بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
يَـٰٓأَيُّہَا ٱلۡمُدَّثِّرُ 1
އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!
قُمۡ فَأَنذِرۡ 2
ކަލޭގެފާނު ތެދުވެވަޑައިގެން إنذار ކުރައްވާށެވެ!
وَرَبَّكَ فَكَبِّرۡ 3
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް تكبير ވިދާޅުވާށެވެ!
وَثِيَابَكَ فَطَهِّرۡ 4
އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް طاهرކުރައްވާށެވެ!
وَٱلرُّجۡزَ فَٱهۡجُرۡ 5
އަދި ބުދަށް އަޅުކަންކުރުމާ ދުރުވެވަޑައިގަންނަވާށެވެ!
وَلَا تَمۡنُن تَسۡتَكۡثِرُ 6
އަދި ގިނައިން ލިބުން އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ!
وَلِرَبِّكَ فَٱصۡبِرۡ 7
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ!
فَإِذَا نُقِرَ فِى ٱلنَّاقُورِ 8
ފަހެ، ތާޅަފިލި ފުމެލައްވާ ހިނދެވެ.
فَذَٲلِكَ يَوۡمَٮِٕذٍ۬ يَوۡمٌ عَسِيرٌ 9
ފަހެ، އެދުވަސް އެއީ އުނދަގޫވެގެންވާ ދުވަހެކެވެ.
عَلَى ٱلۡكَـٰفِرِينَ غَيۡرُ يَسِيرٍ۬ 10
كافرންގެ މައްޗަށް ފަސޭހަކަމެއް ނުވާ ދުވަހެކެވެ.
ذَرۡنِى وَمَنۡ خَلَقۡتُ وَحِيدً۬ا 11
ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ!
وَجَعَلۡتُ لَهُ ۥ مَالاً۬ مَّمۡدُودً۬ا 12
އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ.
وَبَنِينَ شُہُودً۬ا 13
އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ.
وَمَهَّدتُّ لَهُ ۥ تَمۡهِيدً۬ا 14
އަދި (ދުނިޔޭގެ ހުރިހާ ކަމެއް) ތަނަވަސްކޮށްދެއްވައި، އޭނާޔަށް ފަސޭހަކޮށްދެއްވީމެވެ.
ثُمَّ يَطۡمَعُ أَنۡ أَزِيدَ 15
ދެންވެސް އޭނާ އެދެނީ، ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވުމަށެވެ.
كَلَّآۖ إِنَّهُ ۥ كَانَ لِأَيَـٰتِنَا عَنِيدً۬ا 16
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާވީ، ތިމަންރަސްކަލާނގެ آيةތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ.
سَأُرۡهِقُهُ ۥ صَعُودًا 17
ނިކަންހުރެ ތިމަންރަސްކަލާނގެ، ގަދަފަދަވެގެންވާ عذابއަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ.
إِنَّهُ ۥ فَكَّرَ وَقَدَّرَ 18
ހަމަކަށަވަރުން، އޭނާ ވިސްނައި فكرކޮށް ރޭވިއެވެ.
فَقُتِلَ كَيۡفَ قَدَّرَ 19
ފަހެ، އޭނާޔަށް لعنةލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟
ثُمَّ قُتِلَ كَيۡفَ قَدَّرَ 20
ދެން އޭނާޔަށް لعنةލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟
ثُمَّ نَظَرَ 21
ދެން އޭނާ ބަލައި ވިސްނިއެވެ.
ثُمَّ عَبَسَ وَبَسَرَ 22
ދެން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި މޫނު ހެދިއެވެ.
ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ 23
ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ.
فَقَالَ إِنۡ هَـٰذَآ إِلَّا سِحۡرٌ۬ يُؤۡثَرُ 24
ފަހެ، އޭނާ ބުންޏެވެ. ޖާދޫގަރުންގެ ކިބައިން އައިސްފައިވާ ޖާދޫއެއް ކަމުގައި މެނުވީ މި قرآن ނުވެއެވެ.
إِنۡ هَـٰذَآ إِلَّا قَوۡلُ ٱلۡبَشَرِ 25
آدمގެދަރިންގެ ބަސްކަމުގައި މެނުވީ މި قرآن ނުވެއެވެ.
سَأُصۡلِيهِ سَقَرَ 26
ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާހުށީމެވެ.
وَمَآ أَدۡرَٮٰكَ مَا سَقَرُ 27
އެ ނަރަކަޔަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
لَا تُبۡقِى وَلَا تَذَرُ 28
އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ.
لَوَّاحَةٌ۬ لِّلۡبَشَرِ 29
ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ.
عَلَيۡہَا تِسۡعَةَ عَشَرَ 30
(ބެލެހެއްޓެވުމަށް) އެ ނަރަކައިގެ މައްޗަށް އޮނަވިހި ملائكةންވެއެވެ.
وَمَا جَعَلۡنَآ أَصۡحَـٰبَ ٱلنَّارِ إِلَّا مَلَـٰٓٮِٕكَةً۬ۙ وَمَا جَعَلۡنَا عِدَّتَہُمۡ إِلَّا فِتۡنَةً۬ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَـٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَـٰنً۬اۙ وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَـٰبَ وَٱلۡمُؤۡمِنُونَۙ وَلِيَقُولَ ٱلَّذِينَ فِى قُلُوبِہِم مَّرَضٌ۬ وَٱلۡكَـٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِہَـٰذَا مَثَلاً۬ۚ كَذَٲلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَہۡدِى مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِىَ إِلَّا ذِكۡرَىٰ لِلۡبَشَرِ 31
އަދި ނަރަކައިގެ ބަނޑޭރިން ކަމުގައި، ތިމަންރަސްކަލާނގެ ملائكةން މެނުވީ ނުލައްވަމެވެ. އަދި كافرވި މީހުންނަށް امتحانއެއްކަމުގައި މެނުވީ އެ ملائكةންގެ عدد ނުލައްވަމެވެ. (އެއީ) ފޮތް ލިބުނު މީހުންނަށް يقينވުމަށާއި، އަދި إيمانވި މީހުންގެ إيمانކަން އިތުރުވުމަށާއި، އަދި ފޮތް ލިބުނު މީހުންނާއި إيمانވި މީހުން شك ނުކުރުމަށްޓަކައެވެ. އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުންނާއި، كافرން ބުނުމަށްޓަކައެވެ. މި مثالން اللَّه އިރާދަކުރެއްވީ ކޮންއެއްޗެއް ބާވައެވެ؟ އެފަދައިން اللَّه އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ لشكرގެ عدد، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ. އަދި آدمގެދަރިންނަށް عبرةތެރި ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ، އެ ނަރަކަ ނުވެތެވެ.
كَلَّا وَٱلۡقَمَرِ 32
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަނދު ގަންދެއްވަމެވެ.
وَٱلَّيۡلِ إِذۡ أَدۡبَرَ 33
އަދި ރޭގަނޑު ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
وَٱلصُّبۡحِ إِذَآ أَسۡفَرَ 34
އަދި އަލިވެގެންދާހިނދު، ފަތިސް ގަންދެއްވަމެވެ.
إِنَّہَا لَإِحۡدَى ٱلۡكُبَرِ 35
ހަމަކަށަވަރުން، އެ ނަރަކައީ، ބޮޑެތި ބަލާތަކުގެ ތެރެއިން ބަލާއެއްކަން ކަށަވަރެވެ.
نَذِيرً۬ا لِّلۡبَشَرِ 36
آدمގެދަރިންނަށް إنذارކުރާ އެއްޗެއްގެ ގޮތުގައެވެ.
لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ 37
ތިޔަބައިމީހުންކުރެ ބޭނުން މީހަކަށް ކުރިއެރުންވެއެވެ. ނުވަތަ ފަސްޖެހުންވެއެވެ.
كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ 38
ކޮންމެ نفسއެއް، އެ نفسއެއް ހޯދައިގަތްކަމަކުން ބަނދެވިގެންވެއެވެ.
إِلَّآ أَصۡحَـٰبَ ٱلۡيَمِينِ 39
ކަނާތްފަރާތުގެ أهلވެރިން މެނުވީއެވެ.
فِى جَنَّـٰتٍ۬ يَتَسَآءَلُونَ 40
(އެއުރެންވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ سؤالކުރާ حالގައެވެ.
عَنِ ٱلۡمُجۡرِمِينَ 41
(އެއުރެންވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ سؤالކުރާ حالގައެވެ.
مَا سَلَڪَكُمۡ فِى سَقَرَ 42
ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟
قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ 43
އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ.
وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ 44
އަދި ތިމަންމެން مسكينންނަށް ކާންދީއެއް ނޫޅެމުއެވެ.
وَڪُنَّا نَخُوضُ مَعَ ٱلۡخَآٮِٕضِينَ 45
އަދި باطل ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން باطل ވާހަކަ ދައްކައި އުޅުނީމުއެވެ.
وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ 46
އަދި ތިމަންމެން قيامةދުވަސް ދޮގުކޮށް އުޅުނީމުއެވެ.
حَتَّىٰٓ أَتَٮٰنَا ٱلۡيَقِينُ 47
يقينކަން (އެބަހީ: މަރު) ތިމަންމެންނާ ހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ.
فَمَا تَنفَعُهُمۡ شَفَـٰعَةُ ٱلشَّـٰفِعِينَ 48
ފަހެ، شفاعةތެރިވާމީހުންގެ شفاعة، އެއުރެންނަކަށް މަންފާއެއް ނުކުރާނެތެވެ.
فَمَا لَهُمۡ عَنِ ٱلتَّذۡكِرَةِ مُعۡرِضِينَ 49
ފަހެ، ހަނދާންކޮށްދިނުމުން (އެބަހީ: قرآنން) އެއުރެން އެއްކިބާވެ ދުރަށްދަނީ ކީއްވެގެން ހެއްޔެވެ؟
كَأَنَّهُمۡ حُمُرٌ۬ مُّسۡتَنفِرَةٌ۬ 50
އެއުރެން ސިންގާއަކަށް ފިލަންދުވާ وحشى حمارތަކެއް ފަދައެވެ.
فَرَّتۡ مِن قَسۡوَرَةِۭ 51
އެއުރެން ސިންގާއަކަށް ފިލަންދުވާ وحشى حمارތަކެއް ފަދައެވެ.
بَلۡ يُرِيدُ كُلُّ ٱمۡرِىٍٕ۬ مِّنۡہُمۡ أَن يُؤۡتَىٰ صُحُفً۬ا مُّنَشَّرَةً۬ 52
އަދި ކިއެއްތަ! އެއުރެންކުރެ ކޮންމެ މީހަކު އެދެނީ، ލިޔުއްވާފައިވާ ފަތްފުށްތަކެއް އެމީހަކަށް ބާވައިލެއްވުމަށެވެ.
كَلَّاۖ بَل لَّا يَخَافُونَ ٱلۡأَخِرَةَ 53
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! އެއުރެން آخرةއަކަށް ބިރެއް ނުގަނެތެވެ.
ڪَلَّآ إِنَّهُ ۥ تَذۡكِرَةٌ۬ 54
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ قرآنއަކީ ހަނދާންކޮށްދިނުމެކެވެ.
فَمَن شَآءَ ذَڪَرَهُ ۥ 55
ފަހެ، ބޭނުން މީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ!
وَمَا يَذۡكُرُونَ إِلَّآ أَن يَشَآءَ ٱللَّهُۚ هُوَ أَهۡلُ ٱلتَّقۡوَىٰ وَأَهۡلُ ٱلۡمَغۡفِرَةِ 56
އަދި اللَّه އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެންނަކަށް ހަނދާނެއް ނުކުރެވޭނެތެވެ. އެކަލާނގެއީ (މީސްތަކުން އެކަލާނގެއަށް ބިރުވެތިވެ) تقوىވެރިވުން حقވެގެންވާ، އަދި (ކިޔަމަންގަތް އަޅުންނަށް) ފާފަތައް ފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ.