30 ވަނަ ފޮތް بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
30 ވަނަ ފޮތް وَيۡلٌ۬ لِّڪُلِّ هُمَزَةٍ۬ لُّمَزَةٍ 1 غيبةބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ.
30 ވަނަ ފޮތް ٱلَّذِى جَمَعَ مَالاً۬ وَعَدَّدَهُ ۥ 2 އެމީހާއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ.
30 ވަނަ ފޮތް يَحۡسَبُ أَنَّ مَالَهُ ۥۤ أَخۡلَدَهُ 3 ހަމަކަށަވަރުން، އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެތެވެ.
30 ވަނަ ފޮތް كَلَّاۖ لَيُنۢبَذَنَّ فِى ٱلۡحُطَمَةِ 4 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުޑުކޮށްލަނިވި ނަރަކަޔަށް އޭނާ އެއްލައިލައްވާނެކަން ކަށަވަރެވެ.
30 ވަނަ ފޮތް وَمَآ أَدۡرَٮٰكَ مَا ٱلۡحُطَمَةُ 5 އަދި، ފުނޑުފުނޑުކޮށްލަނިވި ނަރަކަޔަކީ، ކޮންތަނެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
30 ވަނަ ފޮތް ٱلَّتِى تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ 7 އެއީ ހިތްތަކަށް އޭގެ ހޫނާއި، ވޭން ފޯރުވަނިވި ނަރަކަޔެވެ.
30 ވަނަ ފޮތް إِنَّہَا عَلَيۡہِم مُّؤۡصَدَةٌ۬ 8 ހަމަކަށަވަރުން، އެ ނަރަކަވާނީ، އެއުރެންނާއެކު، ތަޅުލައްވާފައެވެ.