30 ވަނަ ފޮތް بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
30 ވަނަ ފޮތް أَلۡهَٮٰكُمُ ٱلتَّكَاثُرُ 1 (މުދަލާއި ދަރިން) ގިނަކަމަށް އެކަކުއަނެކަކަށް فخرވެރިވެ އުޅުން، ތިޔަބައިމީހުން (اللَّهގެ މަތިން ހަނދުމަނެއްތައި) مشغولކޮށްފިއެވެ.
30 ވަނަ ފޮތް حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ 2 ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާނދެނެވެ).
30 ވަނަ ފޮތް كَلَّا سَوۡفَ تَعۡلَمُونَ 3 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
30 ވަނަ ފޮތް ثُمَّ كَلَّا سَوۡفَ تَعۡلَمُونَ 4 ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
30 ވަނަ ފޮތް كَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ 5 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. يقينކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ.
30 ވަނަ ފޮތް ثُمَّ لَتَرَوُنَّہَا عَيۡنَ ٱلۡيَقِينِ 7 ދެންހަމަ يقينކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.
30 ވަނަ ފޮތް ثُمَّ لَتُسۡـَٔلُنَّ يَوۡمَٮِٕذٍ عَنِ ٱلنَّعِيمِ 8 ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) نعمةތަކާމެދު ތިޔަބައިމީހުންނާ سؤالކުރައްވާނެކަން ކަށަވަރެވެ.