بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّه ގެ اسمފުޅުން ފަށައިގަންނަމެވެ.
قَدۡ أَفۡلَحَ ٱلۡمُؤۡمِنُونَ 1
مؤمنން ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
ٱلَّذِينَ هُمۡ فِى صَلَاتِہِمۡ خَـٰشِعُونَ 2
އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ.
وَٱلَّذِينَ هُمۡ عَنِ ٱللَّغۡوِ مُعۡرِضُونَ 3
އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ.
وَٱلَّذِينَ هُمۡ لِلزَّكَوٰةِ فَـٰعِلُونَ 4
އަދި އެއުރެންނީ، زكاةދޭމީހުންނެވެ.
وَٱلَّذِينَ هُمۡ لِفُرُوجِهِمۡ حَـٰفِظُونَ 5
އަދި އެއުރެންނީ، އެއުރެންގެ فرجތަކަށް (އެބަހީ: ޖިންސީ ގުނަންތަކަށް)ރައްކާތެރިވާމީހުންނެވެ.
إِلَّا عَلَىٰٓ أَزۡوَٲجِهِمۡ أَوۡ مَا مَلَكَتۡ أَيۡمَـٰنُہُمۡ فَإِنَّہُمۡ غَيۡرُ مَلُومِينَ 6
އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ.
فَمَنِ ٱبۡتَغَىٰ وَرَآءَ ذَٲلِكَ فَأُوْلَـٰٓٮِٕكَ هُمُ ٱلۡعَادُونَ 7
ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سرحد) ފަހަނަޅައިދާ މީހުންނެވެ.
وَٱلَّذِينَ هُمۡ لِأَمَـٰنَـٰتِهِمۡ وَعَهۡدِهِمۡ رَٲعُونَ 8
އަދި އެއުރެންނީ އެއުރެންގެ أمانةތަކަށާއި އެއުރެންގެ عهدތަކަށް ރައްކާތެރިވާ މީހުންނެވެ.
وَٱلَّذِينَ هُمۡ عَلَىٰ صَلَوَٲتِہِمۡ يُحَافِظُونَ 9
އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ.
أُوْلَـٰٓٮِٕكَ هُمُ ٱلۡوَٲرِثُونَ 10
(ހެޔޮކަން) ވާރުތަވާ މީހުންނީ، ހަމައެއުރެންނެވެ.
ٱلَّذِينَ يَرِثُونَ ٱلۡفِرۡدَوۡسَ هُمۡ فِيہَا خَـٰلِدُونَ 11
އެއުރެންނީ، فردوسއޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެތާނގައި އަބަދަށް ދެމިތިބޭހުށްޓެވެ.
وَلَقَدۡ خَلَقۡنَا ٱلۡإِنسَـٰنَ مِن سُلَـٰلَةٍ۬ مِّن طِينٍ۬ 12
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ خلاصةއިން (އެބަހީ: މަށިންއުފެށްދެވި އުފެއްދެވުމަކުން) އިންސާނާ (އެބަހީ: آدمގެފާނު) ހެއްދެވީމެވެ.
ثُمَّ جَعَلۡنَـٰهُ نُطۡفَةً۬ فِى قَرَارٍ۬ مَّكِينٍ۬ 13
ދެން ތިމަންރަސްކަލާނގެ އެ އިންސާނާ، ރައްކާތެރިތަނެއްގައި، މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ.
ثُمَّ خَلَقۡنَا ٱلنُّطۡفَةَ عَلَقَةً۬ فَخَلَقۡنَا ٱلۡعَلَقَةَ مُضۡغَةً۬ فَخَلَقۡنَا ٱلۡمُضۡغَةَ عِظَـٰمً۬ا فَكَسَوۡنَا ٱلۡعِظَـٰمَ لَحۡمً۬ا ثُمَّ أَنشَأۡنَـٰهُ خَلۡقًا ءَاخَرَۚ فَتَبَارَكَ ٱللَّهُ أَحۡسَنُ ٱلۡخَـٰلِقِينَ 14
ދެން ތިމަންރަސްކަލާނގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެންއުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެފުރިހަމައަށް ތަކެތި ހައްދަވާ اللَّه، މަތިވެރިވެވޮޑިގެންވެއެވެ.
ثُمَّ إِنَّكُم بَعۡدَ ذَٲلِكَ لَمَيِّتُونَ 15
ދެން ހަމަކަށަވަރުން، ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ.
ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَـٰمَةِ تُبۡعَثُونَ 16
ދެން ހަމަކަށަވަރުން، ތިޔަބައިމީހުން قيامةދުވަހުން، އަލުންދިރުއްވައި محشرއަށް ފޮނުއްވާނެތެވެ.
وَلَقَدۡ خَلَقۡنَا فَوۡقَكُمۡ سَبۡعَ طَرَآٮِٕقَ وَمَا كُنَّا عَنِ ٱلۡخَلۡقِ غَـٰفِلِينَ 17
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާ ދިމާމަތީގައި، ހަތް އުޑު ހެއްދެވީމެވެ. އަދި خلقތަކުންނާމެދު غافلވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.
وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٍ۬ فَأَسۡكَنَّـٰهُ فِى ٱلۡأَرۡضِۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَـٰدِرُونَ 18
އަދި ތިމަންރަސްކަލާނގެ، ވަކި މިންވަރަކަށް އުޑުން ފެންވެއްސެވީމެވެ. ފަހެ، އެ ފެން ތިމަންރަސްކަލާނގެ ބިމުގައި ހަރުލެއްވީމެވެ. އަދި ހަމަކަށަވަރުން، އެ ފެން (ތިޔަބައިމީހުންނަށް އަތުނުވާ ހިސާބަށް) ގެންދެވުމަށް، ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވަމެވެ.
فَأَنشَأۡنَا لَكُم بِهِۦ جَنَّـٰتٍ۬ مِّن نَّخِيلٍ۬ وَأَعۡنَـٰبٍ۬ لَّكُمۡ فِيہَا فَوَٲكِهُ كَثِيرَةٌ۬ وَمِنۡہَا تَأۡكُلُونَ 19
ފަހެ، އެ ފެނުގެ ސަބަބުން ކަދުރުރުކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިޔަބައިމީހުންނަށްޓަކައި، ތިމަންރަސްކަލާނގެ އުފެއްދެވީމެވެ. އެ ބަގީޗާތަކުގައި ތިޔަބައިމީހުންނަށްޓަކައި، ގިނަ މޭވާތައްވެއެވެ. އަދި އެ ތަކެތީން ތިޔަބައިމީހުން ކައިއުޅެމުއެވެ.
وَشَجَرَةً۬ تَخۡرُجُ مِن طُورِ سَيۡنَآءَ تَنۢبُتُ بِٱلدُّهۡنِ وَصِبۡغٍ۬ لِّلۡأَڪِلِينَ 20
އަދި طُورسَينَاء އެވެ ކިޔާ ފަރުބަދައިން ނުކުންނަ ގަހެއް ހެއްދެވީމެވެ. (އެއީ ޒައިތޫނިގަހެވެ.) ތެލާއި، އަދި ކާމީހުންނަށްހުރި، ލައިގެންކާއެއްޗެއްގެ ގޮތުގައި އެ ގަސް ހެދެއެވެ.
وَإِنَّ لَكُمۡ فِى ٱلۡأَنۡعَـٰمِ لَعِبۡرَةً۬ۖ نُّسۡقِيكُم مِّمَّا فِى بُطُونِہَا وَلَكُمۡ فِيہَا مَنَـٰفِعُ كَثِيرَةٌ۬ وَمِنۡہَا تَأۡكُلُونَ 21
އަދި ހަމަކަށަވަރުން، نعمސޫފީގައި، ތިޔަބައިމީހުންނަށް عبرةއެއް ވާކަން ކަށަވަރެވެ. އެ ތަކެތީގެ ބަނޑުތެރޭގައިވާ ތަކެތިން، ތިޔަބައިމީހުންނަށް (ކިރުގެ) ބުއިމެއް ތިމަންރަސްކަލާނގެ ދެއްވަމެވެ. އަދި އެ ތަކެތީގައި، ގިނަވެގެންވާ މަންފާތައް ތިޔަބައިމީހުންނަށް ވެއެވެ. އަދި އެތަކެތީން ތިޔަބައިމީހުން ކައިއުޅެމުއެވެ.
وَعَلَيۡہَا وَعَلَى ٱلۡفُلۡكِ تُحۡمَلُونَ 22
އަދި އެ ތަކެތީގެ މަތީގައްޔާއި، ނައުފަހަރުގައި، ތިޔަބައިމީހުން (އެއްތަނުން އަނެއްތަނަށް) އުފުއްލަވައެވެ.
وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَقَالَ يَـٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَـٰهٍ غَيۡرُهُ ۥۤۖ أَفَلَا تَتَّقُونَ 23
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوحގެފާނު، އެކަލޭގެފާނުގެ قومގެމީހުންގެ ގާތަށް رسولކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން اللَّهއަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إلهއަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوىވެރި ނުވަނީހެއްޔެވެ؟
فَقَالَ ٱلۡمَلَؤُاْ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ مَا هَـٰذَآ إِلَّا بَشَرٌ۬ مِّثۡلُكُمۡ يُرِيدُ أَن يَتَفَضَّلَ عَلَيۡڪُمۡ وَلَوۡ شَآءَ ٱللَّهُ لَأَنزَلَ مَلَـٰٓٮِٕكَةً۬ مَّا سَمِعۡنَا بِہَـٰذَا فِىٓ ءَابَآٮِٕنَا ٱلۡأَوَّلِينَ 24
ފަހެ، އެކަލޭގެފާނުގެ قومގެމީހުންކުރެ كافرވި ބޮޑުން ބުނޫއެވެ. ތިޔަބައިމީހުންކަހަލަ آدمގެދަރިޔަކުކަމުގައި މެނުވީ، މީނާ ނުވެއެވެ. އޭނާ قصدކުރަނީ، ތިޔަބައިމީހުންގެ މައްޗަށް މާތްވެގަތުމަށެވެ. اللَّه އިރާދަކުރެއްވިނަމަ (رسولން ކަމުގައި) ملائكةން ބާވައިލައްވައިފީހެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް، މިފަދަ ވާހަކައެއް ތިމަންމެން ނާހަމުއެވެ.
إِنۡ هُوَ إِلَّا رَجُلُۢ بِهِۦ جِنَّةٌ۬ فَتَرَبَّصُواْ بِهِۦ حَتَّىٰ حِينٍ۬ 25
އޭނާގައި މޮޔަކަމެއްވާ ފިރިހެނަކު ކަމުގައި މެނުވީ އޭނާ ނުވެއެވެ. ފަހެ، ހިނދުކޮޅަކަށް އޭނާއާމެދު ތިޔަބައިމީހުން انتظارކުރާށެވެ!
قَالَ رَبِّ ٱنصُرۡنِى بِمَا ڪَذَّبُونِ 26
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންއަޅާ ދޮގުކުޅަކަމަށްޓަކައި ތިމަންއަޅާޔަށް نصر ދެއްވާނދޭވެ!
فَأَوۡحَيۡنَآ إِلَيۡهِ أَنِ ٱصۡنَعِ ٱلۡفُلۡكَ بِأَعۡيُنِنَا وَوَحۡيِنَا فَإِذَا جَآءَ أَمۡرُنَا وَفَارَ ٱلتَّنُّورُۙ فَٱسۡلُكۡ فِيہَا مِن ڪُلٍّ۬ زَوۡجَيۡنِ ٱثۡنَيۡنِ وَأَهۡلَكَ إِلَّا مَن سَبَقَ عَلَيۡهِ ٱلۡقَوۡلُ مِنۡهُمۡۖ وَلَا تُخَـٰطِبۡنِى فِى ٱلَّذِينَ ظَلَمُوٓاْۖ إِنَّہُم مُّغۡرَقُونَ 27
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحىކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބެއްލެވުމާއި، ތިމަންރަސްކަލާނގެ އެންގެވުމާއެކު، ނާކޮޅު ބަންނަވައި ހައްދަވާށެވެ! ފަހެ، ތިމަންރަސްކަލާނގެ (عذابގެ) أمرފުޅުއައިސް އުނދުނުގެ ތެރެއިން ފެންއަރައި،އުތުރިގެންފިހިނދު، ފަހެ، އެހިނދު ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ޖޯޑަކާއި، އެއުރެންގެ ތެރެއިން ހަލާކުވުމުގެ أمرފުޅު އިސްވެހިނގައްޖެމީހަކު މެނުވީ، ކަލޭގެފާނުގެ أهلވެރިން އެ ނާކޮޅަށް ލައްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާމެދު، ތިމަންރަސްކަލާނގެ حضرةއަށް ކަލޭގެފާނު ބަސް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނީ، غرقކުރައްވާނޭ މީހުންނެވެ.
فَإِذَا ٱسۡتَوَيۡتَ أَنتَ وَمَن مَّعَكَ عَلَى ٱلۡفُلۡكِ فَقُلِ ٱلۡحَمۡدُ لِلَّهِ ٱلَّذِى نَجَّٮٰنَا مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ 28
ފަހެ، ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުން ނާކޮޅަށް އަރައި އޭގައި ހަމަޖެހޭހިނދު، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ. اللَّهއަށް حمدހުށްޓެވެ. އެކަލާނގެއީ، އަނިޔާވެރިވި މީހުންގެ ކިބައިން ތިމަންމެން ސަލާމަތްކުރެއްވި ރަސްކަލާނގެއެވެ.
وَقُل رَّبِّ أَنزِلۡنِى مُنزَلاً۬ مُّبَارَكً۬ا وَأَنتَ خَيۡرُ ٱلۡمُنزِلِينَ 29
އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! بركاتތެރި منـزلއަކަށް މިއަޅާ ބާލުއްވައިފާނދޭވެ! އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، (منـزلއަށް) ބާލުއްވާ އެންމެހެޔޮ ރަސްކަލާނގެއެވެ.
إِنَّ فِى ذَٲلِكَ لَأَيَـٰتٍ۬ وَإِن كُنَّا لَمُبۡتَلِينَ 30
ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (މީސްތަކުން) امتحانކުރައްވަމެވެ.
ثُمَّ أَنشَأۡنَا مِنۢ بَعۡدِهِمۡ قَرۡنًا ءَاخَرِينَ 31
ދެން އެއުރެންނަށްފަހު، ތިމަންރަސްކަލާނގެ އެހެން جيلއެއްގެބަޔަކު އުފެއްދެވީމެވެ.
فَأَرۡسَلۡنَا فِيہِمۡ رَسُولاً۬ مِّنۡہُمۡ أَنِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَـٰهٍ غَيۡرُهُ ۥۤۖ أَفَلَا تَتَّقُونَ 32
ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެގާތަށް، އެއުރެންގެ ތެރެއިން رسولއަކު ފޮނުއްވީމެވެ. ތިޔަބައިމީހުން اللَّهއަށް އަޅުކަން ކުރާށޭ އަންގަވަމުންނެވެ. އެކަލާނގެ ފިޔަވައި އެހެން إلهއަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوىވެރި ނުވަނީހެއްޔެވެ؟
وَقَالَ ٱلۡمَلَأُ مِن قَوۡمِهِ ٱلَّذِينَ كَفَرُواْ وَكَذَّبُواْ بِلِقَآءِ ٱلۡأَخِرَةِ وَأَتۡرَفۡنَـٰهُمۡ فِى ٱلۡحَيَوٰةِ ٱلدُّنۡيَا مَا هَـٰذَآ إِلَّا بَشَرٌ۬ مِّثۡلُكُمۡ يَأۡكُلُ مِمَّا تَأۡكُلُونَ مِنۡهُ وَيَشۡرَبُ مِمَّا تَشۡرَبُونَ 33
އެކަލޭގެފާނުގެ قومގެމީހުންގެ ތެރެއިން كافرވެ، އަދި آخرةއާ ބައްދަލުވާނޭކަން ދޮގުކޮށްއުޅުނު، އަދި ދުނިޔޭގެ حياةގައި ތަނަވަސްކަމާއި، نعمة އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ބޮޑުންގެމީހުން ބުނޫއެވެ. ތިޔަބައިމީހުންކަހަލަ آدمގެދަރިޔަކު ކަމުގައި މެނުވީ، މީނާ ނުވެއެވެ. ތިޔަބައިމީހުން އެ އެއްޗަކުން ކައިއުޅޭ ތަކެތިން، އޭނާވެސް ކައިއުޅެތެވެ. އަދި ތިޔަބައިމީހުން އެ އެއްޗަކުން ބޮއިއުޅޭ ތަކެތިން އޭނާވެސް ބޮއިއުޅެތެވެ.
وَلَٮِٕنۡ أَطَعۡتُم بَشَرً۬ا مِّثۡلَكُمۡ إِنَّكُمۡ إِذً۬ا لَّخَـٰسِرُونَ 34
އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކަހަލަ آدمގެދަރިޔަކަށް ތިޔަބައިމީހުން ކިޔަމަންތެރިވެއްޖެނަމަ، އެހިނދު ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ގެއްލެނިވެގެންވާ ބަޔެއްކަން ކަށަވަރެވެ.
أَيَعِدُكُمۡ أَنَّكُمۡ إِذَا مِتُّمۡ وَكُنتُمۡ تُرَابً۬ا وَعِظَـٰمًا أَنَّكُم مُّخۡرَجُونَ 35
ހަމަކަށަވަރުން، ތިޔަބައިމީހުން މަރުވެއްޖެހިނދު، އަދި ވެއްޔާއި، ކަށްޓަށް ތިޔަބައިމީހުން ވެއްޖެހިނދު، އަލުންދިރުއްވައި ނެރުއްވާނޭކަމަށް އޭނާ ތިޔަބައިމީހުންނަށް وعد ކުރަނީހެއްޔެވެ؟
۞ هَيۡہَاتَ هَيۡہَاتَ لِمَا تُوعَدُونَ 36
ތިޔަބައިމީހުންނަށް وعدކުރައްވާ ކަންތައް ދުރުވެގެންވެއެވެ. (ވަރަށް) ދުރުވެގެންވެއެވެ.
إِنۡ هِىَ إِلَّا حَيَاتُنَا ٱلدُّنۡيَا نَمُوتُ وَنَحۡيَا وَمَا نَحۡنُ بِمَبۡعُوثِينَ 37
އެ ދިރިއުޅުމަކީ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމުއެވެ. އަދި ދިރިއުޅެމުއެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
إِنۡ هُوَ إِلَّا رَجُلٌ ٱفۡتَرَىٰ عَلَى ٱللَّهِ ڪَذِبً۬ا وَمَا نَحۡنُ لَهُ ۥ بِمُؤۡمِنِينَ 38
اللَّهއާމެދު ހަދައިގެން ދޮގެއް ބުނި ފިރިހެނަކު ކަމުގައިނޫނީ، އޭނާ ނުވެއެވެ. އަދި އޭނާޔަށް إيمانވާބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ.
قَالَ رَبِّ ٱنصُرۡنِى بِمَا كَذَّبُونِ 39
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންއަޅާ ދޮގުކުޅަކަމަށްޓަކައި ތިމަންއަޅާޔަށް نصرދެއްވާނދޭވެ!
قَالَ عَمَّا قَلِيلٍ۬ لَّيُصۡبِحُنَّ نَـٰدِمِينَ 40
އެކަލާނގެ وحىކުރެއްވިއެވެ. ކުޑަހިނދުކޮޅަކުން އެއުރެން ހިތާމަކުރާ ބަޔަކުކަމުގައި ވާނޭކަން ކަށަވަރެވެ.
فَأَخَذَتۡہُمُ ٱلصَّيۡحَةُ بِٱلۡحَقِّ فَجَعَلۡنَـٰهُمۡ غُثَآءً۬ۚ فَبُعۡدً۬ا لِّلۡقَوۡمِ ٱلظَّـٰلِمِينَ 41
ފަހެ، حقގޮތުގައި އައި ގަދަފަދަ އަޑު އެއުރެން ހަލާކުކުރިއެވެ. ދެން އޮޔާދާ ކުނިތަކެއްފަދައިން ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. ފަހެ، އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުންހުށްޓެވެ.
ثُمَّ أَنشَأۡنَا مِنۢ بَعۡدِهِمۡ قُرُونًا ءَاخَرِينَ 42
ދެން އެއުރެންނަށްފަހު، ތިމަންރަސްކަލާނގެ އެހެން جيلތަކެއްގެ ބަޔަކު އުފެއްދެވީމެވެ.
مَا تَسۡبِقُ مِنۡ أُمَّةٍ أَجَلَهَا وَمَا يَسۡتَـٔۡخِرُونَ 43
އެއްވެސް أمّةއަކަށް، އެ أمّةއެއްގެ أجل އިހެއްނުކުރައްވާނެތެވެ. އަދި ފަހެއްވެސް ނުމެކުރައްވާނޭމެއެވެ.
ثُمَّ أَرۡسَلۡنَا رُسُلَنَا تَتۡرَاۖ كُلَّ مَا جَآءَ أُمَّةً۬ رَّسُولُهَا كَذَّبُوهُۚ فَأَتۡبَعۡنَا بَعۡضَہُم بَعۡضً۬ا وَجَعَلۡنَـٰهُمۡ أَحَادِيثَۚ فَبُعۡدً۬ا لِّقَوۡمٍ۬ لَّا يُؤۡمِنُونَ 44
ދެން ތިމަންރަސްކަލާނގެ رسولން އެއްބޭކަލަކަށްފަހު އަނެއްބޭކަލަކު ވަޑައިގަންނަވާގޮތުގައި ފޮނުއްވީމެވެ. ކޮންމެ أمّةއަކަށްވެސް އެ أمّةގެ رسولއާ ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އެބޭކަލަކު ދޮގުކުރޫއެވެ. ފަހެ، އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ ފަހަތުން ފޮނުއްވައި ނެތިކުރެއްވީމެވެ. އަދި ދެކެވޭ ވާހަކަތަކެއްކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. ފަހެ، إيمان ނުވާ ބަޔަކަށް ހަލާކާއި ގެއްލުންހުށްޓެވެ.
ثُمَّ أَرۡسَلۡنَا مُوسَىٰ وَأَخَاهُ هَـٰرُونَ بِـَٔايَـٰتِنَا وَسُلۡطَـٰنٍ۬ مُّبِينٍ 45
ދެން ތިމަންރަސްކަލާނގެ ހެކިތަކާއި، ބަޔާންވެގެންވާ ބާރަކާއެކު موسىގެފާނާއި، އެކަލޭގެފާނުގެ أخ، هارونގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ.
إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمًا عَالِينَ 46
(އެއީ) فرعونއާއި، އޭނާގެ ބޮޑުންގެ ގާތަށެވެ. ފަހެ، އެއުރެން ބޮޑާވެގަތެވެ. އަދި كبرވެރިވެގަތް ބަޔަކުކަމުގައި އެއުރެންވޫއެވެ.
فَقَالُوٓاْ أَنُؤۡمِنُ لِبَشَرَيۡنِ مِثۡلِنَا وَقَوۡمُهُمَا لَنَا عَـٰبِدُونَ 47
ފަހެ، އެއުރެން ބުނޫއެވެ. ތިމަންމެންކަހަލަ آدمގެދަރި ދެމީހަކަށް ތިމަންމެން إيمانވާނެ ހެއްޔެވެ؟ އެ ދެމީހުންގެ قومގެމީހުން، ތިމަންމެންނަށް ކިޔަމަންވާ އަޅުންކަމުގައިވާ حالގައެވެ.
فَكَذَّبُوهُمَا فَكَانُواْ مِنَ ٱلۡمُهۡلَكِينَ 48
ފަހެ، އެއުރެން އެ ދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ހަލާކުކުރައްވައި، ނެތިކުރެއްވި މީހުންގެ ތެރެއިން އެއުރެންވޫއެވެ.
وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَـٰبَ لَعَلَّهُمۡ يَہۡتَدُونَ 49
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسىގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) އެއުރެން ތެދުމަގު ލިބިގަތުމަށްޓަކައެވެ.
وَجَعَلۡنَا ٱبۡنَ مَرۡيَمَ وَأُمَّهُ ۥۤ ءَايَةً۬ وَءَاوَيۡنَـٰهُمَآ إِلَىٰ رَبۡوَةٍ۬ ذَاتِ قَرَارٍ۬ وَمَعِينٍ۬ 50
އަދި مريمގެފާނުގެ ދަރިކަލުންނާއި، އެ ދަރިކަލުންގެ މައިކަމަނާ (ކުޅަދުންވަންތަކަމުގެ) ހެތްކެއް ކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ހަމަޖެހޭ ދިރިއުޅުމަކާއި، ފެންއާރުތަކެއްގެވެރި އުސްބިމެއްގައި، ތިމަންރަސްކަލާނގެ އެ ދެމައިކަނބަލުންނަށް ހިޔާވަހިކަން ދެއްވީމެވެ.
يَـٰٓأَيُّہَا ٱلرُّسُلُ كُلُواْ مِنَ ٱلطَّيِّبَـٰتِ وَٱعۡمَلُواْ صَـٰلِحًاۖ إِنِّى بِمَا تَعۡمَلُونَ عَلِيمٌ۬ 51
(އެކަލާނގެ وحىކުރެއްވިއެވެ.) އޭ رسولންނޭވެ! حلال ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި صالح عملކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ عملތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَإِنَّ هَـٰذِهِۦۤ أُمَّتُكُمۡ أُمَّةً۬ وَٲحِدَةً۬ وَأَنَا۟ رَبُّڪُمۡ فَٱتَّقُونِ 52
އަދި ހަމަކަށަވަރުން، މިއީ އެއް أمّةއެއް ކަމުގައިވާ، ތިޔަބައިމީހުންގެ أمّةއެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ބިރުވެތިވެ، تقوىވެރިވާށެވެ!
فَتَقَطَّعُوٓاْ أَمۡرَهُم بَيۡنَہُمۡ زُبُرً۬اۖ كُلُّ حِزۡبِۭ بِمَا لَدَيۡہِمۡ فَرِحُونَ 53
ފަހެ، އެއުރެންގެ دينގެ ކަންތައް، އެއުރެންގެ މެދުގައި ތަފާތު ބައިތަކަކަށް އެއުރެން ބައިކުރޫއެވެ. ކޮންމެބަޔަކުމެ، އެ ބަޔަކުގެ ގާތުގައިވާ ގޮތާމެދު އުފަލުން ތިބެއެވެ.
فَذَرۡهُمۡ فِى غَمۡرَتِهِمۡ حَتَّىٰ حِينٍ 54
ފަހެ، އެއުރެންގެ މަގުފުރެދުމުގެތެރޭގައި، ހިނދުކޮޅަކަށް ދާނދެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!
أَيَحۡسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٍ۬ وَبَنِينَ 55
މުދަލާއި، ދަރިންގެ ތެރެއިން ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާ ދެއްވުން އެއީ، ތިމަންރަސްކަލާނގެ އެއުރެންނަށް ހެޔޮކަންތައް ދެއްވުމުގައި އަވަސްވެވޮޑިގަންނަވަނީކަމަށް އެއުރެން ހީކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނަށް (އެކަމުގެ حقيقة) ނޭނގެނީއެވެ.
نُسَارِعُ لَهُمۡ فِى ٱلۡخَيۡرَٲتِۚ بَل لَّا يَشۡعُرُونَ 56
މުދަލާއި، ދަރިންގެ ތެރެއިން ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާ ދެއްވުން އެއީ، ތިމަންރަސްކަލާނގެ އެއުރެންނަށް ހެޔޮކަންތައް ދެއްވުމުގައި އަވަސްވެވޮޑިގަންނަވަނީކަމަށް އެއުރެން ހީކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނަށް (އެކަމުގެ حقيقة) ނޭނގެނީއެވެ.
إِنَّ ٱلَّذِينَ هُم مِّنۡ خَشۡيَةِ رَبِّہِم مُّشۡفِقُونَ 57
ހަމަކަށަވަރުން، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވުމުން އެކަލާނގެ عذابއަށް ބިރުވެތިވާ މީހުންނެވެ.
وَٱلَّذِينَ هُم بِـَٔايَـٰتِ رَبِّہِمۡ يُؤۡمِنُونَ 58
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ آيةތަކަށް إيمانވާ މީހުންނެވެ.
وَٱلَّذِينَ هُم بِرَبِّہِمۡ لَا يُشۡرِكُونَ 59
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް شريك ނުކުރާ މީހުންނެވެ.
وَٱلَّذِينَ يُؤۡتُونَ مَآ ءَاتَواْ وَّقُلُوبُہُمۡ وَجِلَةٌ أَنَّہُمۡ إِلَىٰ رَبِّہِمۡ رَٲجِعُونَ 60
އަދި އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرةއަށް، ހަމަކަށަވަރުން، އެއުރެން އެނބުރިދާނޭކަމާމެދު އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ حال (صدقاتގެ ގޮތުން) އެއުރެން ދޭއެއްޗެއް ދޭމީހުންނެވެ.
أُوْلَـٰٓٮِٕكَ يُسَـٰرِعُونَ فِى ٱلۡخَيۡرَٲتِ وَهُمۡ لَهَا سَـٰبِقُونَ 61
އެއުރެން އެންމެންނީ، ހެޔޮކަންތަކުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެއުރެންނީ އެކަންތަކުގައި ކުރިއަރައިދާ މީހުންނެވެ.
وَلَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَاۖ وَلَدَيۡنَا كِتَـٰبٌ۬ يَنطِقُ بِٱلۡحَقِّۚ وَهُمۡ لَا يُظۡلَمُونَ 62
އަދި އެއްވެސް نفسއަކަށް، އެ نفسއަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ، ތިމަންރަސްކަލާނގެ تكليفއެއް ނުޖައްސަވަމެވެ. އަދި حقގޮތުގައި ބަސްބުނާ ފޮތެއް، ތިމަންރަސްކަލާނގެ حضرةގައިވެއެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.
بَلۡ قُلُوبُہُمۡ فِى غَمۡرَةٍ۬ مِّنۡ هَـٰذَا وَلَهُمۡ أَعۡمَـٰلٌ۬ مِّن دُونِ ذَٲلِكَ هُمۡ لَهَا عَـٰمِلُونَ 63
އަދި ކިއެއްތަ! އެއުރެންގެ ހިތްތައްވަނީ، މި (قرآن) އާމެދު ނޭނގުމެއްގެ ތެރޭގައެވެ. އަދި އެއުރެން ކުރަމުންދާ عملތަކުގެ އިތުރަށް، އެއުރެންނަށް އެހެން (ނުބައި) عملތަކެއްވެއެވެ.
حَتَّىٰٓ إِذَآ أَخَذۡنَا مُتۡرَفِيہِم بِٱلۡعَذَابِ إِذَا هُمۡ يَجۡـَٔرُونَ 64
އެއުރެންގެ ތެރެއިން، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނަށް، ތިމަންރަސްކަލާނގެ عذابފޮނުއްވައި، އެއުރެން ގެންދަވައިފުމަށް ދާނދެނެވެ. އެހާރުން، އެއުރެން ރޮއިހޭރި، ސަލާމަތަށްއެދި ގޮވާނެތެވެ.
لَا تَجۡـَٔرُواْ ٱلۡيَوۡمَۖ إِنَّكُم مِّنَّا لَا تُنصَرُونَ 65
(އެއުރެންނަށް އަންގަވާހުށްޓެވެ.) ތިޔަބައިމީހުން މިއަދު ރޮއިހޭރި ނުގޮވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަކަށް، ތިމަންރަސްކަލާނގެ حضرةއަކުން نصرވެރިކަމެއް ނުލިބޭނެތެވެ.
قَدۡ كَانَتۡ ءَايَـٰتِى تُتۡلَىٰ عَلَيۡكُمۡ فَكُنتُمۡ عَلَىٰٓ أَعۡقَـٰبِكُمۡ تَنكِصُونَ 66
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބާވައިލެއްވި آيةތައް، ތިޔަބައިމީހުންނަށް (އިއްވައި) ކިޔެވޭ ކަމުގައިވިއެވެ. ފަހެ، ތިޔަބައިމީހުން އަނެއްފަރާތަށް އެނބުރި، ފުރަގަސްދޭ ބަޔަކު ކަމުގައި ވީމުއެވެ.
مُسۡتَكۡبِرِينَ بِهِۦ سَـٰمِرً۬ا تَهۡجُرُونَ 67
އެ قرآنއާމެދު ބޮޑާވެގަންނަ حالގައެވެ. ތިޔަބައިމީހުން ރޭގަނޑުގެ ވަގުތުގައި (އެ قرآنއަށް) މަލާމާތްކޮށް ވާހަކަދައްކަން ތިބޭހިނދުގައެވެ.
أَفَلَمۡ يَدَّبَّرُواْ ٱلۡقَوۡلَ أَمۡ جَآءَهُم مَّا لَمۡ يَأۡتِ ءَابَآءَهُمُ ٱلۡأَوَّلِينَ 68
ފަހެ، އެއުރެން قرآنއާމެދު ވިސްނުން ހިންގައި، ފިކުރުނުކުރަނީ ހެއްޔެވެ؟ ނުވަތަ އެއުރެންގެ އިހުގެ ކާބަފައިންގެ ގާތަށް ނާންނަކަމެއް އެއުރެންގެ ގާތަށް އައީހެއްޔެވެ؟
أَمۡ لَمۡ يَعۡرِفُواْ رَسُولَهُمۡ فَهُمۡ لَهُ ۥ مُنكِرُونَ 69
ނުވަތަ އެއުރެން އެކަލޭގެފާނަށް إنكارކޮށް، ދެކޮޅުހަދަނީ އެއުރެންގެ رسولއާ، އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟
أَمۡ يَقُولُونَ بِهِۦ جِنَّةُۢۚ بَلۡ جَآءَهُم بِٱلۡحَقِّ وَأَڪۡثَرُهُمۡ لِلۡحَقِّ كَـٰرِهُونَ 70
ނުވަތަ އެކަލޭގެފާނުގެ ކިބައިގައި، މޮޔަކަމެއްވާކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! (އެހެންނަކުންނޫނެވެ.) އެއުރެންނަށް އެކަލޭގެފާނު حقގޮތް ގެނެސްދެއްވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ، حقއަށް ނުރުހޭބަޔެކެވެ.
وَلَوِ ٱتَّبَعَ ٱلۡحَقُّ أَهۡوَآءَهُمۡ لَفَسَدَتِ ٱلسَّمَـٰوَٲتُ وَٱلۡأَرۡضُ وَمَن فِيهِنَّۚ بَلۡ أَتَيۡنَـٰهُم بِذِڪۡرِهِمۡ فَهُمۡ عَن ذِكۡرِهِم مُّعۡرِضُونَ 71
حق (އެބަހީ: قرآن) އެއުރެންގެ އެދުންތަކަށް تبعވީނަމަ، އުޑުތަކާއި، ބިމާއި، އެތާނގައިވާހާ ބަޔަކު ފާސިދުވެ، ނުބައިވެގެން ހިނގައްޖައީހެވެ. އަދި ކިއެއްތަ! ތިމަންރަސްކަލާނގެ އެއުރެންނަށް ހަނދާންކޮށްދެނިވި قرآن ގެނެސްދެއްވީމެވެ. ފަހެ، އެއުރެންނީ އެ قرآنއަށް ފުރަގަސްދީ އެނބުރިގަންނަ ބަޔެކެވެ.
أَمۡ تَسۡـَٔلُهُمۡ خَرۡجً۬ا فَخَرَاجُ رَبِّكَ خَيۡرٌ۬ۖ وَهُوَ خَيۡرُ ٱلرَّٲزِقِينَ 72
ނުވަތަ ކަލޭގެފާނު، އެއުރެންގެ ކިބައިން އުޖޫރައަކަށް އެދިވަޑައިގަންނަވަނީތޯއެވެ؟ ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ثواب މާހެޔޮކަން ބޮޑެވެ. އަދި އެކަލާނގެއީ، رزقދެއްވާ އެންމެހެޔޮ ރަސްކަލާނގެއެވެ.
وَإِنَّكَ لَتَدۡعُوهُمۡ إِلَىٰ صِرَٲطٍ۬ مُّسۡتَقِيمٍ۬ 73
ހަމަކަށަވަރުން، ކަލޭގެފާނު ސީދާވެގެންވާ ތެދުމަގަށް އެއުރެންނަށް ގޮވައިލައްވާކަން ކަށަވަރެވެ.
وَإِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأَخِرَةِ عَنِ ٱلصِّرَٲطِ لَنَـٰكِبُونَ 74
އަދި ހަމަކަށަވަރުން، آخرةއަށް إيمان ނުވާމީހުން، ތެދުމަގުން އެއްކިބާވެގެންވާކަން ކަށަވަރެވެ.
۞ وَلَوۡ رَحِمۡنَـٰهُمۡ وَكَشَفۡنَا مَا بِهِم مِّن ضُرٍّ۬ لَّلَجُّواْ فِى طُغۡيَـٰنِهِمۡ يَعۡمَهُونَ 75
އެއުރެންނަށް ތިމަންރަސްކަލާނގެ رحمةލައްވައި، އެއުރެންގެ ކިބައިގައިވާ ދަތިކަން ތިމަންރަސްކަލާނގެ ފިއްލެވިނަމަވެސް، އެއުރެންގެ މަގުފުރެދުމުގައި ދެވޭނުދެވޭތަނެއް ނޭނގޭގޮތުގައި، އެއުރެން ދެމިތިބީހެވެ.
وَلَقَدۡ أَخَذۡنَـٰهُم بِٱلۡعَذَابِ فَمَا ٱسۡتَكَانُواْ لِرَبِّہِمۡ وَمَا يَتَضَرَّعُونَ 76
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذابދެއްވައި އެއުރެން ހިއްޕެވީމެވެ. ދެންވެސް އެއުރެންގެ ވެރިރަސްކަލާނގެއަށް، އެއުރެން މަޑުމައިތިރިވެ، އަޅުކަންކޮށް دعاءކޮށެއް ނަހަދަތެވެ.
حَتَّىٰٓ إِذَا فَتَحۡنَا عَلَيۡہِم بَابً۬ا ذَا عَذَابٍ۬ شَدِيدٍ إِذَا هُمۡ فِيهِ مُبۡلِسُونَ 77
ގަދަފަދަވެގެންވާ عذابއެއްގެ ދޮރު، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ހުޅުއްވައިފުމަށް ދާނދެނެވެ. އެހާރުން އެ عذابގެތެރޭގައި އުންމީދުކެނޑިގެންވާ ބަޔަކު ކަމުގައި އެއުރެންވާނެތެވެ.
وَهُوَ ٱلَّذِىٓ أَنشَأَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَـٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلاً۬ مَّا تَشۡكُرُونَ 78
އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكرކުރަނީ، ވަރަށްވެސް މަދުންނެވެ.
وَهُوَ ٱلَّذِى ذَرَأَكُمۡ فِى ٱلۡأَرۡضِ وَإِلَيۡهِ تُحۡشَرُونَ 79
އަދި އެކަލާނގެއީ، ބިމުގައި ތިޔަބައިމީހުން އުފެއްދެވި ރަސްކަލާނގެއެވެ. އަދި (قيامة ދުވަހުން) ތިޔަބައިމީހުން އެއްކުރައްވާހުށީ، އެކަލާނގެ حضرةއަށެވެ.
وَهُوَ ٱلَّذِى يُحۡىِۦ وَيُمِيتُ وَلَهُ ٱخۡتِلَـٰفُ ٱلَّيۡلِ وَٱلنَّهَارِۚ أَفَلَا تَعۡقِلُونَ 80
އަދި ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމައެކަލާނގެއެވެ. އަދި ރެޔާއިދުވާލުގެ ތަފާތު ކުރެއްވުން މިލްކުވެގެންވަނީވެސް، އެކަލާނގެއަށެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
بَلۡ قَالُواْ مِثۡلَ مَا قَالَ ٱلۡأَوَّلُونَ 81
އަދި ކިއެއްތަ! އިހުގެ މީހުން ބުނިފަދައިން، އެއުރެން ބުނޫއެވެ.
قَالُوٓاْ أَءِذَا مِتۡنَا وَڪُنَّا تُرَابً۬ا وَعِظَـٰمًا أَءِنَّا لَمَبۡعُوثُونَ 82
އެއުރެން ބުނޫއެވެ. ތިމަންމެން މަރުވެ، އަދި ވެއްޔާއި، ކަށްޓަށްވެއްޖެހިނދު، ހަމަކަށަވަރުން، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ވާނޭހެއްޔެވެ؟
لَقَدۡ وُعِدۡنَا نَحۡنُ وَءَابَآؤُنَا هَـٰذَا مِن قَبۡلُ إِنۡ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلۡأَوَّلِينَ 83
ހަމަކަށަވަރުން، މީގެކުރިންވެސް ތިމަންމެންނަށާއި، ތިމަންމެންގެ ކާބަފައިންނަށް، މިކަންތައް وعدކުރެއްވިއެވެ. އެވޭލާމީހުން ދައްކައި އުޅުނު ފުލޯކުވާހަކަތަކެއް ކަމުގައި، މެނުވީ މިކަންތައް ނުވެއެވެ.
قُل لِّمَنِ ٱلۡأَرۡضُ وَمَن فِيهَآ إِن ڪُنتُمۡ تَعۡلَمُونَ 84
ކަލޭގެފާނު ވިދާޅުވާށެވެ! ބިމާއި، އެތާނގައިވާހާ ބަޔަކާއި، ތަކެއްޗެއް މިލްކުވެގެންވަނީ، ކާކަށްހެއްޔެވެ؟ ތިޔަބައިމީހުން އެކަން ދަންނަކަމުގައި ވާނަމައެވެ.
سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَذَكَّرُونَ 85
އެއުރެން ދަންނަވާނެތެވެ. (މިލްކުވެރިކަންވަނީ) اللَّهއަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟
قُلۡ مَن رَّبُّ ٱلسَّمَـٰوَٲتِ ٱلسَّبۡعِ وَرَبُّ ٱلۡعَرۡشِ ٱلۡعَظِيمِ 86
ކަލޭގެފާނު ވިދާޅުވާށެވެ! ހަތް އުޑުގެ ވެރިޔަކީ، އަދި މާތްވެގެންވާ عرشގެ ވެރިޔަކީ ކާކުހެއްޔެވެ؟
سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَتَّقُونَ 87
އެއުރެން ދަންނަވާނެތެވެ. (ވެރިކަންވަނީ) اللَّهއަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެޔަށް) تقوىވެރި ނުވަނީ ހެއްޔެވެ؟
قُلۡ مَنۢ بِيَدِهِۦ مَلَكُوتُ ڪُلِّ شَىۡءٍ۬ وَهُوَ يُجِيرُ وَلَا يُجَارُ عَلَيۡهِ إِن كُنتُمۡ تَعۡلَمُونَ 88
ކަލޭގެފާނު ވިދާޅުވާށެވެ! އެފަރާތެއްގެ يدقدرةފުޅުގައި އެންމެހާ ތަކެތީގެ މިލްކުވެރިކަންވާ ފަރާތަކީ، ކޮބައިހެއްޔެވެ؟ އެންމެހާ ތަކެތި ރައްކާތެރިކުރައްވަނީ، އެކަލާނގެއެވެ. އެކަލާނގެއާ ދެކޮޅަށް (އެއްވެސް މީހަކަށް) ރައްކާތެރިކަމެއް ނުދެވޭނެތެވެ. ތިޔަބައިމީހުން (އެކަން) ދަންނަކަމުގައި ވާނަމައެވެ.
سَيَقُولُونَ لِلَّهِۚ قُلۡ فَأَنَّىٰ تُسۡحَرُونَ 89
އެއުރެން ދަންނަވާނެތެވެ. (މިލްކުވެރިކަންވަނީ) اللَّهއަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުންނަށް (އެކަންކަން) އޮޅެނީ ކޮންފަދައަކުން ހެއްޔެވެ؟
بَلۡ أَتَيۡنَـٰهُم بِٱلۡحَقِّ وَإِنَّهُمۡ لَكَـٰذِبُونَ 90
އަދި ކިއެއްތަ! އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ حقގޮތް ގެނެސްދެއްވީމެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ ދޮގުހަދާ ބަޔެއްކަން ކަށަވަރެވެ.
مَا ٱتَّخَذَ ٱللَّهُ مِن وَلَدٍ۬ وَمَا ڪَانَ مَعَهُ ۥ مِنۡ إِلَـٰهٍۚ إِذً۬ا لَّذَهَبَ كُلُّ إِلَـٰهِۭ بِمَا خَلَقَ وَلَعَلَا بَعۡضُهُمۡ عَلَىٰ بَعۡضٍ۬ۚ سُبۡحَـٰنَ ٱللَّهِ عَمَّا يَصِفُونَ 91
اللَّه، އެއްވެސް ދަރިކަލަކު ނުހިއްޕަވައެވެ. އަދި އެކަލާނގެއާއެކު، އެހެންއެއްވެސް إلهއަކު ނުވެއެވެ. އެހެންވީނަމަ، ކޮންމެ إلهއަކުމެ، އެ إلهއަކު ހެދިތަކެއްޗާއިގެން ހިނގައްޖައީހެވެ. އަދި އޭގެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މަތިވެރިވެގެން ހިނގައްޖައީސްކަން ކަށަވަރެވެ. އެއުރެން އެ ސިފަކުރާ ގޮތްތަކުން اللَّه ހުސްطاهرވެވޮޑިގެންވެއެވެ.
عَـٰلِمِ ٱلۡغَيۡبِ وَٱلشَّهَـٰدَةِ فَتَعَـٰلَىٰ عَمَّا يُشۡرِڪُونَ 92
(އެކަލާނގެއީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އެއުރެން شريكކުރާ ތަކެއްޗަށްވުރެން އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ.
قُل رَّبِّ إِمَّا تُرِيَنِّى مَا يُوعَدُونَ 93
ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! އެއުރެންނަށް وعدކުރައްވާ ކަންތައް، ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާޔަށް ދެއްކެވިޔަސް، އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އަނިޔާވެރިވީ މީހުންގެ ތެރޭގައި ތިމަންއަޅާ ނުލައްވާނދޭވެ!
رَبِّ فَلَا تَجۡعَلۡنِى فِى ٱلۡقَوۡمِ ٱلظَّـٰلِمِينَ 94
ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! އެއުރެންނަށް وعدކުރައްވާ ކަންތައް، ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާޔަށް ދެއްކެވިޔަސް، އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އަނިޔާވެރިވީ މީހުންގެ ތެރޭގައި ތިމަންއަޅާ ނުލައްވާނދޭވެ!
وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمۡ لَقَـٰدِرُونَ 95
ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ وعدކުރައްވާ ކަންތައް ކަލޭގެފާނަށް ދެއްކެވުމަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ.
ٱدۡفَعۡ بِٱلَّتِى هِىَ أَحۡسَنُ ٱلسَّيِّئَةَۚ نَحۡنُ أَعۡلَمُ بِمَا يَصِفُونَ 96
އެންމެހެޔޮ ރިވެތިގޮތުން ކަލޭގެފާނު ނުބައިކަންތައް ދުރުކުރައްވާށެވެ! އެއުރެންބުނެ ސިފަކުރާ ގޮތްތައް، ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.
وَقُل رَّبِّ أَعُوذُ بِكَ مِنۡ هَمَزَٲتِ ٱلشَّيَـٰطِينِ 97
އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! شيطانންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ حضرةން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ.
وَأَعُوذُ بِكَ رَبِّ أَن يَحۡضُرُونِ 98
އަދި އަޅުގެ ވެރިރަސްކަލާކޮ! އެ شيطانން ތިމަންއަޅާގެ ގާތަށް حاضرވެދާނެކަމަށްޓަކައި އިބަރަސްކަލާނގެ حضرةން ރައްކާތެރިކަން ލިބިގަންނަމެވެ.
حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلۡمَوۡتُ قَالَ رَبِّ ٱرۡجِعُونِ 99
އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަން ދާނދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ حياةއަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ!
لَعَلِّىٓ أَعۡمَلُ صَـٰلِحً۬ا فِيمَا تَرَكۡتُۚ كَلَّآۚ إِنَّهَا كَلِمَةٌ هُوَ قَآٮِٕلُهَاۖ وَمِن وَرَآٮِٕهِم بَرۡزَخٌ إِلَىٰ يَوۡمِ يُبۡعَثُونَ 100
(އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި صالح عملކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ފަހަތުގައިވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާނދެނެވެ.
فَإِذَا نُفِخَ فِى ٱلصُّورِ فَلَآ أَنسَابَ بَيۡنَهُمۡ يَوۡمَٮِٕذٍ۬ وَلَا يَتَسَآءَلُونَ 101
ފަހެ، ތާޅަފިލި ފުމެލައްވައިފިހިނދު، ފަހެ، އެއުރެންގެ މެދުގައި އެދުވަހަކުން نسبތަކެއް (އެބަހީ:نسبގެ ތިމާގެކަމުގެގުޅުންތަކެއް) ނޯންނާނެތެވެ. އަދި އެކަކު އަނެކެއްގެ ކިބައިން ކަންތަކަށްއެދި سؤالއެއްވެސް ނުކުރާނޭމެއެވެ.
فَمَن ثَقُلَتۡ مَوَٲزِينُهُ ۥ فَأُوْلَـٰٓٮِٕكَ هُمُ ٱلۡمُفۡلِحُونَ 102
ފަހެ، އެމީހެއްގެ (ހެޔޮ عملތަކުގެ) ތިލަފަތްތައް ބަރުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ދިންނަވާނޭ މީހުންނަކީ ހަމައެއުރެންނެވެ.
وَمَنۡ خَفَّتۡ مَوَٲزِينُهُ ۥ فَأُوْلَـٰٓٮِٕكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ فِى جَهَنَّمَ خَـٰلِدُونَ 103
އަދި އެމީހެއްގެ (ހެޔޮ عملތަކުގެ) ތިލަފަތްތައް ލުއިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ އެއުރެންގެ نفسތައް، ނަގައިލި މީހުންނެވެ. ނަރަކައިގައި އެއުރެން އަބަދައް ދެމިތިބޭނެތެވެ.
تَلۡفَحُ وُجُوهَهُمُ ٱلنَّارُ وَهُمۡ فِيہَا كَـٰلِحُونَ 104
ނަރަކައިގެ އަލިފާން އެއުރެންގެ މޫނުތައް އަންދާނެތެވެ. އަދި އެއުރެން އެތާނގައި ރުޅިމޫނު ހަދައިގެން ތިބޭނެތެވެ.
َأَلَمۡ تَكُنۡ ءَايَـٰتِى تُتۡلَىٰ عَلَيۡكُمۡ فَكُنتُم بِہَا تُكَذِّبُونَ 105
(އެއުރެންނަށް އަންގަވާނެތެވެ.) ތިމަންރަސްކަލާނގެ آيةތައް ތިޔަބައިމީހުންނަށް ކިޔަވައިދެވޭ ކަމުގައި ނުވޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެ آيةތައް ދޮގުކުރާކަމުގައި ވީމުއެވެ.
قَالُواْ رَبَّنَا غَلَبَتۡ عَلَيۡنَا شِقۡوَتُنَا وَڪُنَّا قَوۡمً۬ا ضَآلِّينَ 106
އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ތިމަންމެންގެ އަބާއްޖަވެރިކަން ތިމަންމެންގެ މައްޗަށް ގަދަވެގަތީއެވެ. އަދި މަގުފުރެދިގެންވާ ބަޔަކު ކަމުގައި ތިމަންމެން ވީމުއެވެ.
رَبَّنَآ أَخۡرِجۡنَا مِنۡہَا فَإِنۡ عُدۡنَا فَإِنَّا ظَـٰلِمُونَ 107
އަޅަމެންގެ ވެރިރަސްކަލާކޮ! ތިމަންމެން އެ ނަރަކައިން ނެރުއްވައިފާނދޭވެ! ފަހެ، ތިމަންމެން (كافرކަމުގެ ތެރެޔަށް) އެނބުރި ހިނގައްޖެނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންމެންވާހުށީ އަނިޔާވެރިން ކަމުގައެވެ.
قَالَ ٱخۡسَـُٔواْ فِيہَا وَلَا تُكَلِّمُونِ 108
އެކަލާނގެ وحىކުރައްވާނެތެވެ. ތިޔަބައިމީހުން ނިކަމެތިކަމާއެކު ހިމޭންވެ އެތާތިބޭށެވެ! އަދި ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرةއަށް ބަސް ނުދަންނަވާށެވެ!
إِنَّهُ ۥ كَانَ فَرِيقٌ۬ مِّنۡ عِبَادِى يَقُولُونَ رَبَّنَآ ءَامَنَّا فَٱغۡفِرۡ لَنَا وَٱرۡحَمۡنَا وَأَنتَ خَيۡرُ ٱلرَّٲحِمِينَ 109
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެތެރެއިން ބަޔަކުވިއެވެ. އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ އެންމެހެޔޮ ރަސްކަލާނގެއެވެ.
فَٱتَّخَذۡتُمُوهُمۡ سِخۡرِيًّا حَتَّىٰٓ أَنسَوۡكُمۡ ذِكۡرِى وَكُنتُم مِّنۡہُمۡ تَضۡحَكُونَ 110
ފަހެ، އެއުރެންނީ، ފުރައްސާރަކުރެވޭ ބަޔެއްކަމުގައި ތިޔަބައިމީހުން ހަދައިފީމުއެވެ. ތިމަންރަސްކަލާނގެ ހަނދުމަކުޅައުންމަތިން އެއުރެން ތިޔަބައިމީހުން ހަނދުމަނެތިކޮށްފުމަށް ދާނދެނެވެ. އަދި އެއުރެންނާމެދު މަލާމާތްކޮށް، ހޭނ ބަޔަކު ކަމުގައި ތިޔަބައިމީހުން ވީމުއެވެ.
إِنِّى جَزَيۡتُهُمُ ٱلۡيَوۡمَ بِمَا صَبَرُوٓاْ أَنَّهُمۡ هُمُ ٱلۡفَآٮِٕزُونَ 111
އެއުރެން ކެތްތެރިވިކަމަށްޓަކައި، މިއަދު ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް (ހެޔޮ) ޖަޒާދެއްވީމެވެ. ހަމަކަށަވަރުން، އެއުރެންނީ، ހަމަ نصيبވެރިންނެވެ.
قَـٰلَ كَمۡ لَبِثۡتُمۡ فِى ٱلۡأَرۡضِ عَدَدَ سِنِينَ 112
އެކަލާނގެ وحىކުރައްވާނެތެވެ. ތިޔަބައިމީހުން ކިތައް އަހަރު ބިމުގައި ތިބީމުހެއްޔެވެ؟
قَالُواْ لَبِثۡنَا يَوۡمًا أَوۡ بَعۡضَ يَوۡمٍ۬ فَسۡـَٔلِ ٱلۡعَآدِّينَ 113
އެއުރެން ދަންނަވާނެތެވެ. ތިމަންމެން ތިބީ، އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހެއްގެ ބައެއްގައެވެ. ފަހެ، ހިސާބުކޮށް އަދަދުކުރާ މީހުންނާ سؤالކުރައްވާށެވެ!
قَـٰلَ إِن لَّبِثۡتُمۡ إِلَّا قَلِيلاً۬ۖ لَّوۡ أَنَّكُمۡ كُنتُمۡ تَعۡلَمُونَ 114
އެކަލާނގެ وحىކުރައްވާނެތެވެ. ދާދި ކުޑަ ދުވަސްކޮޅަކު މެނުވީ، ތިޔަބައިމީހުން ލަސްވެ ނުތިބެމުއެވެ. ތިޔަބައިމީހުންނަށް އެކަން އެނގޭކަމުގައި ވީނަމައެވެ.
أَفَحَسِبۡتُمۡ أَنَّمَا خَلَقۡنَـٰكُمۡ عَبَثً۬ا وَأَنَّكُمۡ إِلَيۡنَا لَا تُرۡجَعُونَ 115
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރުގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ حضرةއަށް رجوع ނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ، ހީކުޅައީ ހެއްޔެވެ؟
فَتَعَـٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۖ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلۡعَرۡشِ ٱلۡڪَرِيمِ 116
ފަހެ، ރަސްވަންތަ، حقވަންތަ اللَّه، މަތިވެރިވެވޮޑިގެންފިއެވެ. އެކަލާނގެ މެނުވީ، إلهއަކު ނުވެއެވެ. އެއީ މާތްވެގެންވާ عرشގެ ވެރިރަސްކަލާނގެއެވެ.
وَمَن يَدۡعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ لَا بُرۡهَـٰنَ لَهُ ۥ بِهِۦ فَإِنَّمَا حِسَابُهُ ۥ عِندَ رَبِّهِۦۤۚ إِنَّهُ ۥ لَا يُفۡلِحُ ٱلۡكَـٰفِرُونَ 117
اللَّهއާއެކު އެހެން إلهއަކަށް އަޅުކަންކޮށްއުޅޭ މީހަކު، އެކަމުގެ މައްޗަށް އެމީހަކަށް (ލިބޭނޭ) އެއްވެސް دليلއެއް ނެތެވެ. ފަހެ، އެމީހެއްގެ ހިސާބު ބެއްލެވުން ވާކަންކަށަވަރީ، އެމީހާގެ ވެރިރަސްކަލާނގެ حضرةގައެވެ. ހަމަކަށަވަރުން، كافرންނެއް ނުދިންނަވާނެތެވެ.
وَقُل رَّبِّ ٱغۡفِرۡ وَٱرۡحَمۡ وَأَنتَ خَيۡرُ ٱلرَّٲحِمِينَ 118
ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ފާފަފުއްސަވައި رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ.