بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
إِذَا ٱلسَّمَآءُ ٱنفَطَرَتۡ 1
އުޑު ފަޅަފަޅައިގެންދާ ހިނދެވެ.
وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ 2
އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ.
وَإِذَا ٱلۡبِحَارُ فُجِّرَتۡ 3
އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ.
وَإِذَا ٱلۡقُبُورُ بُعۡثِرَتۡ 4
އަދި ކަށްވަޅުތައް އެފުށްމިފުށަށްޖެހި، ކަށްތައް ނެރެލައްވާހިނދެވެ.
عَلِمَتۡ نَفۡسٌ۬ مَّا قَدَّمَتۡ وَأَخَّرَتۡ 5
(އެހިނދު) ކޮންމެ نفسއަކަށް، އެ نفسއެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ.
يَـٰٓأَيُّہَا ٱلۡإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلۡڪَرِيمِ 6
އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟
ٱلَّذِى خَلَقَكَ فَسَوَّٮٰكَ فَعَدَلَكَ 7
އެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ.
فِىٓ أَىِّ صُورَةٍ۬ مَّا شَآءَ رَكَّبَكَ 8
އެކަލާނގެ އިރާދަކުރެއްވި ކޮންމެ ސިފަޔަކަށް، އެކަލާނގެ، ތިބާ، تركيبކުރެއްވިއެވެ.
كَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ 9
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! (قيامةދުވަހުން) ޖަޒާ ދެއްވާނޭކަން ތިޔަބައިމީހުން ދޮގުކުރަމުއެވެ.
وَإِنَّ عَلَيۡكُمۡ لَحَـٰفِظِينَ 10
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكةންވެއެވެ.
كِرَامً۬ا كَـٰتِبِينَ 11
(އެއީ) މާތްވެގެންވާ، ލިޔުއްވާ ملائكةންނެވެ.
يَعۡلَمُونَ مَا تَفۡعَلُونَ 12
ތިޔަބައިމީހުން ކުރާ ކަންތައް އެ ملائكةން ދެނެވަޑައިގެންވެތެވެ.
إِنَّ ٱلۡأَبۡرَارَ لَفِى نَعِيمٍ۬ 13
ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمةގެ ސުވަރުގޭގައިކަން ކަށަވަރެވެ.
وَإِنَّ ٱلۡفُجَّارَ لَفِى جَحِيمٍ۬ 14
އަދި ހަމަކަށަވަރުން، كافرންވަނީ، ނަރަކައިގައިކަން ކަށަވަރެވެ.
يَصۡلَوۡنَہَا يَوۡمَ ٱلدِّينِ 15
قيامةދުވަހު އެއުރެން އެ ނަރަކަޔަށް ވަންނާނެތެވެ.
وَمَا هُمۡ عَنۡہَا بِغَآٮِٕبِينَ 16
އެއުރެން އެ ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައެއް ނުވެއެވެ.
وَمَآ أَدۡرَٮٰكَ مَا يَوۡمُ ٱلدِّينِ 17
قيامةދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ثُمَّ مَآ أَدۡرَٮٰكَ مَا يَوۡمُ ٱلدِّينِ 18
ދެންވެސް قيامةދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
يَوۡمَ لَا تَمۡلِكُ نَفۡسٌ۬ لِّنَفۡسٍ۬ شَيۡـًٔ۬اۖ وَٱلۡأَمۡرُ يَوۡمَٮِٕذٍ۬ لِّلَّهِ 19
(އެއީ) އެއްވެސް نفسއެއް، އަނެއް نفسއަކަށް އެއްވެސްކަމެއް ކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެދުވަހުން، أمرވެރިކަން މިލްކުވެގެންވަނީ (ހަމައެކަނި) اللَّهއަށެވެ.