކަމުގައި ލެއްވީމެވެ.
وَجَعَلۡنَا ٱلَّيۡلَ لِبَاسً۬ا 10
އަދި ފޭރާމެއް ކަމުގައި، ތިމަންރަސްކަލާނގެ ރޭގަނޑު ލެއްވީމެވެ.
وَجَعَلۡنَا ٱلنَّہَارَ مَعَاشً۬ا 11
އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ.
وَبَنَيۡنَا فَوۡقَكُمۡ سَبۡعً۬ا شِدَادً۬ا 12
ގަދަފަދަވެގެންވާ ހަތް އުޑު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތީގައި ބިނާކުރެއްވީމެވެ.
وَجَعَلۡنَا سِرَاجً۬ا وَهَّاجً۬ا 13
އަދި އަލިކަންގަދަ ވޮށެއް (އެބަހީ: އިރު) ތިމަންރަސްކަލާނގެ ލެއްވީމެވެ.
وَأَنزَلۡنَا مِنَ ٱلۡمُعۡصِرَٲتِ مَآءً۬ ثَجَّاجً۬ا 14
އަދި ވާރޭވިލާތަކުގެ ތެރެއިން އޮހިގެންއަންނަ ފެން، ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.
لِّنُخۡرِجَ بِهِۦ حَبًّ۬ا وَنَبَاتً۬ا 15
އެ ފެނުގެ ސަބަބުން، އޮށްޓަރާއި، ފަތްޕިލާވެލި ފަޅުއްވައި، ނެރުއްވުމަށްޓަކައެވެ.
وَجَنَّـٰتٍ أَلۡفَافًا 16
އަދި ގަސްތަކުގެ ފަތްތައް ބޯކޮށް ހެދިފައިވާ ބަގީޗާތައް މެއެވެ.
إِنَّ يَوۡمَ ٱلۡفَصۡلِ كَانَ مِيقَـٰتً۬ا 17
ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަސް ކަނޑައެޅިގެންވާ ދުވަހެއް ކަމުގައިވިއެވެ.
يَوۡمَ يُنفَخُ فِى ٱلصُّورِ فَتَأۡتُونَ أَفۡوَاجً۬ا 18
ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ، އެދުވަހުން ތިޔަބައިމީހުން (محشرބިމަށް) ބައިބަޔަށް އަންނާނޫއެވެ.
وَفُتِحَتِ ٱلسَّمَآءُ فَكَانَتۡ أَبۡوَٲبً۬ا 19
އަދި އުޑުތައް ހުޅުއްވާނެތެވެ. ފަހެ، ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެތެވެ.
وَسُيِّرَتِ ٱلۡجِبَالُ فَكَانَتۡ سَرَابًا 20
އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ.
إِنَّ جَهَنَّمَ كَانَتۡ مِرۡصَادً۬ا 21
ހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ.
لِّلطَّـٰغِينَ مَـَٔابً۬ا 22
كافرންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ.
لَّـٰبِثِينَ فِيہَآ أَحۡقَابً۬ا 23
އެތައްޒަމާނަކަށް އެއުރެން އެތާނގައި، ލަސްވެތިބޭ حالގައެވެ.
لَّا يَذُوقُونَ فِيہَا بَرۡدً۬ا وَلَا شَرَابًا 24
އެތާނގައި ފިނިކަމެއްގެ ރަހަވެސް، އަދި ބުއިމެއްގެ ރަހަވެސް އެއުރެންނަކަށް ނުލިބޭނެތެވެ.
إِلَّا حَمِيمً۬ا وَغَسَّاقً۬ا 25
ކެކިކެކިހުންނަ ހޫނުފެނާއި (ނަރަކައިގެ أهلވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ.
جَزَآءً۬ وِفَاقًا 26
(އެއުރެންގެ عملތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ.
إِنَّہُمۡ ڪَانُواْ لَا يَرۡجُونَ حِسَابً۬ا 27
ހަމަކަށަވަރުން حسابބެއްލެވުމަށް ނޭދޭބަޔަކު ކަމުގައި އެއުރެންވޫއެވެ.
وَكَذَّبُواْ بِـَٔايَـٰتِنَا كِذَّابً۬ا 28
ބޮޑުވެގެންވާ ދޮގުކުރުމަކުން، ތިމަންރަސްކަލާނގެ آيةތައް އެއުރެން ދޮގުކުރޫއެވެ.
وَكُلَّ شَىۡءٍ أَحۡصَيۡنَـٰهُ ڪِتَـٰبً۬ا 29
އަދި ކޮންމެ އެއްޗެއް ތިމަންރަސްކަލާނގެ ފޮތެއްގައި ހިމެނުއްވީމެވެ.
فَذُوقُواْ فَلَن نَّزِيدَكُمۡ إِلَّا عَذَابًا 30
ފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި عملތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، عذابމެނުވީ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ.
إِنَّ لِلۡمُتَّقِينَ مَفَازًا 31
ހަމަކަށަވަރުން، تقوىވެރިންނަށް ހުރީ، نصيبލިބެނިވި ތަނެކެވެ.
حَدَآٮِٕقَ وَأَعۡنَـٰبً۬ا 32
ބަގީޗާތަކާއި، އަދި މޭބިސްކަދުރުތަކެވެ.
وَكَوَاعِبَ أَتۡرَابً۬ا 33
އަދި އެއްފުރާވަރުގެ ޒުވާން އަންހެން ކުދިންނެވެ.
وَكَأۡسً۬ا دِهَاقً۬ا 34
އަދި ފުރިފައިވާ ރާތަށިތަކެވެ.
لَّا يَسۡمَعُونَ فِيہَا لَغۡوً۬ا وَلَا كِذَّٲبً۬ا 35
باطل ވާހަކަތަކެއް، އަދި ދޮގެއް އެއުރެން އެތާކު ނާހާނެތެވެ.
جَزَآءً۬ مِّن رَّبِّكَ عَطَآءً حِسَابً۬ا 36
ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ.
رَّبِّ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَمَا بَيۡنَہُمَا ٱلرَّحۡمَـٰنِۖ لَا يَمۡلِكُونَ مِنۡهُ خِطَابً۬ا 37
އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރި رحمنވަންތަ ރަސްކަލާނގެ حضرةންނެވެ. އެކަލާނގެ حضرةއަށް ބަސްދެންނެވުމަށް އެއުރެންނަކަށް އެއްވެސްބާރެއް ލިބިގެނެއް ނުވެތެވެ.
يَوۡمَ يَقُومُ ٱلرُّوحُ وَٱلۡمَلَـٰٓٮِٕكَةُ صَفًّ۬اۖ لَّا يَتَكَلَّمُونَ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَـٰنُ وَقَالَ صَوَابً۬ا 38
جبريلގެފާނާއި، ملائكةން ސަފަކަށް قائمވެ ތިއްބަވާ ދުވަހެވެ. رحمنވަންތަ ރަސްކަލާނގެ، އެމީހަކަށް إذنދެއްވައި، حقތެދުބަހެއް ބުނެފި މީހަކު މެނުވީ، އެކަކަށްވެސް ވާހަކައެއް ނުދެއްކޭނެތެވެ.
ذَٲلِكَ ٱلۡيَوۡمُ ٱلۡحَقُّۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا 39
އެއީ ކަށަވަރުވެގެންވާ ދުވަހެވެ. ފަހެ، ބޭނުންމީހަކު އެމީހާގެ ވެރިރަސްކަލާނގެ حضرةއަށް رجوعވުމެއް ހިފައިފާހުށިކަމެވެ!
إِنَّآ أَنذَرۡنَـٰكُمۡ عَذَابً۬ا قَرِيبً۬ا يَوۡمَ يَنظُرُ ٱلۡمَرۡءُ مَا قَدَّمَتۡ يَدَاهُ وَيَقُولُ ٱلۡكَافِرُ يَـٰلَيۡتَنِى كُنتُ تُرَٲبَۢا 40
ހަމަކަށަވަރުން، ގާތްވެގެންވާ عذابއެއްގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذارކުރެއްވީމެވެ. (އެއީ) އެމީހެއްގެ ދެއަތުން އިސްކޮށްފައިވާ ކަންތައް، އެމީހާ ދެކޭނޭ ދުވަހެވެ. އަދި كافرވި މީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަން ވެއްޔަށްވީނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟